އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އަށް ރާއްޖެ އިން ކަނޑައަޅާ ދާއިމީ ސަފީރުގެ ގޮތުގައި އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހ. އަމީނީގޭ ޑރ. ފަރަހަނާޒް ފައިސަލް އައްޔަން ކުރުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ފޮނުވައިފިއެވެ.

އެ މަގާމަށް އޭނާ އައްޔަން ކުރުމަށް ރުހުން ހޯއްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގައި އަމީން އާއްމު ވަނީ އިއްވަވައި ދެއްވައިފައެވެ. މިއަދުގެ ޖަލްސާގައި އެ ސިޓީ އިއްވެވުމަށް ފަހު މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. ފަރަހަނާޒް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ.

އަދި ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، އިނގިރޭސި ރާނީ އެލިޒަބަތުގެ އަތްޕުޅަށް "ލެޓާ އޮފް ކްރީޑެންސް" އަރުވާފައި ވަނީ 2019 ވަނަ އަހަރުއެވެ.

ލެޓާ އޮފް ކްރީޑެންސް އަކީ އެ ގައުމެއްގެ ވެރިންގެ ހައިސިއްޔަތުން ބަސްބުނުމުގެ ހުއްދަ ލިބިފައިވާ ބޭފުޅެއްކަން އިނގިރޭސި ސަރުކާރަށް ޔަގީން އެރުވުމުގެ ގޮތުން ގައުމުތަކުގެ ވެރިން ރާނީ އެލިޒަބަތަށް ފޮނުއްވަވާ ސިޓީފުޅެކެވެ.

ޑރ.ފަރަހަނާޒް އަކީ ޕޮލިޓިކްސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމާއި ނޯވޭ، ސްޕެއިން ފަރަންސޭސިވިލާތް، ޑެންމާކް، ފިންލެންޑް އަދި ސްވިޑްންއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަންވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިޔާޒު އަހްމަދު

    އައްޗީޑި ހެދުން ބުރިއެއް ލައިގެން

    6
    2
  2. ބޯހަލާކު

    2 އިބިލީސް

  3. އިއްލެ

    މާމަގަނޑު

  4. Anonymous

    ކިހާ ބޮޑު ބަލވެރިކަމެއް ކިޔަވައިގެން މިރާއްޖޭގަ މަގާމުތައްދީ ބޮޑުމުސާރަދޭން މިނޫން ބައިގަނޑެއް އަޅެ ނެތީތަ....މި އަމީނު ފައިސަލަކާ ..މައިޒާނަކާ.. ސިއްކައަކާ.. ކެނެރީއަކާ ..މަސްއޮޑިއަކާ..ގުއްދޫސްއަކާ....މިދެން އަޅެ ބޮޑުވެއްޖެ ވަލާއެއްދޯ މިގައު މައް......ވިސްނާލަބަލަ....

  5. ހުސެން

    މިގާ މައް އެއްމެރަނގަޅީ އަލީ އާޒިމު އާއި ޖާބިރު ދެއްތޯ ނަޝީދު