ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި ހިލާފަށް ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ޕާޓީއެއް ބާއްވައިފިއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ ޕާޓީ އަކީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނިޝާނާ ހަސަންގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ސަޕްރައިޒް ޕާޓީއެކެވެ. މި ޕާޓީ ބާއްވާފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ ގޭގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ނިޝާނާއަކީ އެމްއާރުއެމް ސްލޮޓެއްގައި އެ މަގާމަށް ގެނެސްފައިވާ ސިޔާސީ މުވައްޒަފެކެވެ.
މި ޕާޓީ ކުރިއަށް ދިޔައިރުގެ ވީޑިއޯއެއް "ވަގުތު" އަށް ލިބިފައިވާއިރު، ވީޑިއޯއިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރު އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ހަސަން ޝުޖާއު ފެނިގެންދެއެވެ. މީގެ އިތުރުން މި ޕާޓީއަށް ހޯމް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އައިޝަތު އަލައިކާ އަދުނާން، ކޮމިއުނިކޭޝަން ޑިރެކްޓަރ ހަފުސީ، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަރުޝަދު، ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހިމް ރަޝީދުގެ އިތުރަށް އެހެން މުވައްޒަފުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ކޮވިޑް-19އަށް ރައްޔިތުން ހޭލުންތެރި ކުރުވަން މީސްމީޑީއާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.
ހޯމް މިނިސްޓްރީގެ މުވައްޒަފުން ޕާޓީއެއް ބާއްވާފައިވާ މައްސަލަ ފެންމަތިވެފައިވާއިރު، ދާދި ފަހުން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކުވެސް އުސޫލުތަކާއި ހިލާފަށް ޕާޓިއެއް ބޭއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ކޮވިޑް-19 ވޭދަނަތައް ހަލުވި ކަމާއި އެކީ މާލެ ސަރަހައްދުގައި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ ޕާޓީތައް ނުބޭއްވުމަށް އިލްތިމާސް ކޮށްފައެވެ. އެހެން ނަމަވެސް އުސޫލުތަކާއި ހިލާފަށް ބައެއް ފަރާތްތަކުން ޕާޓީތައް ބާއްވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ބަލާއިރު، ދާދި ފަހުން ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި ޕާޓީއެއްވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ. އެ ޕާޓީ ފުލުހުން ހުއްޓުވާފައިވީ ނަމަވެސް، އެންމެ ފުރަތަމަ ފުލުހުން ދީފައިވަނީ ނަސޭހަތެެވެ. އޭގެ ފަހުން ޕްރެޝަރު ބޮޑުވުމުން ފުލުހުން ވަނީ ޕާޓީ ހުއްޓުވައި ކެފޭ ޖޫރިމަނާ ކޮށްފައެވެ.
ދެން އެވަރު ކަމެއްތަ. މާލޭގަގިނައީ މިގޮތައްއެއްވުންތަަށް ބާއްވާގެން އުޅޭމީހުން.
ޝޭހުންގެ އަދާލަތުޕާޓީ ނަޒީރު ދޯ މިއީ. ބޯހަލާކު
މާ ނުވާކަމަށް ހެދޭނެކަމެއް ނެތް. ސަރުކާރު ނަޒީރު ހަމަ.
ނަމޫނާ ދައްކާފި ދެއްވީ އަމަލުކުރަން
ޢާމު ރައްޔިތުން ގޭގައި ކަރަނއޓީނުގައި، ވެރިން އުފަލާއި މަޖަލުގައި..
މިމީހުން ޖުރިމަނާކުރަން ކެރޭނެތަ ނޫނިއްޔާ ބަދަލުގަ ޖުރިމަނާކުރާނީ އާއްމު ރައްޔިތުންތަ ކޮވިޑުފަތުރަނީ ކޮންބަޔެއްބާ އުސޫލައް ނުކެރޭ އަނގައިންވެސްބުނަން މީމިސަރުކާރުގެ ވެރިންގެހާލަތު ކުރީޒަމާނުގަ ވެރިކަން
ކުރިއިރު ކިޔާއަޑުއިވޭ އާއްމުން މަރަވަޅިއައްއެރުންމަނާވަހަކަ
މިހާރުވެސް މިއޮތީ އެކަހަލަސަރުކާރެއް
10 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް އެއްޗެއް ކާލަން ދެވެން ވެސް ނެތީތޯ. ދުއްވުން މަނާ ގަޑީ މަގުމަތި ބަލާލަން ކެރޭނެތޯ
އެޗްޕީ އޭ މިންގަޑާ ޙިލާފަށް މުޒާހަރާ ކުރާ ވާހަކަވެސް ކަވަރު ކޮށްލާނަމަ
އަހަރުމެން ސަރުކާރު އަހަރުން އުޅޭނީ އުޅެނެ ގޮތަކައް..
