ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ފަދަ ސިޔާސީ ބޭފުޅުން އިސްވެ އުފައްދަވާފައިވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ދިވެހި ގައުމު އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު "ވަގުތަށް" ވިދާޅުވީ ޑީއެންއޭގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ ދާއިރާގައި ވަރަށް ބޮޑަށް ފެއިލްވެފައި ތިއްބެވި ބޭފުޅުން ކަމަށެވެ. ފެއިލްވެފައި ތިއްބެވި ބަޔަކު ސިޔާސީ ހަރަކާތްތަކެއް އުފެއްދެވި އިރު، އެ ހަރަކާތުގައި އެއް ހިޔާލެއްގެ ބޭފުޅުން ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އުމަރަކީ ވަރަށް ހަރުކަށި މުރަނަ ވިސްނުމެއްގެ ބޭފުޅެއް، ދެން އެ ހުންނެވީ ދުންޔާ، އެއީ ވެސްޓާން ހިޔާލާތުގެ ވިސްނުމުގެ ބޭފުޅެއް، ވެރިކަމުގެ ހުވަފެނުގައި އުފެއްދި މި ހަރަކާތުގައި އޮތީ ހުސް އޮޅުވާލުން، ތެލާއި ފެން އެއް ކުރުވާން އުޅުމަކީ ވާނެ ކަމެއް ނޫން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް ވެސް ލީޑް ކުރަމުން އައީ ދެ ސިޔާސީ ޕާޓީއެކެވެ. އެއީ މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާއި އިދިކޮޅުގައި އޮތް ޕީޕީއެމްއެވެ. ތިންވަނަ ޕާޓީއަކަށް ރާއްޖޭގައި ދެން ލީޑް ކުރާނީ ޖާބިރުގެ ލީޑާޝިޕްގައި ޑީއާރުޕީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑީއެންއޭގައި އެ ތިިބި މީހުންނަށް ރައްޔިތުން މީގެ ކުރިން އާއެކޭ ބުނެފައެއް ނެތް، ރައްޔިތުން ކައިރިއަށް ގޮސް ވޯޓު ހޯދައިގެން އިންތިޚާބުވި މީހަކު ނެތް، އެ ފެންވަރު ވެސް އޮތީ އަޅުގަނޑުމެންގެ ޑީއާރުޕީގައި،" ޖާބިރު ވިދާޅުވިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީއަށް ޖާބިރު ނުކުންނެވިއެވެ. އެކަމަކު ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގަތެވެ. އޭރު ގާނޫނު އޮންނަނަ ގޮތުން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއިން ނާކާމިޔާބުވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަނުކުރެއްވެއެވެ. އެއީ ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް އުނިވާ ގޮތަށް އޮތް ގާނޫނެއް ކަމަށް ވިދާޅުވެ ގާނޫނު އުވާލުމުގެ އަމުރަކަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ޖާބިރު ވަޑައިގަތެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރީ ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުންނަށް ވެސް އިންތިޚާބުގައި ވާދަކުރެވޭ ގޮތަށެވެ. އެހެންވެ ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ވެސް ބަލިކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ޖާބިރު ކާމިޔާބު ކުރެއްވިއެވެ.

އޭގެ ފަހުން ޑީއާރުޕީއާ ގުޅިވަޑައިގެންނެވި އިރު ޑީއާރުޕީގެ ޓިކެޓުގައި 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ޖާބިރު ވަނީ އިއުލާން ކުރައްވައިފައެވެ. ޖާބިރުގެ އިތުރުން ޑީއެންއޭ ލީޑް ކުރައްވާ އުމަރު ވެސް ވިދާޅުވަނީ އެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނާޅި

    ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އަސްލު މައްސަލަ ތަކަކީ ކޮބައިކަން ހޯދާ ދިރާސާކޮށް އެކަމަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރާތަނެއް ނުފެނޭ އެއްވެސް ބަޔަކު، ފެންނަނީ މަޤާމެއް ލިބުނީމާ އަންބޮޑި ބޮޑުކޮށް ޖީބު މުއްސަދި ކުރަން ކޮންމެ މީހަކުވެސް އުޅޭތަން، ސިޔާސީ މިހުންނަކީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން އަބަދުވެސް ރައްޔިތުމީހަޔަށް ލަޑުދޭނީ !

