ރާއްޖޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްް މިސްކިތްތަކުގެ ޖަމާއަަތްތައް މެދުކަނޑާލުމާއި ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޭ ލަފައާއި އިރުޝާދަކީ "ބާތިލް" ބުނުންތަކެއްގެ ގޮތުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ސިފަކުރައްވައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރުމަށް އިސްލާމިކް މިނިސްޓްރީގައި އެޗްޕީއޭއިން އެދިފައި ވަނިކޮށް އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިސްކިތަށް ނަމާދަށް ދާ މީހުންގެ ފަރާތުން ކޮވިޑް ފެތުރޭ ކަމަށް އެޗްޕީއޭގެ އެއްވެސް ދިރާސާއަކުން މިހާތަނަށް ދައްކާފައި ނުވާ ކަމަށް އިޔާޒް ވިދާޅުވިއެވެ. އެހެންކަމުން ގައިދުރުކޮށް ތިބެ ނަމާދުކުރުމަށް ބުނާ ބުނާމާއި މިސްކިތްތަކުގެ ޖަމާއަތްތައް މެދުކަނޑާލުމަށް ބުނެ އެޗްޕީއޭއިން ބުނާ ބުނުމަކީ ދީނީ ގޮތުން ބާތިލް ބުނުމެއް ކަމަށް އިޔާޒް ވިދާޅުވެފައިވެއެވެ.

އޭނާ ވަނީ މިސްކިތްތައް ބަންދު ކުރާނަމަ، މިސްކިތަށް އަރާ ފައިބާ މީހުންގެ ސުންކު ވަކިތަރުތީބެއް ނެތި ނަގައިގެން މިސްކިތްތައް ބަންދުކުރަން ޖެހޭ ސަބަބު ހެއްކާއި އެކު ސާބިތުކޮށްދިނުމަށް އެދިފައެވެ.

"މިސްކިތްތައް ބަންދުކޮށްގެން ނޫނީ އެބޭފުޅުންނަށް ކޮވިޑް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވޭ. މިސްކިތަށް އަރާ މީހުންގެ ފަރާތުން ކޮވިޑް ފެތުރޭ ކަމަށް އެޗްޕީއޭގެ އެއްވެސް ރިސާޗް އަކުން ފެންނަން ނެތް ހިނދު، ޖަމާއަތް ހުއްޓުވަން ނުވަތަ ގައިދުރުކޮށް ތިބެ ނަމާދު ކުރަން ބުނާ ބުނުމަކީ ބާތިލް ބުނުމެއް. ކުޑަ މިނުން ރެންޑަމް ސާމްޕަލް ނަގައިގެންވެސް ޕްރޫފް ދައްކަވާ" އިޔާޒް ކުރައްވާފައިވާ ޓްވީޓެއްގަައި ވެއެވެ.

ކޮވިޑްގެ ހާލަތު އައްޑޫއާއި ފުވައްމުލަކު ސަރަހައްދުގައި ބޮޑުވުމާއިއެކު އެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަނީ މަނާކޮށްފައެވެ. އަދި މާލޭ ސަރަަހައްދުގައި ކޮވިޑްގެ ހާލަތު ބޮޑުވަމުން ދިޔުމާއިއެކު މިހާރު މިސްކިތްތައް ބަންދުކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު މިކަމާއި ގުޅިގެން ދީނީ އިލްމްވެރިން ދަނީ ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުންނެވެ،

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޖަނާޒާ

  ޢިބްރަތުލްއެމްޑީޕީގެ 24 ވަނަ އެޕިސޯޑް!

  11
  2
 2. ޖަޒީރާ ވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  ތިބޭފުޅުން ގެނާ ބާތިލް ލާދީނީ ސަރުކާރު އީސީ ކުދިންނާ ގުޅިގެން.

  20
  2
 3. ކޯމަސްބިޔުޓީ

  އެހެންވެގެން ނޫންތޯ ޑރ އިޔާޒުމެން މިފަދަ ބާތިލު އިސްލާމު ދީނަށް ހަޖޫޖަހާ ސަރުކާރެއް ކުރިއަރުވަން ތި މަސައްކަތްކުރަނީ. މޮޅު ވާހަކަ ދެއްކިޔަކަސް ކަމަކު ނުދާނެ. ޢަމަލުން އެކަންކަން ނުދައްކަންޏާ. މާދަމާ ބުނާނެ މި ސަރުކާރުންނޭ އިސްލާމްދީން ކުރިއަރުވަން އެންމެ މަސައްކަތްކުރަނީ. އެއީ އިޔާޒުމެންގެ ފެންވަރު. ދެދުވަހު އެކައްޗެއް ނުކިޔާނެ. ހުސް ތިޔަކަހަލަ ޖީބު ބޮޑުކުރަން އުޅޭ ޝޭހުން

