އއ. ގާއިމް ކުރާ ޒަމާނީ 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އައު އިންޖީނުގެއެއްގެ ބިންގާ މިއަދު އަޅައިފިއެވެ.

ސްޓެލްކޯ އިން ބުނީ، މި އިންޖީނުގެ ވެގެންދާނީޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާނެ އަދި އެރަށަށް އަންނަމުންދާ ތަރައްގީގެ މުހިއްމު ބައިވެރިއަކަށް ކަމަށެވެ،

ސްޓެލްކޯއިން ބުނީ، އެރަށުގައި އަޅާ އާ އިންޖީނު ގެއާއެކު އެރަށުގައި ހުރި ގެސްޓްހައުސްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި، ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލު ލިބޭނެ ކަމަށެވެ.

"އުކުޅަހު އިންޖީނުގެއަކީ ނިސްބަތުން ވަރަށް ކުޑަ ތަނެއް. މީގެ އިތުރުން މިވަގުތުވެސް އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމަށްޓަކައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި ފެބްރުއަރީ މަހުގެ ތެރޭގައިވެސް އުކުޅަހަށް އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވަނީ ގެންދެވިފައި"،. ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ.މުސްތަގުބަލުގައި އެރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން މިގެންދާ 812 ކިލޯވޮޓްގެ އިންޖީނުގެ ގޭގެ ބަދަލުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އެޅުމަށް ކަމަށެވެ.

އަދި މި އިންޖީނުގެ ވެގެންދާާނީ ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެ އިންޖީނުގެއަކަށް ކަމަށާއި، އަދި އިތުރު ސަލާމަތީ ހިދުމަތްތަކާއެކު، ވެންޓިލޭޝަން ރަނގަޅު އަދި އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރު ރަނގަޅުތަނަކަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން. މީގެ އިތުރުން އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް." ސްޓެލްކޯއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    ކައުންސިލް އިންތިހާބް ބިންގާ ވ ވ ފުރިހަމް، ބާކީ ތިން އަހަރު ވަންދެން ތި ބިންގާ ރައްކާކުރާތި.

  2. ޖަނާޒާ

    ގޭސްގަނޑެއްނޫން! ކައްކަނީ ! ކެންޕޭނު ފޮޓޯއެއްބާ!

  3. ދަރަނި ދަންތުރަ

    މުގުނީޔަށް ބިރުދައްކައިގެން ވޯޓުހޯދަން ބިންގާއަޅަނީ ، ނުދޭނަށް އެމް ޑީ ޕީ އަށް ވޯޓެއް މުގުނީ ބުނި 2020 ވަނައަހަރު ސޮޓެލްކޯ މުވައްޒަފުންނަށް ބޯނަސްދޭނަމޭ އެހެންކިޔާފަ ބޯނަސްނުދީ އެމް ޑީ ޕީ ގެ ލާދީނީ ތިލަފަތަށް ވޯޓުހޯދަން ކިތަށްމެ ބިންގަލެއް އެޅިޔަސް ވޯޓުނުދޭނަން ހިތްހަރާމް

  4. ބޯޖަލީލު

    މުގުނީ ކޮބައިހޭ 2020 ގެ ބޯނަސް ، އިތުރުބިންގާތަށް ނާލަ ބިންގާއަޅާފަހުރި ފުޅެޓުތަށް ނިންމާށޭ ތިލަފަތަށް ވޯޓުނުދޭނަމޭ މުވައްޒަފުންނަށް ޕުރޮމޯސަން ދޭށޭ ތިލަފަތަށް ވޯޓުނުދޭނަމޭ...

  5. ކަންނެލު

    ތިޔަ ނޭޅިޔަސް އުކުޅަހުންވޯޓްދޭނެ އެމަނޖެ ބުނާހެން މުޅިން އުޅެނީ ބޮޓުން