ރާއްޖޭގެ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ސުނީ ސްޕެޝަލް" އިން ކުޑަކުދިންނަށް ހާއްސަކޮށްގެން މަދާސް ޗޮއިސް ބެއިބީ ކެއާ ކޮކޮނަޓް އޮއިލްގެ ނަމުގައި ކާށި ތެލެއް ނެރެފިއެވެ.

ސުނީ ބުނީ ގިނަ ބައެއްގެ އެދުމުގެ މަތީން ނެރުނު އާ ކާށި ތެލަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެއް ފުޅިއަށްވުރެ ގިނައިން ގަންނަ ނަމަ މާލެ އަދި ހުޅުމާލެ އަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭ ކަމަށް ސުނީ ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން އަލަށް ނެރުނު ކާށި ތެޔޮ ތައްޔާރުކުރަނީ ސުނީގެ މަންމައެވެ. މި ކާށި ތެޔޮ ތައްޔާރު ކުރަނީ އއ. އުކުޅަހުގައެވެ. ސުނީގެ މަންމަ އެ ތައްޔާރުކުރުމުން މާލެ ގެނެސް ކާށި ތެޔޮ ސާފުކޮށް ވިއްކަނީ ސުނީ ކަމަށް އޭނާ ބުންޏެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި 23 އަހަރަށްވުރެ ގިނަ އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ސުނީ ފުރަތަމަ ކާށި ތެޔޮ ނެރުނީ 2018 ވަނަ އަހަރުގައެވެ. މެދުކެނޑުމެއްނެތި މިއަދާއި ޖެހެންދެން އައްފޯރާ ފަށުގައި ކާށި ތެޔޮ ވިއްކުމުގައި ސުނީ އުޅޭއިރު އޭނާ ބުނީ އެކަމުގައި އެންމެ ބޮޑަށް އެހީވަނީ އޭނާގެ މަންމަ ކަމަށެވެ.

އަލަށް ނެރުނު ކާށި ތެލަކީ ވެސް ކުރިން ނެރުނު ކާށި ތެލާއި އެއްގޮތަށް ސަތޭކަ އިންސައްތަ ސާފު ތެލެއް ކަމަށް އޭނާ ބުންޏެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރުނު ކާށިތެލުގެ އަގަކީ 65ރ. އެވެ. "ސުނީ ސްޕެޝަލް" ކާށިތެލަކީ އެއްވެސް ކަހަލަ މެޝިނެއް ބޭނުން ނުކޮށް ތައްޔާރުކުރާ ކާށި ތެލެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕުޗުސް

    ސުނީ އަޅާ ނުލާތި މީހުން ކުރާ މަލާމާތައް. މިތާ އުޅޭ މީހުން ވަރަށް ފަސޭހައިން ޖޭ ވާނެ. ސުނީ ތީ ހަމަ އެންމެ ބެސްޓް.

    11
    2
  2. 789ޏ

    ގްރޭޓް

  3. ސުނި

    ސުނީތެޔޮ

    4
    1
  4. ރެޓޭ

    ސުނީތާ މަންމަބެ ބްރޭންޑެއްނު ތިޔައީ.

    • ސަރާ

      މަންމަ ހުހިރިހާ މަސައްކަތެއް ކު ރީމަ މެޑެލް ޖަހަނީ ސުނީތާ ވަ ރަށް ރަގަޅު

  5. ޝީޒާ

    ކާށިތެޔޮ ވަރުގެ ތެލެއް މަދުވާނެ. ފަންގަލް އިންފެކްށަންތަކަށްވެ ވަރަށް ބަރާބަރު ތެލެއް

  6. ތޮރާ

    އެކަނިވެރި ފިރިހެނުންނަށް ތެލެއް ތައްޔާރު ކޮށްދީބަލަ

    5
    3
  7. ބޮނޑި ބަތް

    އަހަރެން ވެސް ބޭނުން ކުރާނީ ސުނީ ތެޔޮ

  8. ސަޓޯ

    ކޮން ސުނީ ސުޕެޝަލެއްތަ ؟؟

  9. ސޮއްބެ

    ސޮނިތެޔޮ