ވ. އަތޮޅުގައި އޮންނަ ފަޅު ރަށަކުން ނިޔާވެފަައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ،އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ފޮއްތެޔޮ ބޮޑުފުށި ނަަމަކަށް ކިޔާ ފަޅު ރަށަކުން ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެ މީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:02 ހާއިރު އެވެ.

ފުލުހުން ވިދާޅުވީ، އެއީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ދަނޑު ކެނޑުމަށް އެރަށުގައި އުޅުނު ބަޔަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާރު އެ މީހާގެ ހަށިގަނޑު މާލެ ގެންދިއުމުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.