ދެ ވަނަ ކުއާޓަރުގައި ދޫކުރުމަށް ތައްޔާރުވަމުން އަންނަ ލޯނުތަކަށް ރާއްޖޭގެ ހުރިިހާ ރައްޔިތުންނަށް ކުރިމަތިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ މީގެ ކުރިން ހުޅުވާލިި ހައުސިން ލޯން ސްކީމްތަކަށް ކުރިމަތިލެވެނީ މާލޭގެ ރައްޔިތުންނާއިި އިތުރު 11 ރަށެއްގެ ރައްޔިތުންނަށް ކަމަށެވެ.

ނަމަވެސް މިހާރު ހުޅުވާލާ ލޯން ސްކީމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ކުރިމަތިލެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެ ޕްރޮގްރާމް ފެށިގެންދާ އިރު، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ހައުސިން ލޯނުގެ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ހުޅުވައިލާނަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަށް އަދި މާލޭގެ ރައްޔިތުންނަށްވެސް ހައުސިން ލޯނުތައް ދޫކުރާނީ ކެޓަގަރީތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބަލާނީީ ބޯހިޔާވަހިކަން ބޭނުންވާ އާއިލާތަކާއި، ފަގީރު އާއިލާތަކާއި، މެދުފަންތީގެ އާއިލާތައް އަދި މުއްސަނދި އާއިލާތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެސް ވަނީ ދާދި ފަހުން ރަށްރަށުގެ ބޯހިޔާވަހިކަން އިތުރު ކުރަން 500 މިލިއަން ރުފިޔާގެ ލުއި ލޯން ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެންމެ ފަހުން ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި އެ ބިމުގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ގެ 7،000 ފްލެޓްގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ފަރީ

  މީ ބޮޑު އޮޅުޥާލިމެއް، ކާލި ފްލެޓްތައް ވާހަކަ އޮއްބާލަން އެއުޅެނީ

  21
  3
 2. ދޮން ދޮނާ

  މާލޭގެ ހުރިޙާ ރައްޔިތުންނަށްތޯ.

  12
  3
 3. ޙާކިމާ

  ރޯހޮޅި. ބަލަންތިބޭތި ވާނުވާ

  17
 4. Ok

  Muizzu 2023

  22
  5
 5. ޖަނާޒާ

  ދެވަނަ ކްއާޓަރ އެއީ އަނެއްކާ މިއަންނަ އަހަރުގެ މިއަދު ތޯ! ކޮބާ ތޯ ތިޔަ ވިދާޅުވާ ކްއާޓާރއަކީ ! ތާރީޚް ވިދާޅުދެއްވާ! ހަމަ މުޅިންވެސް އޮޅޭގޮތަށް ހުރިހާ ބަސްފުޅެއްވެސް ، އަދި ކަމެއްވެސް ތިޔަ ގެންގުޅުއްވަނީ! ކޮން ކްއާރޓާއެއް، ތާރީޚް ވިދާޅުވޭ!

 6. ރައްޔިތުމީހުން

  ހަދާފަހުރި ނިމިފަ ހުރި ތަންތަން ނުދެވިގެން އުޅޭ ބަޔަކަށް ކޮން ލޯނެއް ދެވޭނީ...
  ކާލި ވަރު ބޮޑުކަމުން ގުޑައި ނުލެވިފަ ސަރުކާރުގެ މަތީ ފަންގިފިލާ އެތިބީ..
  ރައްޔިތުންނަށް ދޭނެ މުކޮސްވެސް ނޯންނާނެ..

  9
  1
 7. ކޮއްކޮ

  ދެން ފަރެސްމާތޮޑާގެ އެއާޕޯޓު އިނަޓަނޭޝަނަލް ކޮއްފަ ކާޑެއްދޫ އެއާޕޯޓު އު ވާލާނީ އޭރުން ހަވަވަ ވަރު ތިނަދޫ މީހުންނަށް ހުންނާނީ ރާކަނިމަސް ކެ ވިފަ އިގިއްޖޭ.

  7
  1
 8. ތުއްތީދި

  ވޯޓު ކައިރި ވަނީ ދެން ވ ވައުދުތަށް ގިނަ ވޭ. ގުނބޯ ހެދޭމީހުން ވެސް ގިނަ ވޭ. ހާއްސަކޮން ހަ ވަރު ތިނަދޫ މީހުން

  10
  1
 9. ފާތުން

  ރާއްޖެތެރެމީހުން ގެނެސް މާލެ އަދި ހުޅުމާލެ ތޮއްޖައްސަންނޫޅެބަލަ. 👹👹👹👹

 10. ޕީއެޗްޑީ

  ދޮގުހެދުމާއި ޅޮސްއުނދޯއްޔަށް ރައްޔިތުން އެރުވުމާއި ސަޅިބައިސާއިން ޕީއެޗްޑީއެއް ހައްދަވާ ބޭފުޅެއް.

  2
  1
 11. ގައުމީ ލޯބި

  ވަރަށް ބޮޑު ތެދުފުޅެއް ލޯން ދޭވާހަކަ އެއްނޫން ލޯނަށް ހުޅުވާލާ ވާހަކަ..

  ދެން ރައިޔަތުމީހާ މިޖެހެނީ ފައިސާދީގެން ޕްރޮޕޯޒަލް ހަދައި ކިއުގައި ހުރެ މުޅި ދުވަސް ދުއްވާލައިގެން ލޯނު އެޕްލިކޭޝަން ލާން.

  އެޕްލިކޭޝަން ލާތާ 6 މަސް ފަހުން އެގޭނީ ޝަރުޡުފުރިހަމަނުވާކަން.. އެއީ އަލުން ޝަރުޘުކަނޑައަޅާތީވެ..

  މީ އާންމުކޮށް ކަންހިގާގޮތް.. ދޭންބޭނުންވާ މީހުން މިހާރުވެސް ވާނީ ލިސްޓުކުރެވި އެމީހުންނަށް އެކަން އެގޭނެ..

  މަށަކީ އޭރުގަވެސް މިހާރުވެސް، އަދި ހީއެއް ނުވޭ މާދަމާވެސް އެއްވެސް ލިސްޓަކަށް އަރާނެ މީހެއް ހެން.

  ސަބަބަކީ ޕާރޓީގެ ނަމުގައި ހަޅޭއްޖަހައި ބޮޑުން (ޔަޢުނީ ދޮގުހަދާ މީހުން)ގެ ފަހަތުން އުޅޭ މީހަކަށް ނުވާތީވެ.

  ލޯނަށް އެންމެނަށް އެދެވޭނެ ލިބޭނީ އެވެރިން ބޭނުން މީހާޔަށް އެކަނި

 12. ނާޅި

  ޤައުމުތަކުގެ ފަޤީރުންނަށް ދޫކުރާ ލޯނުތަކުގެ ބޮޑު ބަޔެއް ދަނީ ޤައުމުތަކުގެ ބޮޑުން ސުވިސް ބޭނކުގައި ހުޅުވާފަ ހުންނަ ވަގު އެކައުންޓުތަކަށް، ވޯލްޑް ބޭންކުދިރާސާ

  1
  1
 13. އަހުމަދު

  ކަލޯގަޔާ ފައްކާ ކެމްޕެއިން އުކުޅެއް