އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އަނަސް އެ މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލު ކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އަނަސްއަކީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ބެޗަލަރ އޮފް ލޯސް އެލް.އެލް.ބީ (އޮނާރސް) ޝަރީއަރ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އަނަސް އަދާކުރައްވާފައިވަނީ ވަކާލާތު ޗޭންބާރސްގެ މެނޭޖިންގް ޕާރޓްނަރގެ މަގާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވެއެވެ.

މީގެއިތުރުން އަނަސްއަކީ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮއްޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ހިމެނެއެވެ. އަދި، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެޤްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އަނަސް އަށް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވި ނަމަވެސް، ބޮޑު ތަފާތަކުން އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙަލީމުސަރ

    ވަރަށް މޮޅު! ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީމަ އަނެއްކާ ބޮޑު މަޤާމެއް! ބަލަ ދައުލަތުގަ ނެތޭ ލާރިއެއް ތިސަކަރާތް ޖަހާކަށް! ތި ދާއިރާއިން މަތީ ތަޢުލީމާ ތަޖުރިބާ ހޯދާފައިވާ ކުދިން އެއުޅެނީ ވަޒީފާގަނޑެއް ނުލިބިގެން!

    30
    2
  2. ކުރިސް

    އަނެއްކާވެސް ހަރަދުކުޑަކުރުމުގެ އާފަތްފުށެއް

    27
  3. މާރިސާ

    އަންނިތިމާގެ މީހަކު ގަނެލީ ތިޔޮއް. ވިކުނީމަ ގަނެވޭނީ!

    22
    2
  4. ޜަނާ

    ޢަދި ޝިފާ އަށް ވެސް ތިޔަފަދަ މަގާމެ އް ދޭނެ.ބަލަދު އަރާފަ ތިބި މީހުން ވި އްޔަ. މަހިތަށް އަރަނީ ލަދު ހަޔާތް ކޮބާ ބާވަ އޭ މަތި ބަރު ސަރުކާރެކޭ ކިޔަ އިގެން ހަޅޭ އްލެވި އިރު.

    22
    1
  5. ސަނީމާ

    ހާދަ ފެންވަރު ދަށޭ ދެއްތޯ ؟؟ ޙެހެހޭ

    26
    1
  6. ރީތި މޫސަ

    ކީއްވެބާ ޝިފާއަށްނުދިނީ ހަމަގައިމު ތަޖުރިބާހުންނާނެ؟

    13
    2
  7. ވިއްޓޭ

    ބަހާލަނީ ދޯ

    22
    1
  8. ޙަދިސައިބު

    ލާރިނެތިގެން ދަރުބާރުގޭގަ އި އުޅޭ ވޮލަންޓިޔަރުންނަށް 5 މަސްވީ އިރުވެސް ނުދެވޭ

  9. ގަބޭ

    އަންނައަހަރު ޓީޗަރުންގެމުސާރަ ތިއޮތީބޮޑުކުރެވިފަ ދެންބާރައް އަތްޖަހަަ

  10. Anonymous

    މިކހަލަ ނާގާބިލް މީހުން ތަންތަނައް ލައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ރައްޔިތުންނާއި މި ދީނައް ޚިޔާނާތް ތެރިވި ބައެއް މިނޫނީ ނުދެކެން.

  11. ކުލޮ

    ފިނޭސް އިންދިނީ ބައްޕަ ވިޔަފާރި ވެރިޔަކައް ވީމަތޯ..