ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ކަމަށް ދެކެވެމުންދާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ދޮގު ކުރައްވައިފިއެވެ.

މިއަދު ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު ދޮގުކޮށް ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯނުން ވާހަކަދައްކަވަމުން މަސީހް ދެންމެ ވިދާޅުވީ އޭނާ ހުރީ ރައްޔިތުންނާއި އެކުގައި ކަމަށެވެ.

"އަޅުގަނޑު މިހިރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި. މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ މާދަމާ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭތޯ. މިހިރީ ދިވެހި ރައްޔިތުންނާއި އެކު. ދިވެހި ގައުމަށް ދިމާވެފައިވާ ކަންތައްތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން މިގެންދަނީ." މަސީހް ވިދާޅުވިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާ ދޫކުރައްވާ މަސީހް ވަޑައިގެންނެވުމުން މަސީހް މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނަމަވެސް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން މިރޭ ވިދާޅުވީ މަސީހް މިއަދު މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް އާއި ހަވާލު ކުރުމަށް ފަހު ވަޑައިގެންނެވީ ޕީޕީއެމްގެ އިސް ބޭފުޅުންގެ ބައްދަލުވުމަކަށް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައީސް ނެރުއްވި ޤަރާރު މިއަދު މަޖިލީހަށް ހުށަހަޅުއްވާފައި ވާއިރު އިދިކޮޅު ފަރާތްތަކުން މަޖިލިސް ޖަލްސާ ބޮއިކޮޓް ކުރުމާއި އެކު ރިޔާސީ ޤަރާރު ފާސްކުރުމަށް ވޯޓަށް އަހަން ޖަލްސާ ބޭއްވޭނެ ގޮތެއް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތުން

    .ޖަލްސާ ނުބާއްވައި ފާސްވެއްޖެ ކަމަށް އަދުރޭ އިއުލާން ކުރީމާވެސް އެކަން އެގޮތަށް ވީ ޔާމީން އެކަން ތަންފީޒްބކުރާނެ. 11/2018 އާ ހަމަޔަށް ވިޔަސް

  2. ޢަލީ

    ދޭތެރެޖެއްސުމާއި ދެބައޮޑުވުމާއި ހަދައިގެން ވާހަކަދެއްކުން މީ ހާދަ ބޮޑު ނުބައިކަމެކޭ އަޅަމެން މިފަދަކަންކަމުން ސަލާމަތްކޮށްދެއްވައިފާނދޭވެ.

  3. ލަލަލާ

    ވެއްޓެނީ ، ވެއްޓެނީ........

  4. ޚަލީލު

    ބުނޭތިމަންނަމިހުރީޔާމީނާއެެކުގައޭ

  5. ނަސީދު

    މަމީ ރައްއިތެއް އެކަމަކު މަބޭނުމެއްނޫ މަސީހު ތިގޮޑީގައި އިންނާކައް

  6. ދެރަކަލޯ

    މަސީހު ކަލޭތީ އަލުން އިސްތިއުފާ ދޭންޖެހޭ މީހެއްނޫން ކަލޭތީ އިތުބާރު ގެއްލިފަ ހުރިމީހެއް ހަޔާތެއްނެތީމަ ގޮޑީގަ އިންނަނީ

  7. އަޙްމަދު

    ކޮން ރައްޔިތަކަށް ޓަކަ ގޮޑިގައި ބައްދާގެން ތިއޮތީ. ރައްޔިތުންނަށްޓަކާ މަޖިލީހުގެ ރައީސަކައް ހުރެގެން ކަމެއް ކުރެވޭތަ؟ 365 ދުވަހުން މަސަތްކަތް ކުރަނީ 5 ދުވަހު. އެފަސް ދުވަހުވެސް ކުޅެނީ ޑްރާމަ. ރައްޔިތުންނަށްޓަކައި ކަމެއްކުރަން ބޭނުންނަމަ

    1- ޖަލްސާތަށް ފުރިހަމަޔަށް ބާއްވާ
    2- ވެރިކަށް ދިފާއުކުރައްވާ ތަނަކަށް ނަހައްދަވާ
    3- ހަލާލް ގޮތުގައި ގެއަށް ފައިސާ ގެންދަވާ
    4- މެޖޯރިޓީއަށް ތަބާވަ
    5- މިކަންތަތަށް ނުކުރެވެންޏާ އިސްތިއުފާ ދެވާ ގެޔަށް ވަޑައިގަންނަވާ

  8. އަލީ

    ތިހިރީ ރައްޔިތުންނާއި އެކަކުނޫން ، ތިހިރީ ޚުދުމުޚުތާރު ވެރިއެއްގެ ކަސްތޮޅުގައި ބަދެވިފައި

  9. ރައްޔިތުން

    .މަސީހު ރައީސު ކަމުންނާއި އަދި މެމްބަރު ކަމުން އިޒްތިއުދާ ދިނުމަށް މުހިންމު ސާޢަތެއް ކަމުގައި މިއަދު 14.14 އިޚްތިޔާރު ކުރުން ވަރަށް ބޮޑުތަނުން ނަސީބު ހިފާނެ