  18
  • ދީނޭދީނޭޤައުމޭޤައުމޭ

   ދެ ނުބައި އޮވެއްޖެ ނަމަ ކުޑަ ނުބަޔަށް ދާން އޮންނަނީ.. މިއަށްވުރެއް ނުލަފާ މައްކާރު ލާދީނީ ބައެއް ބޭރުކުރީ.. އެއީ ކޮންމެ ގޮތަކަށް ވެސް ފައިސާ ފޮއްޗެއް ލިބިއްޖެ ނަމަ ހުއްދައޭ ފާޅުގަ ގޮވި މީހުން.. ބެންކޮކު ކަސަބީންނަށް ލާރި ދީފަ ކުރާ ކަމަކީ ހިލޭ އަންހެނުން ގާތަށް ދިއުން ނޫންކަމަށް ގޮވި މީހުން.. ތިމާ ޕާޓީއަކީ ނޫހުގެފާނުގެ ނާކޮޅޭ ބުނި މީހުން މާތްﷲގެ ދެވަނަ ދަރިންތިބޭކަމަށް ގޮވި މީހުން.. އޮރިޔާން ނާޗަރަންގީންނަށް ލާރި ދީގެން އޮރިޔާން ޑާންސް ކުރުވި މީހުން.. އެހާ ލާދީނީ ބައެއް އޭރު ބޭރު ކުރީ މިއަދި ކުޑަވަރެއް އެއާ ބަލާފަ

   3
   9
 4. ސސ

  އެޗްޕީއޭ އަކީ ޑަބުލިއުއެޗްއޯގެ ޔަހޫދީން އަޑީގައި ތިބެގެން ބިން ފަސާދަ ކުރަން ހިންގާ ޖަމާއަތެއް !

  12
  2
 5. ބާތިލު

  އިޔާޒަކީ ވެސް އުފެދުމުގަ ވެސް ބާތިލު ނަޖިހެއް..

  8
  3
 6. އިއްސޭ

  ތިހިރަޖައްބާރު،ޖާހިލު،ހަސަދަވެރި ދައްޖާލު

  7
  1
 7. އަޙްމަދު

  މިސްކިތްތަ ބަންދު ކުރަންވީ ނޫނީ ކޮފީ ބޮން އެތިބޭތަންތަންތޯ! ﷲގެ ގެކޮޅު ބަންދު ކުރުމުގެ ބަދަލުގައި ކޮފީތަކުގައި ބޭކާރު ވަގުތު ހޭދަކުރާމީހުން ހުއްޓުވާބަލަ، މަގުތަގުތަގުގެ ތިޔާގިކަން ހުއްޓުވާބަލަ! އެޗްޕީއޭގެ އެންގުންތަކާ ޙިލާފުވާމީހުން ހުއްޓުވާބަލަ! ސިޔާސީ ހަސަދަވެރިކަމާ އެއްވުންތައް ހުޓުވާބަލަ!

 8. މަހޭޝް

  މަ ބިއްލާހުވޭ ތައްޓަން މައުމޫނު މާ މުޅަވެންނޭ. މައުމޫނު ބޮނީ އެއްތަކަ އަހަނަ ގަބޫލަ ކެރަންނޯ.
  1 މުޙައްމަދު ރަޝީދު އިބުރާހީމް
  2 މައުމޫނު އަބުދުލް ޤައްޔޫމް
  3 އުސްމާނު އަބުދުﷲ
  4 އިބުރާހިމް ޒަކަރިއްޔާ މޫސާ
  5 މުޙައްމަދު ޖަމީލު
  މި ބޭ ބޭފުޅުން ވަރެއް ނުވާނެ. ކަލޭމެން އެކައްޗެއްވެސް އެނގިގެން އުޅޭ ގޮތަކަށް ނޫން ތިއުޅެނީކީ އެއް ކޮބާ މައުމޫނު ބުނާހެން ދުލުގެ އިއްފަތްތެރިކަމަކީ. ތިއީ ފަސާދަ

  2
  1
 9. ޙހބ

  ލާދީނީ ފިކުރުގެ ވެރިންނައް އުފާވެރި ހަބަރަކައް ވާނެ. މިސްކިއް ތައް ފުރާލަ ދެއްވާ އެޕީއޭ އައް ނޫނެކޭ ބުނަނ. ﷲ ގެ އިޒުނައެއް ނެތި ވައިރސް އެއް ކީއްކުރަން މަރު ވެސް އަޅަމެންނާ ބައްދަލެއް ނުކުރާނެ.

  3
  1
 10. އަބްސީ

  ރޯދަމަހަށް ތައްޔާރު ވަނީތި. ޓްއަރިޒަމް ބަންދު ނުކޮށް ޤައުމަށް ވައިރަސް އެތެރެކޮށް، ހުރިހާ އުދަގުލެއް ރައްޔިތުންނަށް، މިވެރިކަމުން ސަލާމަތް ކުރެއްވުމަށް އެދި ﷲ އަށް ދުޢާކުރަން. އާމީން

  5
  2
 11. ހުސޭނު

  މިލާދީނީ ބައިގަނޑު ކޮންމެ އަނހަރަކު ރޯދަމަސް ކައިރިވާއިރައް މިސްކިއްތައް ބަންދުކުރަން މިތެޅިގަންނަނީ ކީއްވެގެންތަ މިމީހުންނައް ހީވާކަހަލަ މިކޮވިޑެއް މިފެތުރެނީ މިސްކިއްތަކުންނޭ އަޅެ ކަލޭމެން ކޮވިޑުޖެހެނީ މިސްކިއްތަކުންތޯ ބަލާލަން އެއްފަހަރުވެސް މިސްކިތައްއަރާ ނަމާދުކޮއްލަބަލަ

  5
  1
 12. ދިވެހިމީހާ

  ބޮޑު ބަލިމަޑުކަމެއް ފެތުރެމުން އަންނަ ދުވަސްވަރެއްގަ ޢިލްމުވެތިޔަކު ތިހާ ޖާހިލުވީމާ އާންމުން ދެން ކުރަންވީ ކޮންކަމެއްބާ؟ އިސްލާމްދީނަކީ ހަރުކަށިދީނެއްނޫން!