މި ޝޭ ހުން ގޮވަމުންދަނީ ގާމު އުފަންދުވަސް ފާ ހަގަ ކުރާކަށް ނުވެޔޯ. އެކަ މަކު މި މީ ހުން އޯކޭ އަން ހެނުންނާއި ފިރި ހެނުން ބައިވެރިވެގެން ޕާޓީ ބޭއްވިޔަސް . މަގޭ ހިތައް އަރާ ކޯއްޗެއް ކިޔަވާގެން ތިބި އެއްޗެ ހި ތަކެއް ބާ
މިމީހުން ހިލޭ އަންހިނުންނަށް ގުޅާގެންދޯ 2 3 އަނބިން ހޯދަނީވެސް.. އާއްމް މީހަކު ސުވާލްކޮއްފިނަމަ ބުނާނެ ތީ ޙަރާމްކަމެކޭ..
މައުމޫނު މިކަމާ ގުޅިގެން ކީކޭ ބުނަނީ
ތިޔަވާނީ ޚާއްޞަ ހުއްދަ އިގެ ދަށުން ކަމަށް. ޚާއްޞަ ހުއްދަ އަށް އެނގޭވިއްޔަ ކޮވިޑް ނުޖެހެން. ދެރަކަމެއް. މިބމަށް ﷲ ލެއްވި ރަޙްމަތަށް ޝުކުރުވެރި ނުވާބައެއް. ދުނިޔޭގެ ގިނަ ތަންތަނުގައި ކޮވިޑްގައި ހާދަގިނަ ބަޔަކު މަރުވަމުންދާ އިރު ފަރުވާ ކުޑަ ނުކުރައްވާ. ފިޔަވަޅު އަޅަން ތިބޭމީހުން ފަރުވާކުޑަ ނުކުރައްވާ
ތިތާންގަ 10 މީހުން ހަމައެއްނުވެ
ފެންމަތިވެސް އެހެން ކަންތަށްވެސް ވާނެ، އެކަމު މިނިސްޓްރީ ބޭފުޅުންވީމަ ފިޔަވަޅެއް ނާޅާނެ.. އާދައިދެ ރައްޔިތުންވީމަ ވަގުތުން ޕާޓީ ހުއްޓުވާ މުޅި ހިސާބުގަނޑު ޖޫރިމަނާ ކުރާނެ..
ސްޓެލްކޯއަކީވެސް ތިޔާ ޒާތުގެ ތަނެއް މުވައްޒަފުންނަށް އެއްވެސް ވަރަކަށް ނުބަލާ
ކޮބައިތޯ މަޖިލީހުގެ ރައީސް ޖިއްނި ފެނޭތޯ ސަރުކާރުގެ ބޮޑުން މައިމޫނާގެ ގާނޫނަށް ފައިންއަރާތަށް ފުލުހުން ދެލޯ މެރިފައިތޯ ސައިކަލްތަށް އެކަނިތޯ ފުލުހުންނަށް ފެއްނަނީ ....
ކޮވިޑް އަކީ ހަވީރު 06 އިން ހެނދުނު 06 ދުއްވާ އުޅަނދު ދައި ޖެހޭ އެއްޗެއް، ކޮވިޑް އެންމެ ލައިކް ވާނީ އިންދިކޮޅު މީހުނާ ނިކަމެތިން ދެކެ. އެހެން ވީމަ ޑީ.ޖޭ އާ ޕަރޓީއް ދެކެ ކޮވިޑް ވަރަށް ޖެހިލުންވާނެ. ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލަން ކޮވިޑަށް އިންސާނީ ހައްޤުތަކަށް އަރައި ނުގަތުމަށް އެދި ބަޔާނެއް ނެރެން.
އެޗްޕީއޭ އުޞޫލު ތަކަކީ ދެރަ ނިކަމެތި ރައްޔިތުންގެ މައްޗަށް އެކަނި ވާ އުޞޫލު ތަކެއް. އަދުލުވެރިކަމެއް ނެތް އިއްޒަތްތެރި ބޭފުޅުން ބޭނުން ގޮތަކަށް އުޅެވޭނެ.
ވަކި ބަޔަކަށް ހުރިހާ ކަމެއް ހުއްދަ
ހިންނަވަރު މާހިރު މިކަމުގެ މޭސްތިރިއަކީ އެހެންވީމާ އެކަން މަނާނުކުރެވޭނެ!
ތިހަބަރު ވަރައްވެސް ފުރިހަމަވީސް ތި ވީޑިޔޯ ލިބުނުގޮތުގެ ވާހަކަ އާއި އެމީހާގެ ނަންވެސަ ޖަހާލިނަމަ. ވަގުތު އޮފީސް ތެރޭގަވެސް އެޗްޕީއޭގެ އުސޫލާ އެގޮތަކަށް ނޫން އުޅެނީވެސް. އަހަރެން އައް ވަގުތުގަ އުޅޭ ކުއްޖަކުވަނީ ފޮޓޯއާއި ވީޑިއޯވެސް ހިއްސާކޮއްފަ. މިކޮމެންޓް ޖަހާލަދެއްޗޭ އިންގޭ. ސުކުރިޔާ