ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ސައިކަލެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ސައިކަލް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުން ވިދާޅުވީ އެ ތަކެތި އަތުލައިގެންފައި ވަނީ އިއްޔެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފްލެޓު 53 ވަނަ ފްލެޓު ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއް ބަލައި ފާސްކޮށްގެން ކަމަށެވެ.

އެ ސައިކަލުގެެ މަޑިދޮށް ބަލައި ފާސްކުރި އިރު، ސައިކަލް މަޑި ދަށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ސެލޯފިންކޮޅާއި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 15 ދަޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަތީބު

    މަސްތުވާ ތަކެތި ކަމައް ޝައްކެއްނޫން ކުރަންވީ މަސްތުވާ ތަކެތިކަމަށް ޔަގީންކުރަންވީ ޝައްކު ތިކުރަނީ ތިކަންކުރާމީހާ ދޫކޮއްލަންވެގެން ކުރާކަމެއް އަދި މިހާތަނައް ޝައްކޭ ކިޔާފަ އެއީ ގުއިބުރިއެކޭ ނުބުނޭދޯ