މިއަހަރުގެ މެއި ޖޫންގައި އޭލެވެލް އިމްތިހާނުގައި ރެޖިސްޓްރީ ވާން މިހާރު ދީފައިވާ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށާއި، ރެޖިސްޓްރީވުމުގެ މަރުހަލާ ކުރިއަށް ގެންދާ އިރު ވަރަށް ބޮޑަށް ސަމާލުކަން ދެއްވުމަށް ތައުލީމީ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

ތައުލީމީ ވުޒާރާއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގަައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މާރޗް 11 ގެ ނިޔަަލަށް ރެޖިސްޓްރޭޝަންގެ ހުރިހާ މަސައްކަތްތަކެއް ނިންމަން ޖެހޭ ކަމަށެވެ. އޭނާ ވިދާުޅުވީ ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރުމަށް އިތުރު މުއްދަތެއް ދެވެން ނެތީ މިހާރަށް ވުރެ އިތުރު މުއްދަތެއް ރެޖިސްޓްރޭޝަން އަށް ދީފި ނަމަ އިމްތިހާނު ބާއްވަން ހަމަޖެހިފައިވާ ތާރީޚުގައި އިމްތިހާނު ބާއްވަން ދަތިވާނެތީއެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ދެވަނަ ފުރުސަތު ދެވެން ނެތް އެންމެ ބޮޑު އެއް ސަބަބަކީ އެ މަރުހަލާ ލަސްކޮށްފި ނަމަ އިމްތިހާނު ކަރުދާސް ރާއްޖެ ގެންނަން ދަތިވުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

"ވަރަށް ކުރު މުއްދަތެއް މިއޮތީ އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި ހުރިހާ ސްކޫލަކަށް ވެސް އިރުޝާދު ދީފައިވާނެ 11 މާރޗްގެ ކުރިން އަމިއްލަގޮތުން ބައިވެރިވާ ކެނޑިޑޭޓޫންވެސް ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންވެސް އެޕްލިކޭޝަންގެ ކަންކަން ވަރަށް ބަރާބަރަށް ފުރިހަމަކޮށްދީ ނިންމެވުމަށް. މިފަހަރު އެޕްލިކޭޝަން ފުރިހަމަކޮށްދެއްވާ އިރު އެހެން ފަހަރުފަހަރާއި ޚިލާފަށް ސަމާލުކަން ވަރަށް ބޮޑަށް ދެއްވުން އެދެން. އެއީ ދެވަނަ ފުރުސަތެއް ދެވޭ ވަރަށް ވުރެ މިއޮތީ މުއްދަތު ކުޑަަތަންވެފައި." އޭނާ ވިދާޅުވިއެވެ.

މިފަދަ އުނދަނގޫ ވަގުތެއްގައި ތާވަލާއި އެއްގޮތަށް ރެޖިސްޓްރޭޝަން ނުނިމޭނަމަ އެތައް ދަތިތަކެއް ދިމާވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އިހުސާން ވިދާޅުވީ 3 ފެބްރުއަރީގައި އެޑެކްސެލް އިން ދުނިޔޭގެ ހުރިހާ ހިސާބެއްގައި އޭލެވެލް ނޯންނާނެ ކަމަށް ބުނި ނަމަވެސް ދަރިވަރުންގެ އެސެސްމެންޓް އޮންނާނެ ކަން އޭރުވެސް ފާހަގަަކުރައްވާފައިވާ ކަމަށެވެ.

އޭރުވެސް ދަރިވަރުން އިމްތިހާނަށް ތައްޔާރުވުން މެދުަނޑާ ނުލާ ކުރިއަށް ގެންދަން ސްކޫލްތަަކަށް އިރުޝާދު ދީފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެ ހިސާބުން ފެށިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީގެ އިސްނެންގެވުމާއި އެކު އެޑެކްސެލް އާއި އެކު ރާއްޖެއިން ވާނީ މަޝްވަރާތަކެއް ފަށާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެދުވަހުން އެދުވަހަށް އެޑެކްސެލް އާއި އެކު ވާހަކަ ފަށައިފިން. އެއީ އަޅުގަނޑުމެން އެއްވެސް ވަރަަށްކަށް ޤަބޫލެއް ނުކުރަން ދިވެހިރާއްޖޭގައި ޓީޗަރ ބޭސް އެސެސްމެންޓެއްގެ ގޮތުގައި މިވަރު ބޮޑު އިމްތިހާނެއް ކުރިއަށް ގެންދެވިދާނެ ކަމަކަށް. އެހެންވީމަ އަންސީން ކުއެޝަން ޕޭޕާ ގޮތަށް ކުރިންވެސް އިމްތިހާނު ބާއްވަމުން އައި ގޮތަށޭ ދިވެހިރާއްޖޭގައި އިމްތިހާން ބާއްވަން ވާނީ. އެހެންވީމަ އެގޮތަށް އަޅުގަނޑުމެން ވަކާލާތުކޮށް އެގޮތަށް އަޅުގަނޑުމެން މަސައްކަތްކުރަމުން އައީ." އިހުސާން ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް އައި އިރު ޖުމުލަ ފަސް ބައްދަލުވުމެއް އެޑެކްސެލް އާއި އެކު ބާއްވާފައިވާ ކަމަށާ، އެ ބައްދަލުވުންތަކުގައި އެޑިއުކޭޝަން މިނިސްޓަރ ވެސް ބައިވެރިވެވަޑައިގަތްކަން އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. އެ ވާހަކަތަކުގެ ނަތީޖާ އަކީ ރާއްޖޭގައި އިމްތިހާނު ބޭއްވޭނެ މަގުފަހިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭލެވެލް އިމްތިހާނު ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ބާއްވަން ފަހިކޮށްދިނުމުގައި ރާއްޖެއިން ކުޅުނު ދައުރު އެޑެކްސެލް އިން ފާހަގަކުރާ ކަމަށް އެޑިއުކޭޝަުން ވިދާޅުވެއެވެ.