    10
    • ކަލޯ

      ތިޔާބުނީ ވަރަށް ތެދު ވާހަކައެއް. ކޮންމެ މީހަކުވެސް ފުރަތަމަ ބަލަނީ މިޕާޓީއިން ލިބޭނީ ކޮންމަންފާއެއްތޯ. މީރަނގަޅު ސުވާލެއް. ބަލަން ޖެހޭނެ. އެކަމަކު މަންފާ ހަމައެކަނި ލިބޭންބާނީ ފައިސާއިން ނުވަތަ މުދަލަކުންނޫން. ކޮބާތޯ މިނިވަންކަން؟ ކޮބާތޯ ދީނުގެ ހިމާޔަތް؟ ކޮބާތޯ ނަޒާހަތްތެރިކަން؟ ކޮބާތޯ އަމިއްލަވަންތކަން؟.... މީހުރިހާކަމަކަށް ވިސްނާތަނެއް ނުފެނޭ! ވިސްނަނީ ތިމާގެ އަމިއްލަ މަސއލަހަތައް، ވިސްނަނީ ތިމާގެ މުށަށް ޖީބައް، އެބަޖެހޭ ގައުމާ މެދު ވިސްނާ ބަޔަކަށް ތާއީދު ޖުރަން،

  2. ދަ ޖާ

    ޙިލޭ ރާ ލިބޭނެ ދޯ

  3. ސަމްކުޅިބޭ

    ތެލާ ފެނާ އެކު ނުވާނޭ ޖާބެ ބުންޏަސް ތެލާ ފެނާ އެހެރީ އެކުވެފާ. ނުވިތާކަށް ތެލާ ފެނާ ކިރާ ގަރުދިޔަ ވެސް އެކުވެގެން ކޯލިޝަން ސަރުކާރު މިހިންގަނީ.

  4. ބޫ

    ޖާބިރު ވެސް ރަގަޅު ވާހަކައެއް ބުނެފިނަމަ އެވާނީ ހަމަ ރަގަޅު ވާހަކައަކަށް، އުމަރަކީ ވެސް ބައެއްގެ ސަޕޯޓް ލިބުނު ލީޑަރެއް އެކަމު މިއަދުގެ މަސްރަހް ތަފާތު ދެން ދުންޏާ މީހުން ދަންނަނީ އޭނަގެ ބައްޕަގެ ނަން ކުރިއަށް އައިމުން، ދެން ފެނުނީ މުނާޒު ސިފައިންގެ ބޭފުޅުންނަށް އެގިލައްވާނެ އޭނަގެ ހާލަތު ގައިމުވެސް މަޤާމު ދަށްކުރި ސަބަބެއްގެގޮތުގައި އަޑުއިވެނީ އަލީ ވަހީދުގެ އުޅުއްވުމާ އެއްގޮތްވުން. މިފަދަ ބަޔަކު ނިކުންނައިރު މިމީހުނަށް ސަޕޯރޓް ކުރަންތިބީ ހަމަ އިދިކޮޅު މެމްބަރުން އެކަނި ނެތް އިތުރު ބަޔަކު ޤައިމުގެ ހާލަތު ދަށަށްދާއިރު އުމަރަށް ކެޕްޓަންކަން ނުލިބޭތީ އެހެރީ ނުނިކުމެ.

    1
    1
  5. ކާރޑު

    ގުނބޯ ހެއްދުން ހުއްޓަން ވެއްޖެއެވެ.

    1
    2
  6. ޒާ

    ޖާބިރު ކަލޭ ލަދުކޮބާ؟ ފުރަތަމަ ދައްކަބަލަ ތިބުނާ ޑީއާރުޕީ އޮފީސް ހިންގާތަނެއް.

  7. ބުރޯ

    މިފަހަރު އެބަޖެހޭ މިގޮތްވެސް އަޖުމަ ބަލާލަން. ޖާބުރަށްހަމައިގައި ހުރެވިގެންތާ ވެރިކަމާ ހަމައަށް ސާދާ ކުރެވޭނީ ދޯ.