ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަރަށް މަދުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ މަޖިލިހުގެ މަސައްކަތްތައް މަދުވަނީ ސަރުކާރުން ފޮނުވަން ޖެހޭ ބިލްތައް ނުފޮނުވާ ހުރުމުން ކަމަށެވެ.

އަދި މަޖިލީހަށް ފޮނުވަން ހުރި ގިނަ ކަންކަމަކީ ފައިސާއާ ގުޅުން ހުރި ކަންކަމަށް ވުމުން އެފަދަ ބިލްތަކުގެ މަސައްކަތް ކުރެވޭނީ ސަރުކާރަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުގެ ބަންޑާރަ ނައިބު އާ އެކުގައި އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަށް ލިބެން ހުރި ބިލްތަކަކީ ކޮބައިތޯ ސާފު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ މަސައްކަތް ވަރަށް މަދު ވެއްޖެ. އެއީ މަޖިލީހަށް ބިލްތައް ލިބެމުން ނުދާތީ. މަޖިލީހަށް ލިބިފައިވާ ބިލްތައް ސުންގަޑި ކަނޑައެޅި އެ މަސައްކަތްތައް ކޮމިޓީތަކުގައި ހިނގަމުން އެބަދޭ. މަޖިލީހަށް ފޮނުވާފައިވާ ބިލްތައް ކޮންމެ ދައުރެއް ފަށާއިރު އެ ދައުރަަކަށް ސަރުކާރުން ފޮނުވާނެ ބިލްތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ. މި ދައުރުގައި ވެސް ލިސްޓު ވަނީ ލިބިފައި. ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ވަނީ ނުލިބި." އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ވަޒީފާ އެއް ނެތް މީހުންނަށް އިނާޔަތެއް ދިނުމުގެ ބިލުގެ މަސައްކަތް އަވަހަށް ހިންގުން އެއީ ސަރުކާރުު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން އަވަހަށް ކުރަން ބޭނުންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ މަސައްކަތްތައް އަވަސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާ ބަައްދަލުކޮށްގެން އެފަދަ ކަންކަން ކުރަން ޖެހޭ ކަމަށާއި ބޭނުންވާ މިންވަރަކަށް ކަންކަން ނުވާ ނަމަ އެކަމާ ރައްޔިތުން ކަންބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އާދަނު

    ދެ ރޮނޑު މިތިބަ ގާކަނީ!

    13
  2. ފިކުރީ

    މަޖިލިހުގެ ރައީސް ނުވަތަ އެމްޑީޕީން ބިލްތައް ތައްޔާރުކޮށްފައި މަޖިލިހަށް ހުށަޅަންވީ ނޫންތޯ؟

    14
  3. ފުވައްމުލަކު ޒުވާންޖީލު

    ސަރުކާރުންބިލްނުފޮނުވާތީ ސަރުކާރުގެ އިތުބާރުނެތްކަމަށްފާސްކުރަންވީނޫންތޯ؟؟

  4. ހައްޤުބަސް

    ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް، ހުސްވީމަ ދެން ފޮނުވަންޖެހޭނެ ބިލެއް އޮންނާނެތޯ؟

    10
  5. އަސްލު

    ކުރާނެކަމެއްނެތިއްޔާ އެމްޑީޕީ ނޫން ހުރިހާ ވަޒީރުން ވަކިކުރެވޭތޯ ބަލާބަލަ...

    7
    1
  6. ގާދިރު

    ދެން ތިތަން ބަންދު ކޮއްފަ މުޅި މާލެ އެއްކޮށް ފުރަބަންދު ކޮށް މި ރޯގާ މިތަނުން ނައްތާ ލެވޭތޯ ބަލަންވީނު މިހާރު ކުދި ވިޔަފާރިވެރިން މިތިނެނީ ހަލާކުވެ ދެންވާނެ ގޮތެއް ގެ އުންމީދުގަ...... އޭގެ ބަދަލްގަ ތަންކޮޅެއް ގޮއި ދޫކޮށް ރައްޔިތުނައްޓަކާ މި ބަލިމަޑުކަމާ ހަނގުރާމަ ކޮށްދީބަލަ

  7. ސސ

    ބަލަ ނަޝީދު ބުނި ނުންތޯ މަޖިލިސް އަށާއި މަޖިލިސް މެމްބަރުންނަށް ވެސް ބިލު ހުށަހެޅޭނެޔޭ، އެހެން ވީމާ ތިބޭފުޅުން އަމިއްލަޔަށް ބިލު ހުށަހަޅައިގެން މަޖިލިސް މަސައްކަތް ގިނަކުރަންވީ ނުންތޯ ؟

  8. އަހުމަދު

    ގަވާއިދަކީ އަބަދު ހަދަންޖެހޭ އެއްޗެއްތަ. ގައުމު ހިންގަބަލަ ކަމެއް ނެތިއަޔާމުން. ޓްރާސް ޕޯޓްއަށް ގޮއްސަ ލައިސަންސް ދޫކޮށްބަލަ