އެ އިމްތިހާނުގެ ނަތީޖާ އޮގަސްޓު 10 ވަނަ ދުވަހ ލިބޭނެއެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ކައުންޓަރުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 1:30 އަށެވެ. ފޯރު ހުށަހަޅާއިރު، އައިޑީކާޑުގެ އަސްލާއި ފޮޓޯ ކޮޕީއެއް ގެންދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބެލެނިވެރިއެއް

    އެވަރު ވަންދެން ތިބީނު ހަޑި ހާވަން. އެކަމަކު ކުދިންނާ ބެލެނިވެރިން މި ޖެހެނީ މިމީހުން ހާވާ ހުރިހާ ހަޑިއެއްގެ ޒިންމާ ނަގަން. އަޖައިބެއް🙄 އިސްތިއުފާ ދީފަ ގެއަށް ދީބަލަ. އަހަރުމެން ބުނެގެންތަ އިމްތިހާން އަވަސް ކުރީ🤔 އާނ ފަހެ އެހެންޏަ. ފީ ދެއްކޭނެ ފަދަ ވެސް އަހަރުމެންގެ ނެތް. މިމީހުންނަށް އަދި ބޮޑު މުސާރަ ލިބުނަކަސް🙄

    14
    1
  2. ދެވަނަފުރުސަތު

    އަހަރުމެން ބުނެގެންތަ ބުރިޔަށް ހޫނުވަންދެން މުސާރަ ކައިގެން ތިތިބެނީ ! ނުވަންޏާ ވާވަރުމީހުން ނާ ހަވާލުކޮށްފަ ގެޔަށްދޭބަލަ! ކުރިން ކުރިމީހުންނަށް ތިކަންވާނެ

  3. ޢުމަރު

    ސީ އެޗް އެސް އީން ފޯމް ބަލައި ގަންނަނީ ވެސް މި މަހު 11 ވަނަ ދުވަހު ހުރިހާ ކުދިންނަށް އަންގާފައި ވަނީވެސް ފޯމް ބަލަައި ގަނެވޭނީ އެދުވަހު ކަމަށް. އެއިގެ ކުރިން ފޯމް ނުލެވޭނެކަމަށް. ބެލެނިވެރިންނާ ދަރިވަރުންނަށް ސަފޫރަ ކުރާ އުދަގުލެއްބާ. ކޮންމެ ދުވަހަކު ވެސް ފޯމް ލެވޭގޮތް ހަދަންވީނު. ސަފޫރާއަށް ނުވަންޏާ އިސްތިއުފާ ދީ ވަރަށް ސަލާމް.

  4. އުމަރު

    މި ފަހަރު ޢޭލެވެލް އިމްތިހާނު އަވަސްއަރުވާލައިގެން މިބާއްވަނީ އެއްވެސް ވަރަކަށް ކިޔަވާކުދިންނަށް ބަލައިގެނެންނޫން މިނިސްޓްރީއަށް ފަސޭހަށް.. މިދިޔަ އޮކްޓޫ/ނޮވެމް ގަ 11ގެ ޓެސްޓް ބާއްވާފަ 12ގެ ސިލަބަސްވެސް ނުނިމެނީސް އެދޭތެރެއިން 4 ވަރަކަށް މަހުގެ ކުޑަދުވަސް ކޮޅެއް 12 ގެ ސިލަބަސް ނިންމަން ދީފަ މިބާއްވަނީ އަނެއްކާ އަނެއް ޓެސްޓް... ކުރިންވެސް ވާހަކަ ފެކެވުނު ގޮތަށް މިއަހަރުގެ އޮކްޓޫ/ނޮވެމް ގަ ޓެސްޓް ބާއްވާނަމަ ނަތީޖާ އެތައްތަނެއް ރަނގަޅުވާނެ.... ކުފޫހަމަނުވާ މީހުން މަތީ މަޤާމުތކުގަ ތިބީމަ މިފެންނަނީ ޤައުމުގެ މުސްތަޤްބަލު ހަލާކުވާ މަންޒަރު