މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ހައްޔަރު ކުރި ސިމްބޮލިކް ރެކޯޑްސްގެ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކީ ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޕެސްޓް ހިމެނެއެވެ.

އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމަށް ފަސް މީހުންވެސް ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދަން 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

ޕެސްޓް އާންމުންނަށް މަޝްހޫރުވެފައި ވަނީ "ރީތި ކުދިން" މި ލަވައިންނެވެ. އޭގެ ފަހުން އޭނާ ކިޔާފައިވާ އެތައް ލަވައެއް ޒުވާނުންގެ މެދުގައި މަގުބޫލުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Meeheh

    Name haaama kohfa vany hama ekani pest ge name eythi Kada dhen ehen meehun name thah ves jahaalaa pest ge name jehenyaa!!

    9
    2
    • އަޖޭ

      ފޮޓޯ ބަލާލީމާ ވެސް އިނގޭ ތީ ކިހާވަރެއްގެ ބުރާންޗެއްކަން އަދިވެސް މަޖާނެގުމާ ނާޗަރަންގީ ކުޅެން ގާނޫނުން ބާރުދީފާ އަތަށް ފުޅިއެއް ދީ އޭރުން މަޖުލީހުގާ ބިރަކާނުލާ ރެޕް ލަވަ ކިޔާލާފާ ނަށާލެވެނީ

      7
      2
  2. ދަރަނި ދަންތުރަ

    މިސޮރު ހައްޔަރުކުރީމަވެސް އީވާ ދީނަން ލޯބިޖެހޭނެތާ ؟ ޖާހިލުގުރޫޕެއް....

    10
  3. އިބޫ

    އަންނި މިކަން ކުއްވެރި ކޮށްބަލަ...

    10
  4. ހ

    ފައްކާ ޕްސްޓެއް

  5. ޖައި

    ހަމަ ޕެސްޓެއް... ރަގަޅަށް އަމިއްލެޔަށް ނަން ތިކީ... Pest ޖަލަށް ލައި

    5
    1
  6. Anonymous

    އޭނަ އަށް ޕެސްޓް ކިޔަނީ މިހެން ވެ ދޯ.. ފައްކާ ޕެސްޓެއް ތީ