ވިލާ އެއާ އާއި ވިލާ ކޮލެޖް ގުޅިގެން އަންނަ މެއި މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ވިލާ ފްލައިން ސްކޫލަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފިއެވެ.

ވިލާ ކޮލެޖުން ކުރި އިއުލާނެއްގައި ވަނީ އެ ފްލައިން ސްކޫލުގެ އެކި މަގާމުތަކަށް މީހުން ނެގުމަށް އިއުލާންކޮށްފައެވެ.

އިއުލާނުކޮށްފައިވާ މަގާމުތައް:

ހެޑް އޮފް ޓްރެއިނިން ސްކޫލް

ޗީފް ފްލައިޓް އިންސްޓްރަކްޓަރު (ސީއެފްއައި)

ޗީފް ތިއޮރެޓިކަލް ނޮލެޖް އިންސްޓްރަކްޓަރު

ގްރައުންޑް އިންސްޓްރަކްޓަރު

ފްލައިޓް އިންސްޓްރަކްޓަރު

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ލިޔުންތަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ވިލާ އެއާގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ނާޝިދު "ވަގުތު" އަށް ވިދާޅުވީ، މާމިގިލީގައި ގާއިމު ކުރާ ފްލައިން ސްކޫލަކީ ވިލާ އެއާ އާއި ވިލާ ކޮލެޖް ގުޅިގެން ގާއިމު ކުރާ ތަނެއް ކަމަށާއި އެ މަސައްކަތް ހަލުވި ކަމާއެކީ މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ނިމިފައިވާކަން ފާހަގަކުރެއްވިއެވެ.

ނާޝިދު ވިދާޅުވީ ފްލައިންގް ސްކޫލްގެ ކޯސްތަކަށް ހުޅުވާލާނީ ފްލައިޓްތައް ގެނައީމަ ކަމަށެވެ. އަދި ވަރަށް އަވަހަށް ފްލައިޓްތައް ގެނެވޭނެ ކަމަށް ބެލެވޭ އިރު މިހާރު ކުރިއަށް ދަނީ ފްލައިޓްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ވިލާ އެއާ އަދި ކޮލެޖް ގުޅިގެން ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާނެއެވެ. އެ ބައްދަލުވުމުގައި މި ސްކޫލާއި ބެހޭ ގިނަ މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ވިލާ އެއާ އާއި ވިލާ ކޮލެޖް ގުޅިގެން މާމިގިލީގައި ފްލައިން ސްކޫލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ދ. ކުޑަހުވަދޫގައިވެސް މަންޓާ އެއާއިން އަންނަނީ ފްލައިން ސްކޫލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މިވަގުތު ހުރި ހަމަ އެކަނި ފްލައިން ސްކޫލަކީ އައްޑޫ ސިޓީގައި ހުރި ފްލައިން ސްކޫލެވެ. ނަމަވެސް ސްކޫލުގެ އިހުމާލު ގިނަ ދަރިވަރުންތަކަށް ކޯސް ނުނިންމޭ ކަމަށް ބުނެ ގިނަ ދަރިވަރުންތަކެއް ވަނީ މީގެ ކުރިން ޝަކުވާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙެeu

    ބަރަބަރު ދިވެހިން ވެގެން ގިނަ ފުލަ އިން ސުކުލް ހިންގަން ވިހަމަ ހެލިކޮޕް ޓަރު ދު އްވެގޮތް ވެސް ތި ފުލަ އިން ސުކުލް ގަ ހަދަނެ ކަމަށް އުއ އްމިދުކުރަން 🚁🛫🛬

    17
    1
  2. ވާނުވާ

    ސޭޓު މުސާރަގޭނެތަ؟ މިހާރުވެސް ދެނީ ބައިކުޅަބައި.އަދިވެސް ބަލަނީ ޅަކުއްޖަކާއި އިނދެގެން އަކުން ބަކުން ކުޅެވޭތޯ

    6
    1
  3. ޤައުމު

    ވަރައްވެސް އުފާވެރި ޚަބަރެއް
    ސޭޓުގެ އަންހެނުންގެ ފިރިމީހާ ތިކަހަލަ ކަންތައްކޮއްބަލަ
    ހޭބަލިވެގެން ވެރިކަމާނޫޅެ

    2
    1
  4. އެލެކްސް

    އަދިވެސް ތަންތަން ހުޅުވާ ސްޓަރފުންނަށް ހަމަމުސާރަނުދީ ސޭޓް ޖަ އްސާ ސްޓަންޓްމީ ސޭޓް ނުދޭނެ ހަމަ މުސާރަ އެއއ އް ބަލާގެން އުޅޭތި

  5. ނަސީ

    ސޭޓް ގެވަޒީފާޔައް ބަޔަކު ހޯދުމަކީ މޫދުން މާވަހަރެއް ހަޮދުންކަމަކައް ވެފައި އޮތީ ސަބަބަކީ މުސާރަކޮޅު ހަމަޔައް ނުލިބޭތީ ، އަދި މަހެެއް ސޭޓަަައް ހިގަނީ ކޮންމެ 40 ދުވަހަކުން 30 ދުވަސް ސޭޓަކައް ނެނގޭ

  6. އަހުމަދު

    ގުޑް ގަވަރ ނަންސް ތޯ މިއީ އަންހެނުން ވަޒީރު ކަމުގައި ގޭތެރެއިން ހުއްދަދެނީ މިއީ ކުރީ ފަހަރު މާމިގިލީ އެއަރޕޯޓް އެގްރިމެންޓް ވެސްހެދި ގޮތަކީ އެކަމާއި ގުޅިގެން އޭރުގެ ޓްރާންސް މިނިސްޓަރ ވަކި ކުރީ

    1
    1