އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ އަންނާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު މިއަދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އަނަސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތައް ތަންފީޒު ކުރާއިރު ހުޅުމާލެ އޮންނާނީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި ކަމަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލްޓީ ޚިދުމަތްތައް ވެސް ފޯރުކޮށްދޭނީ ސިޓީ ކައުންސިލްގެ ފަރާތުން ކަމަށް އަނަސް ވިދާޅުވިއެވެ. އެކަމަށް ވައުދެއް ވަކިން ވާން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްތައް ދޭނެ ގޮތެއް އެމްޑީޕީ ނޫން ބަޔަކަށް ނޭނގޭނެ ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމުނު ފަހުން އައި ދެ ސަރުކާރުގައި ވެސް ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް ލާމަރުކަޒީ ބާރުތައް ސަރުކާރުގެ ކެބިނެޓްގެ ތެރެއަށް ގެނެވުނު ކަން އަނަސް ފާހަގަކުރެއްވިއެވެ. އެކަމަކު އަނެއްކާ ވެސް އެމްޑީޕީގެ ސަރުކާރެއް އައިސް ނިޒާމު ހަރުދަނާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނަސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ވަރަށް މުހިއްމު ކަމަށެވެ. ސަބަބަކީ އެމްޑީޕީއަކީ އަބަދުވެސް ބާރުތައް ވަކިން ހިނގަން ޖެހޭ ކަމަށް ގަބޫލު ކުރާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލްތަކަށް ދެވިފައިވާ ބާރުތަކެއްގެ ތެރެއަށް އެމްޑީޕީގެ ބާރު އޮތް ސަރުކާރާއި އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަންނަން ބޭނުން ނުވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ ބާރުތައް ވަކިން ހިނގަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ޕާޓީއެއް. ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ލިބުނު ނަމަވެސް ލާމަރުކަޒީ ބާރުތަކުން ކުރަން ޖެހޭ ކަންކަން ސަރުކާރާއި މަޖިލީހުގެ ތެރެއަށް ގެނެސްގެން ކުރުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން." އަނަސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ހިއްކަން ފެށިއިރު، އެޗްޑީސީގެ ނަމުގައި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ހުޅުމާލެ ހަމަޖެއްސިއެވެ.

މައުމޫން ވެރިކަމުގައި ކަނޑައެޅި އެ ސިޔާސަތުގެ ސަބަބުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ތަންފީޒުކޮށްފައިވާއިރު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ދަނީ ތަންފީޒު ކުރަމުންނެވެ.

މި ގޮތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން އެޗްޑީސީގެ ދަށުގައި ހުޅުމާލެ އޮންނާތީ ފާޑުވިދާޅުވާތާ ދުވަސްތަކެއް ވެފައިވަނިކޮށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވެސް މިހާރު އެ ކަން ބަދަލު ކުރަން ތާއީދު ކުރައްވާ ވާހަކަ ދައްކަވައެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ހޯހޯ

  ،މޮޅުއެއްޗެއް ބުނެލީ ރައްޔިތުންގެ ބޯލަން
  އެމްޑީޕީ އަށް މިފަހަރު ނޫނެކޭ ބުނާނީ

  41
  1
 2. އަޑަފި

  ކައުންސިލްގެ ބާރުތަކުގެ ތެރެއަށް ކުރިންވެސް ސަރުކާރުތަކުން ވަދެފައިވަނީ ސަރުކާރުގެ ހިންގާ މަސްރޫއުތައް ހިންގުމަށް ކައުންސިލްތަކުން ދުއްތުރާ ކުރާތީއެވެ. އޭގެ އެއްބަޔަކީ މާލެ އާ އައްޑޫ ސިޓީ ކައުންސިލެވެ.
  އެމްޑީޕީ އަކީ ތިޔަބުނާ ގޮތައް ބާރުތައް ދޫކުރާ ބައެއް ކަމަށްވާނަމަ ލާމަރުކަޒީ ޤާނޫނާ އެއްގޮތައް ކައުންސިލް ހިންގުމަށް ރައްޔިތުން އައްޔަނުކުރާ ކައުންސިލްތަކަށް ބާރުތައް ދޫކުރަން ކެރެންވާނެއެވެ. އެމްޑީޕީގެ ކައުންސިލެއް ނެތިއްޔާ ބާރުތައް ހިފެހެއްޓުމުގެ ވިސްނުން އެމްޑީޕީ އާ އަނަސްގެ ކިބައިގަ ހުރިކަން ވާހަކަތަކުން އެބަ އެނގެއެވެ.

