ޕްރެޒިޑެންޝަލް ސެކޭޓްރިއޭޓު އެންޑް ޕްރޮޓޮކޯލުގެ މަޤާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސާލިހްގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުން ނެގި އޮޅުންތަކެއް ހުރުމުގެ ސަބަބުން ކަމަށް ރައީސް އޮފީހުން ވިދާޅުވެެއްޖެއެވެ.

އެކަން ސާފްކޮށްދެއްވުމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފާތިމަތުގެ މާލީ ބަޔާން، ފޯމު އެންޓަރ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން، އެ ފޯމުގައި ބަޔާންކޮށްފައިވާ އާމްދަނީއާ، މުދަލާއި، ފައިސާ އަދި ލޯނުގެ ބައިގައި، އެކަމަނާގެ މައުލޫމާތުގެ ބަދަލުގައި ފިރިކަލުން އަލްމަރްހޫމް އިސްމާއިލް ފިރާގުގެ ބޭންކު އެކަންޓުގައި ހުރި ހަތް ލައްކަ ރުފިޔާ އަދި އިމާރާތުގެ އަގުގެ ގޮތުގައި 20 މިލިއަން ރުފިޔާގެ މައުލޫމާތު އެކުލެވިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އެކަން ފާހަގަކުރެވުނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން އޭނާގެ ފޯމު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓަށް، އަލުން އަޕްލޯޑުކޮށްފައިވަނީ އެ ކަންކަން އިސްލާހު ކުރުމަށްފަހު ކަމަށް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސައީދު އަލީ މާލެ

    20 މިލިޔަން ރުފިޔާ ހޯދިގޮތް ބަލާން ޖެހޭ. ރައިސް ސޯލިހު ވެރިކަމައް އައިފަހުން ތޯ އެފައިސާ އެކައުންޓްގަ ހުރީ. ނޫނީ އޭގެ ކުރިން ތޯ.

    21
    • ހަގީގަތް

      އިސްމައިލު ފިރާގުގެ މިލްކިއްޔާތުގައި އެވަރު ހުރުމަކީ އެކަށީގެންވާ ކަމެއް. ފިރާގުގެ ގެވެސް ހުރީ އިސްއުފުލީމަ ކިރިޔާ ފެންނަވަރަށް ނަގާ ހިއްލައިފަ. ފާތޭއަކީވެސް މިރާއްޖޭގަ އެންމެ ގިނަ ރައީސުންގެ ސެކެއްޓްރީކަން ކުރި މީހާޔަށް ވާނެ. ގައިމު ޔާމީނު ވަރަށް އިތުބާރުކޮށްފަދޯ ކައިރީގަ ބަހައްޓާނީ

      7
      2
  2. ހޯހޯ

    ނޯޅޭ އެއްޗެއް މި ސަރުކ ކާރުގަ އަޅެބުނެލަދީބަލަ މަބުރޫކ ކުމެން ބޮޑުވަރު. .

    22
    1
  3. ޚ

    މިސަރުކާރުގައި ނޫޅޭނެ ތަ އަޅެފަހެ އޮޅުމެއް ނުވާ މީހަކު ދެރަ ކަމެއްތާ ދޯ. ތިޔަ ބަޔާން ތިޔައީ އަމިއްލަ ބަޔަކު އެބަޔަކަށް ފެންނަ ގޮތަކަށް ހަދާލާފަ އޮތް އެއްޗެއް ބާ؟

    17
    1
  4. ސަމީ

    އޮޅުނު ސަރުކާރު މުޅިންވެސް އޮޅިގެން

    7
    1
  5. ސިފްރާ

    ބަނބުރުކް މެންނީ ދޮގު ހެދުމުސް މާސްޓާސް ހަދައިގެން ހުރިމީހުން.. ދެން ކިހާ މޮޅުވާނެ ދޮގު ހަދަން ؟؟

    7
    2
  6. ސަތަރޭ

    އިބޫ އައް ހަމަ ހީވަނީތަ ؟ ދުވަހަކުވެސް ޕީޕީއެމް ވެރިކަމައް ނާންނާނޭ ؟؟
    ޔާމީން ވެރިކަމައް އައީމަ އިބުލާ އިބޫގެ ކޮރަޕްސަން ގްރޫޕް އެެއްކޮއް ޖަލައްލާ ޖަލުތައް ފުރާލާނެ އިންޝﷲ.

    8
    1
  7. ސަލީމް

    ބަނބޫ ޖަލައް ލާންޖެހޭނެ ޕީޕީއެމް ވެކަމެއްގަ، އެ ހަދާ މަކަރާ ހީލަތާ ދޮގުތަކުގެ ބަދަލުގަ

    6
    1
  8. ޑެނީ

    ޥައްކަންކޮއް ދޮގު ހަދާ އޮޅުވާލަނީ، ފެނިފެނި ހުންނަ ކަންކަމާ، ދެން ވިސްނާ ނުފެނި އެމީހުން ހިންގާނެ ޖަރީމާ އާ ވައްކަމާ..

    މި ސަރުކާރު މީ އުފެދުމުގަވެސް ބާތިލް ސަރުކާރެއް

  9. ބަނބުރުކު

    ބަނބުރޫކް އޮޅިގެން ނުކައި ހުރިންތަ ؟؟
    ލޮލް،

  10. ބާބޫރާއޯ

    ބަނބޫ އެޕްޕީއޭގަ ދޮގު ހަދަން މޮޅުކަމުން ގެނެސް އެހެރީ ސްލޯލިހް ގެ ވައްކަމާ ކަރަޕްސަން ފޮރުވަން ދޮގު ހަދަން ލާފަ... މި ބަނބުރޫކަކީ ވެންޓިލޭޓަރ ވަގައް ނެގުމުގަ އަމީންއާ އެކު އޭރު އުޅުނު މީހެއް..

  11. ސިރީން

    އޮޅިފަ އޮތް ސަރުކާރެއްމީ

  12. އައިމަން

    އޭ ސީ ސީ އިން މިކަން ބަލަން އެދެމެވެ.

  13. ރަދީފް ހުސެން

    ސިހާބު އެކައުންޓުގަ 375 މިލިޔަން އޮޅިގެން، ފާތޭ އެކައުންޓުގަ 20 މިލިޔަން އޮޅިގެން، ނަސީދައް ފައްޅިން ލާރި އޮޅިގެން، ސޯލިހައް އެމްެއެމްޕީއާރްސީގެ 37މިލިޔަން ޑޮލަރު އޮޅިގެން، އަލިވާގޭން ކަޅުދަބަސް އޮޅިގެން، ވެރިކަމައް އާދެވުނީ އޮޅުވާލައިގެން

  14. ނަންނުގަތި

    މަބްރޫކް ނަހަދާނެ ތެދެއް، ތެދެއް ހަދައިގެން ސަލާމަތްވާން އޮތަސް ދޮގެއް ހަދާނީ..