އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީ އޮންނާނެ ދުވަހެއް އިއުލާން ކުރާނީ އިދާރީ ކަންކަމަށް ފަހު ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބާއްވާނެ ދުވަހެއް، އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އިއުލާން ކުރާނެ ކަމަށެވެ.

https://twitter.com/anasabdulsattar/status/1589184760080916480?s=20&t=Pwf6VISmoKNKGEbib-FMOg

އަނަސް އެގޮތަށް ވިދާޅުވި އިރު، އަންނަ މަހުގެ ތެރޭގައި އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަން އެމަނިކުފާނު މާ ކުރިން ވެސް އޮތީ އިއުލާން ކުރައްވައިފައެވެ.

ރައީސް ސޯލިހާ ވާދަ ކުރައްވާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ނުކުންނަވާނެކަން އިއުލާނު ކުރެއްވުމާއެކު އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ވަނީ ރިޔާސީ ޕްރައިމަރީއަކާ ނުލާ އެމަނިކުފާނަށް ޓިކެޓް ދޭން ބަޔަކު މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި، އެހެން ކަންތައް ކުރައްވަނީ ނަޝީދަށް ރިޔާސީ ރޭހުން ފުރުސަތު ގެއްލުވާލަން ކަމަށް ވެސް އޭރު ބައެއް ބޭފުޅުން ތުހުމަތު ކުރެއްވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާ މި ދަނޑިވަޅަކީ ޕާޓީ ތެރޭގައި ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ފޭދޫ

    އިހުސާނު ފިހާރައިން މީހުން ނުނަގާ އެއްޗިއްސަށް އޮޅިގެންނޭ ކިޔާފަ ލާރިނަގާ ނެގުން ހުއްޓޭނެ ދުވަހެއްވެސް އިއުލާނު ކުރަންވީނުު.