މާލެ އާއި ހުޅުލެ އާއި ދެމެދު އަޅަމުން އަންނަ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" ގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ މަންޒަރު ފެންނަ އެންމެ ފަހުގެ ފޮޓޯތައް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިރޭ އާންމު ކުރައްވައިފިއެވެ.

މިނިސްޓަރު މިރޭ އާންމު ކުރެއްވެވި ފޮޓޯތަކުގައި ބުރިޖްގެ ތަނބުތައް ނިމިފައިވާ މަންޒަރު ވަރަށް ރީއްޗަށް ފެންނަން ހުއްޓެވެ. ބުރިޖުގެ މަސައްކަތް ނިމޭއިރު އޮންނާނެ ގޮތް ފެންނަ ކުރެހުންތައް މިރޭ މިނިސްޓަރު އާންމު ކުރެއްވެވި ފޮޓޯތަކުން ވަރަށް ރީއްޗަށް ފެންނަން ހުއްޓެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށް ދާއިރު، މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތަކުގެ 480 މީޓަރު ކޮންސްޓްރަކްޝަން މަސައްކަތް މާލެ ކައިރިން ނިމިފައި ވާއިރު މާލޭ ކޮޅުން ބުރިޖަށް އަރާ މަގު ނުވަތަ ބުރިޖު ޑެކް ސްޕޭންގެ 180 މީޓަރުގެ ކޮންކްރީޓް މަސައްކަތް ވެސް ވަނީ ނިމިފައެވެ. ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.

ޝެޑިއުލަށް ވުރެން މާ އަވަހަށް ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެއްބަސްވުމުގައި އޮތް ގޮތުން ބުރިޖްގެ މަސައްކަތް ނިންމަން ޖެހެނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ގޮތައް ބަލާއިރު ސަރުކާރުން އުއްމީދު ކުރަނީ ބުރިޖްގެ މަސައްކަތް މިއަހަރުގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 އަށް ނިންމާލެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މާލޭސަރުކާރު

  ތިޔަ މާލޭ ބުރިޖާ މާލޭ އެއަރޕޯޓާ މާލޭ ހުޅުމާލެއާ މާލޭ 25 ބުރިއާ މާލޭ ފުލެޓު ދައްކައިގެން ރައްޔިތުންގެ ލޯތްބެއް ނުހީދޭނެއޭ.. ނިމިދިޔަ އިންތިހާބުގަ ރައްޔިތުން އިއްވި ބަސް އަޑު ނީވެނީތޭ؟ އަތޮޅުތަކަށް ވައުދުވި ހެވަންތކާ އެސްއީޒެޑުތަކުގެ ހިލަމެއްވެސް ނެތް..ހުސް ދަޅަ ދޮގާ މަކަރު. ތިހެން ގުނބޯ ނުހެއްދޭމެ މަމެން އަތޮޅޭމެން.

  • ކޮމެންޓްކުރާމީހާ

   "މާލޭސަރުކާރު" ކަލޯ ކަލޭ ކަޑަވަނީތޭ ބުރިޖުއަޅަމުންދާ މަންޒަރު ފެންނާތީ...ﷲ އިރާދަކުރެއްވިއްޔާ ބުރިޖުއަޅައި ނިންމާނޭ...

  • ޖޮއްބެ

   ސަރުކާރުން ރައްޔިތުންގެ ފައިދާޔާ ލާބަޔާ ފަސޭހައަށް ކުރަމުން އަންނަ މި ބިޔަ މަސައްކަތުން ހިތަށް އިޙްސާސްވެސް ކޮށްނުލެވޭވަރުގެ ގިނަގުނަ ފަސޭހަތަކެއްލިބި ތަރައްގީގެ ދޮރުތައްހުޅުވިގެންދާއިރު ރައްޔިތުންގެ ލޯތްބާ އިތުބާރު ސަރުކާރަށް ނުލިބިފައި ދެން ރައްޔިތުންގެ ލޯބިލިބެންވީ ބްރިޖެއް ނޭޅޭނެއޭ ގޮވާ މުޅިގައުމު އިގްތިޞާދީ ގޮތުންނާ އިޖްތިމާއީގޮތުންނާ ދީނީ ގޮތުން އިނދަޖައްސާލި މީހާއަށްބާ؟ ފަނާކުރަނިވި ވެރިކަމެއްކުރި ކެރަފާ ނަޝީދުގެ ސަބަބުން، ލިބެންނުޖެހޭ މަންފާއެއް ލިބިފަހުރި މީހަކު ތިޔަހެން ބުންޏަސް ރައްޔިތުންގެ ލޯތްބާ ގަދަރާ އިތުބާރު މިސަރުކާރަށް އެބައޮތެވެ.

  • ރަސް

   ކަލޯ މޮޔަ ނުގޮވަބަލަ

 2. މަންޖެ

  ކޮން އިންޖިނޭރެއްބުނީ ބްރިޖް އެޅޭނެއޭ

 3. އެންމެން

  މި ބުރިޖު ބޭނުންކުރުމުގެ އަގު ބޮޑު ނުކުރައްޗެވެ.