  15
  1
 3. ނަމަ

  އަނަސް ބުނިއަސް ހާދަހީނުވެއޭ

  10
  1
 4. މުނާ

  ރައްޔިތުން ނޫނެކޭބުންޏަސް އީސީ އޮތީ އެގޮތަކަށްނޫންކަން ކަލޭމެން ދަންނަންވާނެއެވެ. އީސީގެ ފުލް ކޮންޓްރޯލް އޮތީ އަޅުގަނޑުމެން އެމްޑީޕީ އަތުގަ އިގޭތޯއެވެ؟

  8
  3
 5. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  އެމްޑީޕީ އެއްޗެހިންނަކީ ގައުމުގެ ހަލާކު

  17
  2
 6. މާލެ،

  ސިޓީކައުންސިލްގެ ޒިންމާދާރުކަން ބޮޑުއެކަމް ޒިންމާ އަދާ ނުކުރެވޭ، އަމަލާ ބަހާއި ދިމާނުވޭ، ދޯދިޔާކަން އެހާބޮޑު، ތިބަޔަކާއި ހަވާލުވެއްޖެޔާ ހުޅުމާލެއަށް ވާނެ ގޮތަކާއިމެދު ބިރުބޮޑު.

  16
  1
 7. ޢަނަސް

  ޙުޅުމާލެ ވެސް އަދި ވިލި މާލެ ވެސް އެއްކޮށްލީމަ މި ވަނީ ލާމަރުކަޒީތޯ ނުވަތަ މަރުކަޒީތޯ އަނަސް އަށް އެނގޭބާ؟ ބާރުތައް ވަކިކުރަން ވަކާލާތު ކުރަނީ އެކަމަކު ދެންވެސް ވަކިން އޮތް ތަނެއްވިއްޔާ ގެނެސް މުށައްލެވޭތޯ މިބަލަނީ..

  15
  1
 8. ހުސޭނު434345

  ތިއީ ހުޅުމާލޭގެ ހަލާކު. އަދި މާލޭ ރައްޔިތުންނަށް އަޅާނުލުމުގެ އާ ބޮޅެއް. ފުރަތަމަ މި މާލެ ހައްލުކޮށްފައި ދެން ހުޅުމާލޭ ވާހަކަ ދައްކަބަލަ

  17
 9. Happy

  ޢަނަސް ކަލެއަށް މާލެ ސީޓީއަށް ކޮށްދެވިދާނެ ކަމެއް ބުނެބަލަ!!ކޮބާ ގޯތި... ކޮބާ ފްލެޓް؟؟!

  15
  1
 10. ޖަނާޒާ

  ތިޔަ ވަނީ ލާމަރުކަޒީތޯ ! ބަ....ނު! ތިޔަ ކިޔާއެއްދިމައެއްނުވެއެއްނު!

  10
 11. ާރަބަރޭ

  ހުރިހާ ބާރުތައް ވަކިން ހިންގަން އެގޭތީތާ ހުރިހާ ބާރެއް އަންބޮޑިޔަށް ކަހާލާއިގެން ތިޔާއުޅެނީ
  ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  12
  1
 12. ލލ

  ހުޅުމާލެ އާއި ވިލި މާލެ އަކީ މާލެ ސިޓީގެ ބަޔެއް ވީމާ މިތަން ތަނުގެ މޮނިސިޕަލް ކަންކަން ކުރަންޖެހޭނީ ސިޓީ ޖައުންސެލުން އެޗްޑީސީ އަކީ ހުޅުމާލެ ޑިވޮލޮޕްކޮށް އިމާރާތާއި ހައުސިން ޕުރަޖަކްޓު ހިންގާ ކުންފުނި އަދި ރާއްޖެން ބޭރުގަޔާއި ރާއްޖޭގެ އެހެން ތަންތަނުގައިވެސް ހައުސިން މަޝްރޫޢު ހިންގިދާނެ ކުންފުނީގެ ފައިދާ އިތުރުކުރަން !

 13. ބުއްޅަބޭ ޖޫނިއަރ

  ރައީސް ސޯލިހުގެ ސަރުކާރަށް ދެއަހަރު ދުވަސް ވީއިރު ނުވިކަމެއް ކިހިނެތް ތޯ ދާނީ؟ ދުވެފަ ތޯ ދަނީ.