ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އިދިކޮޅު ޕާޓީތަކުން ވެރިކަމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ނަމަ އެކަން ކުރައްވާނެ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައީސް ޔާމީން އަށް ކުރިމަތި ނުލެވޭ ހާލަތުގައި އިދިކޮޅު ޕާޓީ އިން ޕްރައިމަރީ އެއް ބާއްވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ޕްރައިމަރީ އެއް ބާއްވައިފި ނަމަ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ޕްރެސެންޓަރު ސުވާލުކުރުމުން ރައީސް ވަހީދު ވިދާޅުވީ އެކަމާއި މެދު އެއްޗެއް ދަންނަވަން އަދިމާ އަވަސް ކަމަށެވެ.

ޕާޓީ އާއި ޤައުމަށް އެންމެ ރަނގަޅު ގޮތް ނިންމާނީ ޕާޓީ އިން ކަމަށާ ޕާޓީ އިން އެމަނިކުފާނު ވެރިކަމަށް ކުރިމަތިލާން އެދޭ ނަމަ އެކަން ކުރައްވާނެ ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ.

"އެއީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޑިސިޝަނެއް ދެއްތޯ. އަޅުގަޑު ޤަބޫލު ކުރާގޮތުގައި ރައީސް ޔާމީން އަށް ކުރިމަތި ނުލެއްވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ޕާޓީގެ ފަރާތުން ޕްރައިމަރީ އެއް ބާއްވަވާނެ. އެހެންވީމަ އޭރުން ދެން އެނގޭނީ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ އިތުރަށް ވެރިކަމަށް ވަޑައިގަތަސް އެމަނިކުފާނަށް އެކަމުން ލިބޭނެ މާބޮޑު ޝަރަފެއް ނެތް ކަމަށެވެ. އަދި ރައީސް ކަމަށް ވަޑައިގެންނެވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާ ރައްޔިތުންނަށް ޚިދުމަތް ކުރާނެ ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ބަންދަކީ ސިޔާސީ ކަމެއް ކަމަށް ސިފަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންކަމަކީ ކޮންމެ ވަގުތެއްގައިވެސް ބަދަލުވެދާނެ ކަންކަން ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް އަވަހަށް ރައީސް ޔާމީން މިނިވަންވުން ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އެކުވެގެން އުފައްދާފައި އޮންނަ ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ރައީސް ވަހީދު އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާޓުގައި ވާހަކަދައްކަވަމުން ވެސް ރައީސް ވަހީދު ވަނީ ޕާޓީ އިން އެދޭ ނަމަ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ތަމްހީދު

    ތި އުޅެނީ މަކަރުން އެމް.ޑީ.ޕީ ގެ މި ބަލާވެރި ވެރިކަން ދެވަނަ ދައުރަކަށް ވެސް އެމް.ޑީ.ޕީ އަށް ދޭން. ވަހީދު އާ ފައިޓް ކުރަން އެމް.ޑީ.ޕީ އަށް ފަސޭހަވާނެ މާބޮޑަށްވެސް. އަހަރެމެން ބޭނުމީ ރައީސް ޔާމީނަށް ވާދަ ނުކުރެވޭނަމަ ޤައްސާން ވާދަކުރަން. ޤައްސާނަށް ރަގަޅު ފައިޓެއް އެމް.ޑީ.ޕީ އަށް ދެވޭނެ. އަދި އިންތިހާބު އެމް.ޑީ.ޕީ ބަލިކުރަން ފަސޭހަވާނެ. އުންމީދަކީ ރައީސް ޔާމީނަށް ވާދަކުރެވި ހިތްދަތި ގޮތަކަށް އިންތިހާބުން އެމް.ޑީ.ޕީ ބަލިކުރުން.

    37
    33
    • ސަގަރު

      ކާޅު ކާނީ ބާކީވައެތިކޮޅު. ޔާމީނު ހެއްދެވި ފަރީއްކޮޅުގެ ފޮނިމީރުކަން ކާލެވޭތޯ ތިޔައުޅެނީ.

