އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އޭނާއާ އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ މިއަދު އެވެ.

އޭސީސީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ހަބީބް އާ ގުޅޭގޮތުން ހުށަހެޅުނީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

ހަބީބާއި ގުޅޭގޮތުން ހުށަހެޅި އެ މައްސަލައަކީ، އޭނާ އާ ގުޅުން އޮންނަ ހައްޖު ގުރޫޕެއްގެ ފޮތްތަކެއް އީސީގެ ޕްރިންޓަރާއި މުވައްޒަފުން ބޭނުންކޮށްގެން ޕްރިންޓް ކުރި ކަމަށް ބުނާ މައްސަލަ އެކެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ މައްސަލަ މިއަދު ހުށަހެޅުމުން އެ އަޮންނަ އުސޫލުގެ ތެރެއިން ރަޖިސްޓަރކޮށް މައްސަލަ ކުރިއަށްދާނެ އެވެ.

އީސީގެ ނައިބު ރައީސްއަކަށް ހަބީބް އިންތިހާބުކޮށްފައި ވަނީ، ޖެނުއަރީ 25 ވަނަ ދުވަހު އެވެ.

އީސީގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު އަކްރަމެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ހަބީބް އެ މަގާމަށް އިންތިހާބު ކުރިއިރު، އޭނާއަކީ ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރުކަން ފާހަގަކޮށްލަން ޖެހެއެެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުހުހ

    ބިތުފަންގި

    18
  2. ލޯލޯ

    ކޮބާ ޖިންސީ ފުރައްސާރައިގެ ވާހަކައެއް ނެތްތ÷؟

    18
  3. ކުރާނެ

    ކޮބައި ކުރިން 2008 ގައި މަހަކަށް 50،000 ރުފިޔާ ގެ އޯޓީ ކިތައް މަސްވަންދެން ޖެއްސި

    15
  4. މާޟީ

    ހުސްވަގުންނޭ އަހަރެމެން މިބުނަނީ..

    19
  5. މުހަންމަދު

    އިރާދަ ކުރެއްވިއްޔާ، 2018 ގެ ރިޔާސީ އިންތިޚާބުގަ ޝަރީފު ނެގި ފައިސާގެ މައްސަލަ ބެލޭނެ ދުވަހެއް އަދި މާތްﷲ ދައްކަވާނެ.

  6. އިބްރާޙީމް

    ޢައްތައިސީރުހައްޖުގުރޫޕު

  7. ޅަބޭ

    ނުމޮށޭ ގުރާ ހިންގާލި ޖަރީމާދޯ.. މިފަހަރު ކަލޮއައް ހަދަންވީގޮތް އިނގޭނީ ކެނެރީގޭ ނަޝީދައް!

    6
    1
  8. ހިލް

    ހަބީބު ތިޔައީ މައު މޫނުގެ މީހެއް އެ މް.ޑީ. ޕީ އަށް ނުރައްކާވާނެ މީހެއް އަވަހަށް ބޭރު އަރުވާލާ.

  9. ާއައިޝާ

    ތިޔަ ހަބީބް އީސީގެ މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކާވެސް ހަދާ. ޥަޒީފާތަކަށް އޭނަަ ބޭނުން މީހަކު ނަގަން ނުފޫޒުފޯރުވާ ވާހަކަވެސް އެތާއުޅޭ ކުދިން ކިޔާ

    4
    1
  10. ޙ

    ހަބީބު އަގައިގަ ބުޅި އެޅުވީ އެ. ރުހުނަސް ނުރުހުނަސް ލޯކަލް ކައުންސިލް އިންތިހާބު ނަގާނެ ކަމަށް ބުނި ބުނުން ހަޤީގަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުން އެޅުވި ބުޅިއެއްތީ. ބުޅި ނައްޓަން ބޭނުމިއްޔާ އިންތިހާބުނަގަން އެހީތެރިވެދީ ނޫނީ ހުސްބުޅީގަ ބާނާލާނެ. ރައްޔިތުންނޭ ވިސްނާ ފިކުރުކުރޭ. ކޮންމެ ކަމެއް އޯކޭ ނުކުރޭ ...

  11. ޙަކީިމުހާަނިމު

    އީސީގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު އަކްރަމެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ހަބީބް އެ މަގާމަށް އިންތިހާބު ކުރިއިރު، އޭނާއަކީ ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރުކަން ފާހަގަކޮށްލަން ޖެހެއެެވެ.ދޮގެ..މމހުސު ދޮގު

  12. އަލިބެއްޔާ

    މި ސަރުކާރުން ނުކެރޭނެ ފިޔަވަޅު އަޅަން.. އެންމެން ގުޅިގެން ގެނައި ސަރުކާރެއް.. އެންމެން ގުޅިގެން ވައްކަން ކުރުމުގައި.. ރައްޔިތުންނަށް ހުރިހާ ދެރައެއް..