އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލެ ސެންޓްރަލް ޕާކާއި އިރުމަތީ ފަރާތުގެ އެރައިވަލް ޖެޓީ މަރާމާތު ކުރުމަށް ފަހު އިއްޔެ ހުޅުވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް އަދި ޖެޓީ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ދެ ތަން ހުޅުއްވައި ދެއްވީ މިހާރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރުއެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕާކާއި ޖެޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ މި ދެ މަޝްރޫއަށް އިންޑިއާ އިން ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކު މަރާމާތުކޮށްފައި ވަނީ ރެކްރިއޭޝަނަލް ޒޯނާއި އިންޓެރެކްޓިވް ޒޯނެއް ހިމެނޭހެނެވެ. ސެންޓްރަލް ޕާކްގެ ދެ ސަަރަޙައްދުގެ މަސައްކަތަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢުއެކެވެ. މިގޮތުން މި ދެ ޒޯންގެ ތެރޭގައި މިއަދު ހުޅުވާލެވުނު ރެކްރިއޭޝަނަލް ޒޯން އަދި އިންޓެރެކްޓިވް ޒޯންގައި ހިމެނެނީ ސްކޭޓިންގ އޭރިއާ، އައުޓްޑޯ ޖިމް، ވިއުއިންގ ޕްލެޓްފޯމް، ކުޑަކުދިން ކުޅޭ ސަރަހައްދެއް އަދި ޕާކިންގ ޒޯން އާއި ބައިސިކަލް ދުއްވުމަށް ހާއްސަ ރޫޓެކެވެ.

އެތަނުގައި ހިނގާ ޕާތުވޭތައް ހެދުމާއި ލައިޓިން ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ވެސް ހަދާފައިވެއެވެ. ހުޅުމާލެ ސެންޓްރަލް ޕާކް މަރާމާތު ކުރުމަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އިރު، ޖެޓީ މަރާމާތު ކުރަން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ފޮރިން މިނިސްޓްރީން ކުރިން އޮތީ ހާމަކޮށްފައެވެ.

ސެންޓްރަލް ޕާކް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިރަސްމިއްޔާތުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހްމަދު އާތިފް ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަކީ ހުޅުމާލެ ތަރައްްގީ ކުރުުމުގެ ވަރަށް މުހިއްމު އެއް ޕްރޮޖެކްޓް ކަމުގައި ފާހަގަކުރައްވާ އިންޑިއާ ސަރުކާރަށާއި އެމްބަސީއިން ވެދެއްވާ އެހީ ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފައެވެ. އަދި މީގެއިތުރުންވެސް މިގޮތަށް އާއްމުނަށް ހުޅުވާލެވޭ ސަރަޙައްދުތައް ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަލޭކާ ދިޔެ

    ތީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އެޅި ޕާކެއް.. ލަދެއް ނުގަނޭ ރީނދޫ މުގަރޭމެން . ޔާމީނު ބުރަމަސއްކަތުން ގައުމު އާރާސްތު ކުރީމަ ގޮސް ވަދެ ތިބެން..

  2. ރަނާ

    މީވެސް ދެން ރިބަން ކަނޑާ ފަ ކުރަން ޖެހޭ ވަރުގެ ކަންތައްތަ. މި ކަހަލަ ކަންތައް ކުރީމަ ހީވަނީ މަމެންނަކީ ގުއި ނު ފެންނަ ކާޅަށް ގުއި ފެނިގެން އުޅޭ ފަދަ ބައެއްހެން . މިވަތުގެ ކުދި ކަންތަކާވެސް ހޭދެބައިވެގެން ތެޅި ބާލަނީ

  3. ޙހހހ

    އިންޑިއަައަށް އެތަންދީގެން މިހާރު އޮތްގޮތާ ކުރިން އޮތްގޮތާއި އަޅާބަލާލަބަލަ މިހާތުތޯ ރީތީ ، ބޮޑެތިގަސްތައް ކެނޑުން ނޫންކަމެއްނެތްކޮށްފަ ، ދިވެހިން ވިސްނާލންވެއްޖެއެއްނު އިންޑިއާދޭތެރޭ ، މިފެންނަނީ ޤައުމު ދެފިކުރު ދޭތެރެއަށް އިންޑިއާވަދެ މިތަން ބާބާކުރަން ، އެއްބަޔަކު ސަނާ ކިޔާއިރު އަނެއްބަޔަކު ހަޖޫ ޖަހަނީ ، އިންޑިއާ މިތިބެނީ ހޭން ، މިޤައުމު ހަލާކުވާތަން ބަލަން

  4. މެކް

    އިންޑިއާ އަންނައްވީނު ރާއްޖޭގައި ކުކުޅުގެންގުޅެން

  5. އިންޑިޔާ އައުޓް

    ޝުކުރިއްޔާ ލޮބުވެތި ރައީސް ޔާމީން. މިތިބަގަމާރުންނަށް ތަރައްގީގެ ޕްލޭންތައް ކޮއްދެއްވިކަމަށްޓަކައި. ﷲއަށް ޙަމްދުކުރަން ރައީސްޔާމީންއަށް ޘާބިތުކަން ދެއްވާށި. އާމިން

  6. Happy

    ޢެހީލިބެންޔާ އެހިލިބިގެން ކަންކަންކުރަންވީ ގައުމުގެ ބަޖެޓަށް ބާރުނުކޮށް... ތެންކިޔު 🇮🇳