ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ނޫނީ ކޮމިޓީ ބައްދަލުވުންތަކަށް އެ މަޖިލީހުގެ މެންބަރުން ވަޑައިނުގެން، ބޭނުން ވަރަކަށް ސަލާން ނުބުނެވޭ ގޮތަށް ރައްްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 246 ވަނަ މާއްދާގެ (ހ)އަށް އިސްލާހް ގެނައުމަށް މީކާއިލް ހުށަހެޅުއްވީ މިއަދުއެވެ.

މީކާއިލް ހުށަހެޅުއްްވި އެ އިސްލާހްގައި ވަނީ ދިމާވި ސަބަބަކާއި ހުރެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމަށް މެންބަރަކަށް ހާޒިރުވެވެން ނެތް ނަމަ، އެކަން އެ ޖަލްސާއެއް ނުވަތަ އެ ބައްދަލުވުމެއް ނިމުމުގެ ކުރިން މަޖިލީހުގެ އަމީން އާމްއަށް އަންގަން ވާނެ ކަމަަށެވެ.

އަދި ކޮންމެ މެންބަރަކަށްވެސް އަހަރަކު ބުނެވޭނީ މެޑިކަލް ސެޓްފިކެޓް ހުށަނާޅާ ބުނާ ސަލާމާއި މެޑިކަލް ސެޓްފިކެޓް ހުށަހަޅައިގެން ބުނާ 15 ސަލާމް ހިމެނޭ ގޮތަށް ޖުމްލަ 30 ސަލާމް ކަމަށް އެ އިސްލާހުގައިވެއެވެ. މިއީ ވަޒީފާގެ ގާނޫނުގައި ވަޒީފާ އަދާ ކުރާ މީހުނަށް ވެސް ސަލާން ބުނަން އޮންނަ އުސޫލެވެ.

މީކާއީލް ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ބޮޑު ބައްޔެއް ނުވަތަ އެކްސިޑެންޓެއް ވެއްޖެނަމަ އެ މެންބަރަކު އެ މާއްދާއިން އިސްތިސްނާ ވާނެ ކަމަށެވެ.

މި މާއްދާއަށް އިސްލާހް ގެނައުމަށް މީކާއިލް ހުށަހެޅުއްވިއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވަރަށް ގިނައިން ސަލާން ވިދާޅުވެ، ހާޒިރީ ވަރަށް ބޮޑަށް ދަށްކަން ފާހަގަވެފައިވަނިކޮށެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުމުގެ ކުރިން ސަލާން ވިދާޅުނުވެ ވެސް މެންބަރުން ޖަލްސާއަށް ހާޒިރުނުވެ ތިއްބެވުމަށް ގަވާއިދު ހުރަހެއް ނާޅައެވެ. އަދި ހާޒިރު ނުވާ ޖަލްސާތަކަށް މުސާރައިން އުނި ވެސް ނުކުރެއެވެ. އެމްޑީޕީގެ މެޖޯރިޓީއާއެކު މި މަޖިލިސް ފެށި އެ ކަން ހުއްޓުމަކަށް ގެންނަން ސަލާން ވިދާޅުނުވެ ހާޒިރު ނުވާ ޖަލްސާތަކުން މުސާރައިން އުނިކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައެވެ.

މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހެޅި "އެޖެންޑާ 19" މެނިފެސްޓޯގައި ވެސް މަޖިލީހުގެ މެންބަރުންގެ ހާޒިރީއާއި ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުވުމަށް ބައެއް ކަންކަން ހުށަހެޅިއެވެ. އޭގެ ތެރޭގައި މެންބަރުންގެ މާލީ ބަޔާން އާންމު ކުރުން މަޖުބޫރު ކުރުމާއި ޖަލްސާއަށް ހާޒިރުނުވާނަމަ މުސާރައިން އުނިކުރަން ފަދަ ހުށަހެޅުންތައް އެ ވައުދުނާމާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އ . ޖ . އ

    ވިސްނޭ މީހެއް

  2. މާމީ

    ކަލެއާ ބހޭކަމެއްތަ އަހަރެން ސަލާމް ބުނިއްޔާ މާ ގެޅިނުގަނެ ހުރެބަލަ 85000 ލިބެއެއްނު ކޮންކަމަކާ ހާސްވަނީ މަޗާ..

