ކޮވިޑް-19 ޖެހިގެން ކެމްބޯޑިއާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ކެމްބޯޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނައެއް ފެނިފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް އެގައުމުން ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވި ނަމަވެސް އެގައުމުގައި ބަލި ފެތުރުން ކޮންޓްރޯލުން ނައްޓާފައެއް ނުވެއެވެ.

ކެމްބޯޑިއާގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މި ބަލި ޖެހިގެން އެގައުމުން މިއަދު މަރުވެފައިވަނީ އުމުރުން 50 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ ބަލި ޖެހުނުތާ 2 ހަފްތާވެސް ނުވަނީސް ކަމަށްވެސް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

ކެމްބޯޑިއާއަކީ އޭޝިއާގެ ސަރަހައްދަށް ބަލާއިރު، މިހާތަނަށް އެންމެ މަދުން މީހުން ފައްސިވެފައިވާ ގައުމެވެ. އެގޮތުން މިހާތަނަށް އެގައުމުން މި ބައްޔަށް ފައްސިވެފައިވަނީ 1،163 މީހެކެވެ. އޭގެ ތެރެއިން 39 މީހަކީ އަލަށް އެގައުމުން ފައްސިވެފައިވާ މީހުންނެވެ.

ކެމްބޯޑިއާ ބެލެވިފައިވަނީ ބަލި ފެތުރެން ފެށުމާއި އެކީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެއްގެ ގޮތުގައެވެ. އެގޮތުން އެގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާތަނަށް ބަލި އެހާ ބޮޑަށް ނުފެތުރި، ބަލީގެ ސަބަބުން މީހަކު މަރުވެފައި ނުވާކަންވެސް ފާހަގަ ކުރެވެއެވެ.

އެގައުމުން ބަލީގެ ވޭދަނަތައް ފެންނާތީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އިތުރު ތަފްސީލް އަންނަނީ....