އެމްއާރުއެމްގެ ސްލޮޓެއްގައި އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ތާއީދު ކުރައްވާނީ މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރަށް ކަން ހާމަ ކުރައްވައިފިއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މާލޭ މޭޔަރުގެ ގޮނޑިއަށް ވާދަކުރަނީ ވެސް ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން އެކަންޏެވެ. އެހެން ވިޔަސް އަނަސްއަށް ތާއީދު ކުރަން ކޯލިޝަން އެއްވެސް ޕާޓީއަކުން ރަސްމީކޮށް ނުނިންމައެވެ.

ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2017 ގައި އުފެދުނު ކޯލިޝަންގައި އެންމެ ބުރަކޮށް ހީވާގި ކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވި އެއް ބޭފުޅަކީ އަނަސްްއެވެ.

މާލޭގެ މޭޔަރު ކަމަށް އަނަސްގެ އިތުރުން ދެން ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި، އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވިފައިވާ އިސްލާހުގެ ދަށުން މާލޭގެ މޭޔަރު މި ފަހަރު އިންތިޚާބު ކުރާނީ މުޅި މާލޭގެ ރައްޔިތުން ވޯޓް ލައިގެންނެވެ. އެހެންކަމުން މިއީ ރައީސުލްޖުމްހޫރިއްޔާއަށް ފަހު، އެންމެ ގިނަ ރައްޔިތުން ވޯޓް ލައިގެން އިންތިޚާބު ކުރާ މަގާމެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހިރިގާ

    އަޅުގަނޑުގެތާއީދު ޑރ މުއިއްޒުއައް

    37
    1
  2. ޖަނާޒާ

    މަންޖޭ ! ދެން ނޯންނާނެ އެހެންގޮތެއް! ހަހަހަހަހަހަހަހަހަހަހ!!

    28
  3. ާޒްލާ

    ކަމަނަމެންގެ ހުރިހާ ކޮރަޕްޝަނެއް ފަޅާ އަރުވާލީވެސް އަނަސް އާއި އަންނި އާއި އިބޫ އަދި އެމްޑިޕީ

    22
    1
  4. ދަރަނި ދަންތުރަ

    އެމް ޑީ ޕީ ގެ މީހުން ވަރަށްގިނައިން ކިޔާ އެއްޗެއް ލަނޑަޔާ ވާނީ ލަނޑަޔާ އޭ ، ދެން އިތުރު އެއްޗެއް ނުބުނާނަން....

    24
  5. ބޯޖަލީލު

    ވަރަށް މަލާމާތުގެ ހިނިތުންވުމެއް އަނަސް ވިސްނާތި...

    16
    1
  6. ކާފަބޭ2020

    ތާއީދުނުކުރާނަމަ ދެންއެންމެއަވަހަށްއިތުބާރުނެއްކަމަށްވައްދާނެ! ވީމާ،ތިޔަނޫންގޮތެއްނޯންނާނެ! ކިތަންމެވަރަކަށްފައިވިއްދިއަސް ގަޑިދަނީކުޑަތަންވަމުން އިންޝާﷲ! ﷲއަކްބަރް

    22
    1
  7. ހާލަތު

    ބިރުގަތީ
    މީ މީހުން ބަލާގަންނަ ......

    16
    1
  8. ސސ

    މައުމޫނާއި އުމަރު ޒާހިރު ތާޢީދު ކުރަނީ ޑރ މުޢީޒަ ތޯ؟

    14
  9. އާދަނު

    ދެން އެހެންމީހެއްގެ ތާއީދެއް ބޭނުމެއްނުވާނެދޯ؟

    14
  10. ޖަނާޒާ

    އަނަސްއަށް ތިޔަ ލިބުނީ ގުނާ ޢަދަދު ނުކުރެވޭހާ ވޯޓް! ހައްހައްހައް! ބުރަދަން! ހައްހައްހައް!

    18
    1
  11. ހަސަން

    ތިކަހަލަ އަމިއްލަ އެދުމުން ފޯވެފައި ތިބޭ މީހުން ތިބޭނީ އަބަދުވެސް އެކަހަލަ މީހުން ތިބޭ ކޮޅުގައި. ގައުމަށް ހެޔޮއެދޭ ބައެއްނޫންތީ

    23
    2
  12. ފިޔަވަޅު

    ތީ މީހުން ބަލަިގަންނަ މިހެއް ބާއޭ ހިތަށް އަރަ !
    އަމިއްލަ އަށް ފެނުނަސް ބޮޑުވަރު .

  13. މުބީނު މާރނީ

    ފުރަތަމަ މުސާރަ ހަލާލު ކޮށް ބަލަ. ކަލެއަށް ދޭން ވެގެން ހެރިޓޭޖް ހެދީ ކަލޭގެ ބައްޕަ. ހައްދަވައިގެން އެއްވެސް މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ތިޔަ ގެންދަނީ މަގޭ ޖީބުން. ދެތިން ހަވިއްތަ ބަލަހައްޓާލާ ކަމަށްޓަކައި މިނިސްޓަރެއް ގެ މުސާރަ ޙައްޤެއް ނުވާނެ. ކޮބާ ކަލޭ ގެ ލޮމީރު ނުވަތަ ކޮންޝައެންސް ؟

  14. ރަނާ

    މަޖުބޫރުވާނެ ތާ އީދު ކުރަން އެހެން ނޫނީ އިތުބާރުނެތް ކަމުގެ ވޯޓުނަގާ ބޭރުކޮށްލާނެ ކަމީ ޔަގީން ކަމެ އް

  15. ޑރ ލ

    މައުމޫނު ތާޢީދު ކުރައްވަނީ ޕުރާނާ ދޯސްތު ގެ ދަރިފުޅު ޑރ މުޢީޒަ ށޯ !