    4
    5
  3. ހަސަން

    އެމްޑީޕީ އެއް ކަމަކު ވަރަށް ރަނގަޅު އިސްލާހެއް. އަދި އެބަ ޖެހޭ ހާޒިރީ ދައްވެއްޖެޔާއި ގޮނޑި ގެއްލެން. ރައްޔިތުން މި މީހުން މަޖިލީހަށް ފޮނުވަނީ ގޭ ގަ ތިބޭކަށް ނޫން!!

    18
  4. ފުވައްމުލަކު ޒުވާންޖީލު

    މީ ކާއީލް ކިޔާމީހަ ކަށް ރައްޔިތުންގެމަޖިލީހަށް ކުރިމަތިނުލެވޭގޮތަށާއި މަޖިލީހުގަ އެނަން ކިޔާ މެންބަރަ ކަށް ނުހުރެވޭގޮތަށް މަޖިލީހުންފާސް ކޮށްދިނުންއެދެން!!

    9
    9
    • ހަސަން

      އަސަރު ކޮށްފި ދޯ ސަލާމް މަދު ކުރާ ވާހަކަ ދެއްކީމަ. މީކާއިލް އަށް ސާބަސް ދެން!!

      1
      1
  5. ޑެއިލް

    ތިހާ އިންސާފުވެރިނަމަ އަމިއްލައަށް މުސާރަ ނެގުންވެސް ބަދަލުކޮށްބަލަ.. ރައްޔިތުންގެ ވޯޓަކުން މުސާރަ ކަނޑައަޅަންވީ.

    15
    3
  6. މާމިގިލީ މީހާ

    ހާޒިރު ނުވާ މީހުންގެ ގޮނޑި ގެއްލޭ ގޮތައް ހަދާންޖެހޭ. މާމިގިލީދާއިރާގެ ބުރުމާގެ ގޮނޑި މިހާރު ގެއްލޭން ޖެހޭ. ކީއްކުރަ ހޮވާފަ އިން މީހެއްތޯ، މަޖިލީހަކައް ހާޒިރުވަނީ އެއް ނޫން.

    3
    1
  7. ކެތި

    މިސޮރުބޮނޑިއެއް ކާނެހެންހީވޭ ؟؟

  8. ހމމ

    ފާސް ވާނެ؟

  9. ފާއިޒު

    ހުރިހާ ނޫސްވެރިންނަށް.
    ވެދުންސަލާމަށްފަހު ދަންނަވަމެވެ.
    ނޫސްވެރިންގެ އެދިލެއްވުމަކަށް ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު އަންނަ ބުދަ (10މާރިޗް2021) ދުވަހު ނިއުސްކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާތީ މިކޮންފަރެންސްގައި ނޫސްވެރިން ކުރައްވަން ބޭނުންވެލައްވާ ސުވާލުތައް މިއަދު 13:30 ގެ ކުރިން ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަށް އެޑްރެސް ކުރައްވާ ފޮނުއްވުން އެދެމެވެ.
    އަދި ދަންނަވަމެވެ. މިކޮންފަރެންސުގައި ކުރައްވަން ހުށައަޅުއްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަރިތަކުރެއްވުމުގެ ގޮތުން ކުރިޔަށް އޮތް އަންގާރަ ދުވަހަކީ ރައީސުލް ޖުމްހޫރިއްޔާގެ ޗުއްޓީ ދުވަހެކެވެ.

  10. ޙަބީބު.

    ޑޮކްޓަރުގެ ލިޔުންނެތި ސަލާންބުނެވިގެންނުވާނެ އެއްވެސްވަރަކައް ރައްޔިތުންގެ ފައިސާއިން މިވަރު އިސްރާފެއް އެއްގޮތަކައްވެސް ކޮއްގެންނުވާނެ