ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރެއްވި މައްސަލާގައި ކުރީގެ ބަންޑާރާ ނާއިބު ދިޔާނާ ސައީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަލީހަށް ބިރު ދެއްކި ކަމަށް މަލީހު ވިދާޅުވުމާ ގުޅިގެން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މަލީހް "އޮއްގާ" އުއްކަވަނީ ނުބައި ރައީސަކަށް ކަަމަށެވެ. ދިޔާނާ ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ކެބިނެޓުގައި މަލީހް އިންނެވި ނަމަ އޭނާ ސަލާމަތް ކުރަން ހުރިހާ ގަލެއް ފުރޮޅާނެ ކަމަށެވެ.

މި މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަންތައް ކުރައްވާފައި ވަނީ ހުތުރުކޮށް ކަމަށާއި، ވަޒީރަކު ކަމުނުދާ ނަމަ ވަކިކުރަން ވާނީ ރީތިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުން "ނޮޅަން" ދޫކޮށްލުން ގޯސް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާއާ ޚިލާފުވެފައި ކަމަށެވެ. އެ މާއްދާގައި ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެހެން މީހަކު ދައްކާ ވާހަކައަކާ ގުޅިގެން ނޫނީ ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގައެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މަޖިލީހުގެ މެންބަރުން އޭނާއަށް ބިރު ދެއްކުން ގޮތުގައި ސިފަކުރައްވައި އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވިއެވެ. އެކަމާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ފޮނުވަން ރައީސް ނަޝީދު ނިންމެވިއެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއެވެ.

އެންމެ ފުރަތަމަ މަލީހްގެ އިތުބާރު ނެތް ކަމަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްންނެވެ. އޭރު ފާސްކުރީ މަލީހްގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދެންނެވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ދިޔާނާ އަހަ ރެން ތިކަމުގަ އެއްބަސް..އިބު ރާހިމުގެ ނަން ކިޔަންނުކެ ރިގެން މަލީހު ހު ރިހާ ރުޅިއެއް ރނަޝީދަށް ބާލަނީ..އަސްލަކީ ދެމޫނުގެ ވެ ރިޔާ އިބު ރާހިމުގެ ނުބައިކަން..

    12
    2
  2. ހަޤީޤަތް

    ރައްޔތުންގެ ވޯޓުން ރައީސްކަމަށް ހޮވީ ސޯލިހު. މިހާރު މިރާއްޖޭގެ އަމުރުމައުރޫފު ވެރިޔަކީ ރައްޔިތުންގެ މަޖިިލީސްގެ ރައީސް މުހައްމަދު ނަޝީދު. އޮޅިގެން ވެސް މަލީހް އޮއްގާ އުކަނީ ރަގަޅު ދިމާލަށްކަން ދިރާސާއިން އެބަދައްކާ

    15
  3. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    8
    4
  4. ދަރަނި ދަންތުރަ

    ކެނެރީގޭ ނަސީދަކީ މިގައުމުގެ ހަލާކު

    15
    2
  5. ރަސް

    ދިޔާނާ އަކަށް ނޭނގޭނެ މަލީހް އޮއްގާ އުކާނެ މީހެއް. ޖާބިރަށް ތި ޚިޔާލު ދިނުން ރަނގަޅު.

    3
    2