      11
      11
    • ޒައިކް

      އެމްޑީޕީ ކުދިން ކޮންމެހެން މޮޅެތި ކޮމެންޓު ކުރާނެކަމެއްނެތް.. ތިކުދިން އެންމެ ހިތަށް ތަދުވާނި ވަހީދު ވެރިކަމަށް އަންނަ ވާހަކަ ބުނީމަ.. އަސަރު ކުރާނެ އެކަން ވެއްޖެއްޔާ ހާއްސަކޮށް އަންނި ބުނި ބުއްޅަބެއަށް ކެތްނުވާނެ ކަނޑަށްވެސް އެރިފާނެ.. ހަމަ ވަހީދަށް ޓިކެޓު ދޭން އެންމެ ރަނގަޅީ ރައީސް ޔާމީނު ނެތިއްޔާ

      8
      3
  2. އިބްރާހިމް ސޯލިހް

    ގުޑް ޖޮބް

    18
    8
  3. ތިރިބެ

    ރައީސުންނަކީ އިންތިހާބުން ހޮވޭމީހުން ރައީސުން ނައިބުރައީސުން ވަގުތީގޮތުން ވެރިކަމާ ހަވާލުވާނީ އެމީހުންނާ މުހާތަބުކުރާނީވެސަ އެގޮތައް

    18
    2
  4. ޙުހ

    ލޮލް އިޒް އޯލް އައި ކޭން ސޭ

    6
    7
  5. ދސއ

    އަދި މީނާ ގާތު އެހެން މީހުންވީޔޯ އާދޭސް ކުރަން...ލޮލް...5 ޕަސެންޓް ނުލިބިގެން އެބައުޅެންދޯ ޕީޕީއެމް އިން

    15
    4
  6. ނަރީމާ

    ކޮންމެ ބޭފުޅަކު ޕީޕީއެމް ޕީއެންސީން ދެއްކިޔަސް ވޯޓުދޭން ތައްޔާރު އިންޝާއަﷲ!

    39
    17
  7. ވަތަނީ

    ޑރ. ވަހީދަކީ ލީޑަރޝިޕް ހުރި ބޭފުޅެކެވެ ރ ޔާމީން
    އަށް ވާދަ ނުކުރެވޭ ހާލަތެ އް ދިމާވެ އްޖެނަމަ ޑރ ވަހީދު
    ގަ އުމުގެ ހުންގާނަށް ވަޑަ އިގަތުމަކުން މައ އްސަލަ އެ އް ނެތެވެ.
    ބޭނުމަކީ މޑޕ ގެ ވަގުން ކޮށްފަ އިވާ ކުށް ތަކާ އި ޖަރީމާ
    ތަށް ބަލަ އި ހަރުކަށި ފިތަވަޅު އ އެޅުމެވެ.

    43
    13
  8. ހަސަދު

    މިމީހުން މިއުޅެނީ ރައީސް ޔާމީނުގެ ނަމުގައި އަމިއްލަ ފައިދާ ހޯދަން. ޔާމީނު ސަލާމަތް ކުރަން އެކަކުވެސް ނުނިކުމޭ!!!!

    22
    14
  9. ކާފަ

    ޔާމީން ބުނި ފުރަތަމަ ބާޒް ފާޅުވެއްޖެ..

    27
    12
    • ބަފާބޭ

      ކާޅެއް ނޫންތަ؟ އެޖަހައިގަންނަނީ އެއްނު..

      10
      8
  10. ކަންޖޫސީ

    ޑރ ވަޙީދަކީ 100 ގެ މީހެއް.

    29
    8
  11. ކެލާ އާރިފް

    ތިބޭފުޅާނޫންތޯބުނީ ޕާޓީގެ އެޑުވައިޒަރަކަށްމިވަނީ ޓިކެޓްހޯދުމަށޭ، އަސްލު ތިމަންނަވެސް ޔާމީން ސަލާމަތްވާކަށް ބޭނުމެއްނޫނޭ، އެހެންނަމަވެސް ޕޯޑިޔަމްތަކުގަ އެހެންގޮތަކަށް މޫނުމިދައްކަނީ ސަޕޯޓަރުން ރުއްސުމަށޭ، ފަހުވަގުތު ޓިކެޓްލިބޭނީ އޭރުންނޭ

    8
    8
  12. ޖޮނަތަން

    ކަންތަކާ ޖެހުނީ...

