ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިފިއެވެ.

މަބްރޫކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އޭނާ ކޮވިޑް-19އިން ރައްކާތެރިިވުމަށް މިއަދު ވެކްސިން ޖަހާފައިވާކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވެފައި ވަނީ، ވެކްސިންގެ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމުގައި ވިޔަސް މި ބަލިމަޑުކަމާއި ގުޅިގެން ކުރި ސަފުުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ މި މަސައްކަތްތައް ފުރިހަމައަށް ކުރަމުން ކަމަށެވެ. އަދި އަމިއްލަ ނަފްސާއި އެހެން މީހުންނަށްވެސް މި ވެކްސިން ޖެހުމަށް ބާރުއެޅުމަށް މަބްރޫކް ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 98.311 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 69،725 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 28،586 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އެވެ.

ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީގެން، މިމަހުގެ އެއް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ބޮލާ

  މަބްރޫކް މާދަމާ ހުމާ ދޯ.

 2. ފަރީ

  މިވީހާ ދުވަހު ނުޖަހާ ހުރިއްޔޯ ؟؟ ރައްޔިތުން މަރުވޭތޯ ބަލާފަ ޖަހަންތަ ؟؟

  12
  1
 3. ހ

  އަދި ކިރިޔާ!!!!!!!!

 4. ހަސަނާ

  މިދެން މާވެގަނެގެންއުޅޭ މީހެއް ކުރީވެރިކަމުގަ މާލެ ފެންޕުލާންޓް އެދިދުވަސްވަރު މަގުތަކައްމީހުންއެއްކޮއް މުޒާހަރާ އައްނުކުމެ އުޅުނުހާދާންމިއަދު އެބަހުރިބާ.....

  10
 5. ފިޒާމް

  މިއުޅެނީ ހިތާދޫ މީހުނަށް ހުދު ފޮށައެއް ލިބިގެން.

  8
  1
 6. ބިލެތުގެ ދާމޫގަނޑު

  މީނަ ފޮޑި އެއް ޖެހިޔަސް އަރާނެ ނޫހަށް މަމިހާރު ފޮޑިޖެހިވަރެއްވެސް ނޭގެ އެކަމު ނާރަ ދޯ😂😂

  13
  1
 7. ނޮހޮރޮއްޕާން ޓައިޓިސް

  ތީ މަބްރޫކެއް ނޫން! މަބްރޫކް ނުއިންނާނެ މާސްކް އަޅުވާފަ އިން ރަކިސް ބޮނޑެއް ހެންނެއް

  1
  1
 8. ޖުހާ

  މީ ކާކުތަ

  1
  1
 9. .....

  މަބުރޫކު ޖެހީމަ އޭގެ މާނައަކީ ކޮބައިތޯ އެއީ ހަބަރެއް ކަމަށް ހަދައިގެން ތި ޖަހަނީ....ނުޖަހާ ބަޔަކު ނުޖަހާ ތިބީ މަބުރޫކު ނުޖަހާތީއެއްނޫން ކަންނޭނގެ....ތިއަށްވުރެ މާ ހިނގާނެ ހަބަރެއް މަބުނަންތަ...ކޮންމެ ދުވަހަކު ބަލާފަ މާލޭ ސަރަހައްދުން ބަންދުން ކުރާ ކެފޭ އާއި ފިހާރަތކުގެ މައުލޫމާތާއި ނޫޅެވިގެން މާލެއިން ރަށަށް ބަދަލުވާ އާއިލާތަކުގެ މައުލޫމާތާއި ރައްޔިތުން ބަނޑަށް ޖެހެމުންދާ މިންވަރާއި އޭގެ ސަބަބާއި އަސްލާއި ހައްލު ބުނެދޭންވީއެއްނު....ފަހަރިގަ ސަރުކާރު މިކަމަށް ނުރުހިދާނެ...އެހެނަސް މިއަދު މިގައުމުގެ އެންމެ މުހިންމު އެއް ހަބަރަކީ އެއީ...މަބުރޫކު ގެ ވާހަކަ އެއީ އެމް ޑީ ޕީ ގެ ދެތިން މީހަކާ ގުޅުން ހުރި ކަމެއް...އެހެނަސް ހުރިހާ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ވާހަކަ މަ މިބުނީ ވަގުތާ...ނުވަންޏާ ހުއްޓާލާފަ ގެއަށްދޭ

  3
  1
 10. ބެއްޔަހުއްތު

  މަވެސް ޖަހާފިން! ނޫހުގަ ޖަހާބަލަ!