ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސްގެ ގޮތުގައި 500ރ. ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ވެސް ނިންމާފައި ވަނީ މެޖިސްޓްރޭޓުންނަށް 500ރ. ގެ ފޯން އެލަވަންސްގެ ގޮތުގައި ދިނުމަށެވެ.

އެކަން މަޖިލިހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.