މިއަދުވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

މާލެއަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށާއި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކަރަންޓް ކެނޑުމުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އިއްޔެ ރޭ ފަތިހު ވެސް މުޅި މާލެ އިން ކަރަންޓް ކެނޑުނެވެ. ކަރަންޓް އަލުން ހުރިހާ ސަރަހައްދަކަށް ލިބުނީ ކަރަންޓް ކެނޑުނުތާ ދެގަޑިއެއްހާއިރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙަފްޞާ / މާލެ

  މަޖްލިސްގެ ރައީސް ( އަލް ހުރިހާ ކަމަކާ ބެހޭ އެލެގްޒަންޑާ ) އިއްޔެ ބުނެފައި އޮތް " މިހާރު ރަށްރށުން ކަރަންޓް ކެނޑޭވާހަކައެއް ނުއިވޭނެ ". މިހެން މި ގަމާރު ބުނިއިރު ރާއްޖޭގެ ހުރިހާރަށަކަށް ކެޕެސިޓީއާ އެއްވަރަށް އިންޖީނު ފޯރުކޮށްދީފައިވަނީ ރައީސް ޔާމީން! ޔާމީންގެ ވެރިކަން މިމީހުން ވައްކަންކޮށް ފޭރިގަތްއިރުވެސް ރަށްރަށަށް ފޮނުވުމަށް 100 ކިލޯވޮޓާ 1.2 މެގަވޮޓުގެ 55 ޖެނެރޭޓަރ ހުންާނީ މާލެ އެތެރެކޮށްފަ! މިއަދު އެއްވެސް ކަމެއް ނުކޮށްތިބެ މީހަކު ކޮށްފައިހުރި ބުރަ މަސައްކަތްތަކެއްގެ ފޮނި ބޮއިބޮއިފަ ލަދެއްވެސް ނުގަނެޔެއްނު؟!

  11
  1
 2. ކެނެރީ

  ކަރަންޓު ކެނޑޭނެ އެކަން ހައްލުކުރަން ތިލަފަތަށް ވަށްސަލާމް ބުނެބަލަ ހުރިހާ ދިވެހިން

 3. އެމަންޖެ

  ބަލާ ދުނިޔޭގެ ފެންވަރުގެ ސެޓުފިކެޓް ހޯދޭތޯ.