    11
    4
  13. ހަޔްރާން

    މަނިކުފާނުވެސް ތިސިޔާސީ އަޑުންފޮނުވާ ޕްރޮގުރާމްގަ ބައިވެރިވެވަޑައިގަންނަވަންތޯ ތީމިހާރު ދިވެހިރާއްޖޭގެއަޑު
    ކިޔަކަސް ސިޔާސީއަޑެއް ތިތާންގެ ޕްރޮގުރާމްތައް ހުންނާނީ
    ސިޔާސީވެފަ ތީމިހާރު ދިވެހިރާއްޖޭގެ ސިޔާސީއަޑު

    11
    2
  14. Anonymous

    ކުރީގެ ރައީސު ޑރ ވަހީދު ތިޔަ ނިންމެވީ ވަރަށް ހިއްވަރު ގަދަ ރަގަޅު ނިންމުމެއް މަރުހަބާ، މަނިކުފާނަކީ ވަރަށް ޤާބިލް ބޭފުޅެއް !

    18
    6
  15. ޔަޤީން

    ބަލަ ވަހީދު އެވިދާޅުވަނީ ޕްރައިމަރީއެއްބާއްވައިގެން ކޯލިޝަނުން އެދެފިއްޔާ ކުރިމަތިލާފާނެކަމައް މާނައަކީ އެމަނިކުފާން ރައީސްކަމައް ކުރިމަތިލައްވާކައް ބޭނުންފުޅެއްނޫނޭ އަޅުގަނޑު ޤަބޫލުކުރާގޮތުގަ ޕްރައިމަރީއެއްބާއްވާކައް ނުޖެހޭނެ އިންޝާﷲ ދެހާސްތޭވިހުގައޮންނަ ރިޔާސީއިންތިޚާބުގަ ރައީސްޔާމީން ވާދަކުރައްވާ ކާމިޔާބުކުރައްވާނެ ދެންމިހެންބުނެގެން ފުެްމާބަޔަކު ފުންމަންވީ އުދުހޭބަޔަކު އުދުހެންވީ

    16
    5
    • ޢައްލާބެއްޔާ

      ތިޔަޕާޓީއަކުނެތް ކަމުދާ އެކަކުވެސް ރައީސްކަމަށް ގެންނަން. ޢެހެންނޫނަސް މާލެއަށް ނަންއޮތް އެކަކުވެސް ބަލައެއް ނުގަންނާނަން. މިފަހަރު ބޭނުމީ އައްޑޫމީހަކު ރައިީސްކަމަށް ގެންނަން. ޢެމްޑީޕީ އިން ވެސް މިކަމަށް ވިސްނަވާނެ ކަމަށް މިބަލަނީ.

  16. ނަގުލު ފިއްތި

    ދެން ފެންނާނެ ބޮޑު މަންޒަރަކީ ވަހީދަށް ދައުވާކުރުން މީ ޔަޤީން ކަށަވަރު ކަމެއް.

    10
    2
  17. ޙ

    ހަޑި ހުތުރު ޖަނަވާރުގެ ނަމުން މީހުނަށް ނަންނުދެއްވާ. މިހާރައްވުރެ ވަހީދުވެސް ރަނގަޅު ވާނެ. ޤާބިލްވާނެ. ޔާމީނަށް ކުރިމަތި ނުލެވޭނެކަމަށް ވަންޏާ އެކޯލީ ޝަނުން އެންމެ ރަނގަޅުވާނެ ކަމަށް ފެންނަނީ ރައީސްކަމަށް ޣައްސާނު.

    9
    3
  18. އެންދެރި

    ވެރިކަން ބޭނުންވެގެން ޕާޓީ އަށް އައި މީހެކެވެ. ޔާމީނާ ދެކޮޅަށް ވެސް ވެރިކަން ހޯދަން ނިކުތެވެ.