ކެމްބޯޑިއާގެ ގެއެއްގެ ތެރޭގައި ސީލިންގް ވެއްޓުމުގެ ކުޑަ ސިކުންތުކޮޅެއް ކުރިން މަންމައަކު ދަރިފުޅު ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ފޮކްސް ނިއުސް އިން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ ތިން ވަނަ ދުވަހު ވެރިރަށް ނޮމް ޕެންހުގައެވެ.

ވީޑިއޯ ފެށެނީ ޕިޕް ސްރޭ ނަމަކަށް ކިޔާ އެ އަންހެން މީހާ ތުއްތު ކުއްޖަކު އުރާލައިގެން، ކުޑަ ތިން ކުއްޖަކާއެކު ކޮޓަރިއެއްގައި ހުންނަ ތަނެވެ. އޭގެ އިރުކޮޅެއް ފަހުން މަންމައަށް އަޑެއް އިވެއެވެ. އަދި އަންހެން މީހާ އޭނާގެ ދެ ދަރިންނާއެކު ދުއްވައިގަންނަނީ އުރުގައި އިން ތުއްތު ދަރިފުޅާއިވެސް އެކުގައެވެ. އެއިރު އެތަނުގައި ކޮއްޓެއްގައި ތުއްތު ކުއްޖަކު މަޑުކޮށްގެން ހުންނަތަން ފެނެއެވެ. މިއާއެކު ސީލިންގ ވެއްޓުމުގެ ކުރިން އެ މަންމަ ވަނީ ވަނީ ކޮށީގައި ބާރަށް ހިފަހައްޓައިގެން ހުރެ އެ ކުއްޖާ ސަލާމަތުން އެތަނުން ނެރެފައެވެ. މިއާއެކު އިރުކޮޅެއްގެ ތެރޭގައި ސީލިންގ ވެއްޓެއެވެ.

ފޮކްސް ނިއުސްއާ ވާހަކަ ދައްކަމުން މަންމަ ބުނީ އެ ކުއްޖާގެ ގައި މައްޗަށް ސީލިންގ ވެއްޓުނު ނަމަ އޭނާ މަރުވީސް ކަމަށެވެ.

"ސީލިންގ ވެއްޓުނު ތަން ފެނުމުން އެތަނުން އަވަަހަށް ދާން އަހަރެން ބޭނުންވީ. ކޮންމެވެސް ކަމަކުން އަހަރެން ފަސްއެނބުރި ބަލައިލިއިރު އެތަނުގައި ދަރިފުޅު ހުއްޓާ ފެނުމުން އަހަރެން ދުވެފައި ގޮސް އޭނާ އެތަނުގައި ދަމައިގަތީ.".

އިމާރާތް ކުރުމުގައި ހަރަކާތެރިވާ މީހަކު އެ ނޫހަށް މައުލޫމާތު ދެމުން ބުނީ އެ ގެ ހަދާފައި ހުރިއިރު ވޯޓާ ޕްރޫފިން އެއް ނެތް ކަމަށެވެ. ވިއްސާރައިގެ ސަބަބުން ސީލިންގް ބަލިކަށިވެެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.