އިދިކޮޅު ކޯލިޝަނުން މިއަދު ހަވީީރު ފެށުމަށް ތައްޔާރުވި މުޒާހަރާ ނުފަށަނީސް، ފުލުހުން ނުކުމެ މީހުން ހައްޔަރު ކުރަން ފަށައިފިއެވެ.

އެގޮތުން މީގެ އިރުކޮޅެއް ކުރިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ހައްޔަރު ކޮށްފައެވެ.

އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މުހައްމަދު އިސްމާއިލް ހައްޔަރު ކުރިޔަސް މުޒާހަރާ ނުހުއްޓުވޭނެ ކަމަށެވެ. އަދި އޭނާ ޖެހިލުމެއްވެސް ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވަނީ މިހާރުން މިހާރަށް މުހައްމަދު އިސްމާއިލް ދޫކޮށްލުމަށް ގޮވާލާފައެވެ.

އޭނާގެ އިތުރުން، މުހައްމަދު ނަޝީދު (ކާނަލް) ވަނީ އެ މުޒާހަރާ ފެށުމުގެ ކުރިން ހައްޔަރުކޮށްފައެވެ.

އިދިކޮޅު ބާއްވަން އުޅޭ މުޒާހަރާ އާ ގުޅިގެން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލޭގައި އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުން ގާނޫނާއި ގަވައިދުތަކާ ހިލާފު ކަމަށާއި އެ އެއްވުން ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

މިއަދު އިދިކޮޅުން މުޒާހަރާ ބާއްވަން ނިންމާފައި ވަނީ "އިންސާފު ކޮބާ؟" ގެ ނަމުގައާއި "މަގޭ ފްލެޓް ކޮބާ؟" ނަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މ

  ހެޔޮކޮށް!!!!

  9
  29
 2. ކޮވެލި

  ރަނގަޅު ... ތާއީދުކުރަން .. ގުރާދޫގަބާތިއްބާ !!

  8
  42
  • Anonymous

   ގުރައިދޫގަ ތިބެން މާރަނގަޅު ޖަނަވާރުންހެން ކޮށީގަ ތިބުމަށްވުރެ. މިއީ ޝާތާނީ ބާރުތަކާ ދެކޮޅަށް ކުެާ މުޒާހަރާއެއް. ކަލޭމެން ބަލިނުޖެހޭނެކަމަށް ތިބޭ. މަރުވާނެ.

   19
   7
 3. ކެތި

  ޕާޓީވެސްއުވާލަންވީ!! މުއްދަތެއްނެތްގޮތަށް ބަންދުކޮށްފަބައިތިއްބާ !!
  ތިޔައީ ކޮވިޑުގެ މުޅިންއާވައްތަރެއް އަދި ކޮވިޑުގެެއެ ހެން ހުރި ހާވައްތަރުތަކަށްވުރެން ތިޔަވައިރަސް މާނުރައްކާ.. ޑަބްލިއު އެޗްއޯ އަށްވެސްއަންގާ ދިވެ ހިރާއްޖެއިން މާނުރައްކާ ވައިރަ ހެއްފެނިއްޖެކަމަށް!!

  4
  38
 4. Anonymous

  ހާދަބިރުގަނެއޭ ހައެއްކަ މީހުން އެއްވަާއިރައް އެމް.ޑީ.ޕީ.

  37
  6
 5. Anonymous

  ހުތިހާ ރައްޔިތުން ނުކުންނަންވީ. މަރަށް ފިލަންތަ ހޮރު ހޮރުގަ މިތިބެނީ. ބަލަ ދިރިއުޅުމަކީ ހުސް ރިސްކޭ. ބަލިޖެހިގެން މަރުވެދާނެތީ ތިއުޅެނީ ކިހާދުވަހަކު ދުނިޔޭގަ ތިބޭނަމޭ ހިތާތަ؟

  38
  3
 6. Anonymous

  ޒައިނިސްޓު ސަރުކާރު. ޝައިތާނާއަށް އަޅުކަން ކުރާ ވެރިންގެ ސަރުކާރު. ﷲ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހައް މިސަރުކާރުވެއްޓޭނެ. ހުކުރުދުވަހު ގިނަ ގިނައިން ދުއާކުރަންވީ.

  43
  4
 7. Anonymous

  ތި މުޒާހަރާގަ ތިތިބީ ހުސް ބަތަލުން. އެންމެން ބަންދުކުރިއަސް ތިހިތްވަތު އެލުވާ ނުލާތި. ބުޢުތާގެ ދުވަހު 5 އަމީރުން ޝަހީދުވީމަ ޚާލިދު ބިން ވަލީދު ދިދަހިއްޕެވީ. މުޅި ލަޝްކަރު ސަލާމަތްކޮށްދރވީ އަމިއްލައަށް އިސްނަގައިގެް. މުސްލިމު ދިވެހި ޕޕމ ގެ ފަހުލަވާނުން މުސްލިމުންގެ މިފަދަ ޞަހާބީންގެ ދިރިއުޅުއްވި ގޮތުން.

  37
  4
 8. Anonymous

  ފުލުހުންގެ މިޒާހަރާއެއްތަ؟ 10 މީހުންނަށް 20 ފުލުހުން. ޖުމްލަ.30. ޕަކާސް ތިއޮތީ ސަރުކާރު ހިންގިފައި ގަޅި ޒައިނިސްޓުންގެ ޕަޕެޓުން.

  34
  3
 9. Anonymous

  ފުލުހުންގެ އަދަދު ހާދަ ގިނައޭ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފު 20 މީހުން އެބަތިބި.

  30
  2
  • Anonymous

   😂😂😂

   12
   1
 10. މާމީ

  ރާއްޖޭގަ އުޅެނީ އިޒުރާއީލް ސިފައިނައްވުރެ ނުލަފާ ރަހުމު ކުޑަ ޕޮލިހުން..

  20
  2
 11. ހުސެން

  މިިހުރިހާ ކަމެއްގެ އަޑީގައި އުޅެނީ ޗީފް ސަމާލު އާއި އިންޑިއަ ސިފައިން...ސަމާލަ ކީ އިންޑިއާގެ އާމީއެއްފަދަ މީހެއް ޕްލޭ ބޯއީއެެް އޭނަގެ ސަބަބުން ދެންތިބިވެރިން ވެސް ހަލާ ކު..މަތިފަޑިއައް ބޭނުންގޮތަކައް ރޭންކުތައްދީފަ ..ދަށުން މަސައް ކަތް ކުރާ ކުދިންކޮޅު ހާލުގައި ކޮންމެވެސް މަޅި އެއްޖައްސައިގެން ކުރިއެރުން ތާށިކޮއްފަ...މިއީ އަބަދުވެސް އެމް.ޑީ.ޕީ ގެ ސިޔާސަތު...ގައުމު ފުނޑާލުން....