އެމްޑީޕީން ކުރަން ފެށި ދަތުރު އަދި ނިމެން ގާތް ވެސް ނުވާ ކަމަށާއި އަދި ދަތުރު ފެށުނީ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ އެގޮތަށް ވިދާޅުވީ ރައީސް އިބްރާާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝައުނާ ވިދާޅުވީ މީގެ ކުރިން އެމްޑީޕީން ރިޔާސީ އިންތިހާބުތަކަށް ނުކުމެފައި ހުންނާނީ އަނިޔާވެރިކަމުން މިންޖުވުމަށާއި އަނިޔާވެރިކަން ނިންމުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ހެތޮ ވެރިކަމެއް ކުރުމަށްޓަކައި ކުރެވުނު ހުރިހާ ކަމެއް ކުރެވުނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށެވެ.

ޝައުނާ ވިދާޅުވީ އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން ކަމަށެވެ. އަދި އެމްޑީޕީ ވުޖޫދަށް ގެނެވުނީ ވެސް އެ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވިދާލުވިއެވެ.

"އަޅުގަނޑުމެން ކުރާން ފެށި ދަތުރު ނިމެން އަދި ގާތް ވެސް ނުވޭ. އަޅުގަނޑުގެ ވިސްނުމުގެ ހަގީގަތުގައި މިކަން ފެށުނީ އަދި." ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އެނބުރި ދާނީ އިއްޔެގެ ހަލަބޮލި ހިތްދަތި ދިރިއުޅުމަށްތޯ ނުވަތަ މާދަމާގެ އުފާވެރިކަމާއި އަމާންކަމުގެ ރާއްޖެއަކަށްތޯ ނިންމުމުގެ ފުރިހަމަ ޒިންމާ އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށެވެ.

ޝައުނާ ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް ނުކުންނަތީ ތަސައްވަރަކާ އެއްކޮށް ކަމަށެވެ. އެއީ އުފާވެރި އަމާން ރާއްޖެއަށް ކަމަށާއި އަދި އުފާވެރިކަމަކީ މީހުންގެ މަސައްކަތުގެ އަމިއްލަ އާމްދަނީން ދިރިއުޅުމެއް ފަހިވުން ކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ އަމާންކަމަކީ ޑިމޮކްރަސީގެ އުސޫލުތަކައް އިހުތިރާމްކޮށް ރައްޔިތުންނާއި ވެރިންނަށް ބަސް ބުނެވި އެ މީހުންނަށް ޖަވާބުދާރީ ކުރެވޭ ހިނދުވެސް އިޖުތިމާއީ ހަމަޖެހޭ ވެއްޓެއް ގާއިމުކުރެވި ދިރިއުޅުން ފަސޭހަ ވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒުވާނުންނަކީ މާދަމާގެ މީހުންނޭ ބުނެ އަޅުގަނޑުމެންނަކަށް މިއަދު ނިންމާލެވޭކަށް ނެތް. މުޅި ގައުމުގެ ކޮންމެ މުއައްސަސާއެއް އަޅުގަނޑުމެން ބެލިކަމުގައި ވީ ނަމަވެސް އެ މުއައްސަސާއެއްގެ މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ އަދި ގައުމުގެ ތަރައްގީގައި ބައިވެރިވާ ގިނަ މީހުންނަކީ ޒުވާނުން. އެހެންވީމާ މި ޒުވާނުންނާ އެކީގައި މިއަދުގެ މި ޖީލާ އެކީގައި އަޅުގަނޑުމެން ކުރިއަށް ދާނީ، މިއީ އުފާވެރިކަމަކީ" ޝައުނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަސްޓިސް ވޮރިއަރ

    ކައްވަޅަށް ދާ ދަތުރުތަ؟

  2. Anonymous

    ނިމުމާ ގާތައް ދިއުމައް.

  3. ލަކްނައު

    ހޮޓްބާރ ،އިސްލާމޯފޯބް

  4. ކޮވިޑް

    ފެށުނީތަ؟ ނޫނީ ﷲ ގެ ރަޚުމަތުން ނިމެނީ ތަ؟

  5. ކަޅުމަންޖެ

    އޭ ޝައުނާ ، ކަލޭ ރައްޔަތުން ބޯހާސް ކުރަން ބުރިޖު ކާރީ ސޯނާ ހަރުކުރަން ތިޔަހަދާހާލި އިހަށް ނާގާފަ ޕޯޱިއަމް ތަކަށް އަރާ އަނގަ ފުޅާކޮށްބަލެ ރައްޔަތުން ބޭނުމެއްނޫނޭ އެތަން ބައްދާ މޫދު ނުފެންނަގޮތް ހަދާކަށް މީ ކީ ތަގޭ އެކަނި ޤައުމެއް ނޫނޭ މޮޔަވެގެން ހިތަށް އެރިހާގޮތަކަށް ބިން ބޭނުން ކުރާކަށް ކިތަން މެ ސޯނާއެއް ހަތުކުރިއަސް ތަމެންގެ ވެރިކަމެއްގަ ކަރަންޓު ބިލުން އެންމެ ލާރި ފޮއްޗެއްވެސް މަދުނުކުރާޅެ ކަން ޔަގީން. ތިވެސް ލާރިގަނޱެއް ކަޅާކޮއްލަން ކެރާކަމެއް

  6. ދަތުރު

    ދަތުރުފެށުނީމައެއްނު ހުރިހާ މިނިސްޓަރުން މުސާރަ ނަގައިގެން ކެމްޕޭނު ދަތުރު ތިޔަކުރަނީ. ރައްޔިތުންގެ ފައިސާއިން ވައްކަމެއް ނޫންތަ ތިޔަކުރެވެނީ. ދެން
    ހަތްގުދުލީ ބޯވަތަކެއްހެން ވައުދު ގޯނި ހިފައިގެން 5އަހަރު ދުވަސް ވީއިރު ބިންގާ ކީއްކުރަން ރޮނގެއްވެސް އަޅާނުލެވުނު ބަޔަކު މޭފުއްޕާފަ ތިދުވަނީ. ފުވައްމުލަކު ހޮސްޕިޓަލް މެނޭޖަރުކަހަލަ މީހުން ތިބޭނެ ސަނާފޮތް ހިފައިގެން. ކިތައް 10އަހަރޭ 2018ފެށިގެން މިިވީ. މަހާއަދުރޭ ނަންވާނީ. ނާޗަރަންގީންތަށް

  7. ގޮވެލި

    އިންސާނެއެގެ ބަޑުފުރޭތައް މިވަރަކުން ނުވިދޯ