މީސް މީޑިއާއަކީ ވަގުތެއް ވާއިރަށް ގިނަ މީހުން ޗެކްކޮށްލާ ނުވަތަ ބަލާލާ އެއްޗެކެވެ. ފޫހިވެފައިވާ ނަމަ ވެސް ބަލައިލެވެނީ މީސް މީޑިއާއެވެ. މަސައްކަތުގައި ބުރަކޮށް އުޅެމުން ވެސް ބުރޭކެއް ނަގައިލުމަށް ވެސް ބަލައިލެވެނީ މީސް މީޑިއާއެވެ. މިހެން ކަންތައްވާނަމަ ވަރަށް ފަސޭހައިން މީސް މީޑީއާއަށް ދެވިހިފާނެއެވެ.

ދުވަހުގެ ފެށުމާއި ނިމުން އަންނަނީ މީސް މީޑިއާގައި ވަގުތުތައް ހޭދަ ކުރުމުގައި ކަމަށް ވާނަމަ މީސް މީޑިއާއަށް ދެވިހިފުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މި 4 އަލާމާތް ފެންނަން ނަމަ އަވަހަށް މީސް މީޑިއާއިން ''ބުރޭކް''އެއް ނަގާށެވެ.

ނޭނގި އެތައް އިރެއް މީސް މީޑިއާގައި ހޭދަކުރެވުން.

މެސެޖެއް ބަލައިލުމަށް ނުވަތަ ރިޕްލައިއެއް ކޮށްލުމަށް މީސް މީޑިއާއަށް ވަންނަ ގޮތަށް އެތައް ވަގުތެއް ފާއިތުވެގެން ދާއިރު ވެސް ރެއަކާނުލާ ނަމަ ވީ އެންމެ އަވަހަކަށް މިކަމަށް ފިޔަވަޅު އެޅުން ބުއްދިވެރިއެވެ.

އެންމެ ކުރާހިތްވާ ކަންތައްތައް ވެސް ނުކޮށް ދޫކޮށްލުން.

އަމިއްލަ މީހާ ހިތްހަމަ ޖެހޭ ކަންތައްތައް ކުރުމަށް ވަގުތު ނުލިބޭތީ އެކަމާއި ދެރަވާ ނަމަވެސް އެ ހުރިހާ ވަގުތެއް ވެސް މީސް މީޑިއާގައި ހޭދަ ކުރެވޭ ނަމަ ތިއީ މީސް މީޑިއާއަށް ދެވިހިފައިފައިވާ ކަމުގެ އަލާމާތެކެވެ.

މީސް މީޑިއާ ނުބަލައި ނަމަ ހިތްހަމަ ޖެހުމެއް ނުލިބުން.

ބޮލުގައި ރިއްސާފަދަ ކަމެއް ވެގެން މީސް މީޑީއާ ބެލުން ހުއްޓާލުމަށްފަހު ނުވަތަ ކުޑް ބުރޭކެއް ނެގުމަށް ފަހު ވެސް މީސް މީޑީއާ ޗެކްކޮށް ނުލާ ހުންނަން އުދަނގޫވެ ހިތްހަމަ ނުޖެހެއެވެ. އެވަގުތުކޮޅުގެ ތެރޭގައި ގެއްލިގެން ދިޔަ ބައިތައް ނަގަން ބޭނުންވެއެވެ.

މީސް މީޑިއާގައި ހުރިހާ ކަމެއް ހިއްސާކުރުން.

ކުރާ ކަންތައްތަކާއި ދާ ތަންތަނާއި ކާ އެއްޗެހި ވެސް މީސް މީޑިޔާގައި ހިއްސާ ކުރަން ބޭނުންވާނެއެވެ. މީގެއިތުރުން މި ޕޯސްޓުތައް ކުރުމުގެ ކުރިން އެތައް ގަޑިއިރެއް ފިލްޓަރއެއް ހޯދުމުގައާއި ކެޕްޝަން ލިޔުމުގައި ހޭދަ ކުރެއެވެ.

މި ކަންތައްތައް ފެންނަ ނަމަ އަވަހަށް މީސް މީޑިއާއިން ބުރޭކެއް ނެގޭތޯ މަސައްކަތް ކުރާށެވެ.

 

ކިޔުންތެރިންގެ ހިޔާލު