 4. އއ

  ބުރިޖުގެ ކޮޅުއެހެރީ އިންޑިޔާ ބިރުނުގަންނާނެ ގޮތަކަށެއް ނޫނެވެ. މިސައިލު ހަރެއްހެންވެސް ހީވެއެވެ.

 5. ހަބޭސް

  ސާބަސް މުއިއްޒު އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވަނީ ތިފަދަ މަންޒަރުތައް

 6. ޢަލީ

  އިދިކޮޅު މީހުން ބޭނުންވަނީ މިކަންކަން ވިޔަނުދޭން އެމީހުންނަށް ނުވިކަމެއް އެހެންމީހަކު ކުރިޔަނުދޭން އެއީ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްނޫން ސާބަސް ރައީސް ޔާމީނު.

 7. ައަހަންމަދު

  ބުރިޖަކުން 25 ބުރިއަކުން ޕާކަކުން ރައްޔިތުންގެ ތާއީދެއް ނެތް މިސަރުކާރަކަށް. އެއަށްވުރެ މާ އަނިޔާވެރި ސަރުކާރެއްމީ. މިކަން އެނގޭނީ ރައްޔިތުންނަށް. ނިހާނު، މުއިއްޒު، އަދުރޭމެންނަކަށް ނޫން އިނގޭތޯ. ވަރަށް ސާފުކޮށް ދިވެހި ބަހުން މިބުނީ.

  • ޝައުކަތު

   ކާކަށް އަނިޔާވެރިވީ؟ ސިޔާސީ މީހުންނަކީ އާންމު ރައްޔިތުންނެއް ނޫން. އެމީހުންނަށް އަނިޔާވެސް ލިބޭނެ ގައުމު ފަސާދަ ކުރަން އުޅެންޔާ.

 8. ޖޯންއިކޫ

  މި ވަރުގަދަ ކޮންކްރީޓްގަނޑުތައް ފެނިފައި ހަޖަމެއް ނުކުރެވޭނެ. މީވަރަށް ގަޓުހުރިމީހަކަށް ނޫނީ ނުކުރެވޭނެ ކަމެއް!

 9. އަފޫ

  ބްރިޖަކީ އަތޮޅުތެރޭ މީހުންނަށްވެސް ބޭނުންކުރެވޭނެ އެއްޗެއް. އަދި ކޮންމެ ދިވެހި ދަރިއަކު މިއަދު ރާއްޖޭގައި ބްރިޖެއް އޮތުމުން ފަހުރުވެރިވޭ. ކާކުތޯ ތަރައްގީވީމަ ފަހުރުވެރި ނުވާނީ. އަތޮޅުތެރޭ ބައެއްމީހުނަށް އަޅުގަނޑު ސުވާލު ކޮށްލަން ބޭނުންވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ޔުނިވާސިޓީއެއް އެޅޭނެތޯ؟

 10. ޖިންނި

  ރައްޔިތުންގެ ތާޢީދު އެބައޮތް މި ސަރުކާރަށް ރީނދުލަށް ހަޖަމް ނުވަނީ އެނޫން އެހެން އެއްކަމެއްވެސް ނޫން ، ތާއީދު ނެތިއްޔާ އިންތިޚާބް މިހާ ގާތްވީމަ ކީއްވެތަ ވެރިކަން ނުވެއްޓިގެން ތިއުޅެނީ

 11. ޅަބޭ

  އޭ މިތިބަ މުނާފިގުންނޭ، ކަލޭމެން ކިތަންމެ ބޮޑު ބުރިޖެއް، ހޮސްޕިޓަލެއް، ރިސޯޓެއް، އަދި ކިޔެއްތަ، ކަލޭމެން ހަނދަން ދިއަޔަސް، ތިތިބަ ގައްދާރުންނައް އެއްވެސް ދިވެއްވެސް ވޯޓެއް ނުދޭނެ. ބުރިޖޭ ކިޔައިގެން ވޯތައް ސަލާން ޖަހާނެ ކަމެއްނެތް.

 12. ާއައިޝާ

  ޅަބޭ. އަހަންނަކީވެސް ދިވެއްސެއް މަގޭ ވޯޓު މިސަރުކާރަށް. މަށެއް ތި ނަޝީދަކަށް މައުމޫނަކަށް ގާސިމަކަށް ވޯޓެއް ނުދޭނަން. ކަލަެމެންނަށް މިރާއްޖޭގެ އެކިކަނަކޮޅުތަކުގައި ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫޢުތައް ނުފެނިދާނެ. އެކަމަކު ބުނަން ﷲ ތަޢާލާގެ ވާގިފުޅާއެކު ދެންމިގައުމުގެ ވެރިކަމަކަށް ނަޝީދަކަށް މައުމޫނަކަށް އަދި ގާސިމަކަށްވެސް ނާދެވޭނެ.