ކޮތަރުގެ ތިން ބާވަތަކާއި ބާޒާއި ބަކަމޫނާއެކު 100 އަށް ވުރެ ގިނަ ދޫނި ހިމާޔަތްކޮށްފިއެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެންވަޔަރްމަންޓް މިނިސްޓްރީ އަށް ލިބިދޭ ބާރުގެ ދަށުން 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށް، އެތަކެތި ހިފުމާއި ގެންގުޅުން މިއަދުން ފެށިގެން ވަނީ މަނާކޮށްފައެވެ.
މި ނިންމުމާ އެކު، ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް މެރުމާއި ބޭނުން ކުރުމާއި ދިރުވައި އާލާ ކުރުމާއި ހިފުމާއި ގެންގުޅުމާއި ގެއްލުން ދިނުމާއި ގޯނާ ކުރުން މަނާ ވާނެއެވެ.
އަދި ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުން ދިނުމާއި އަދި އޭގެ ތަބީއީ ގޮތްތަކަށް ނުވަތަ ގުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ އަމަލެއް ކުރުން ވެސް މަނާ ވާނެއެވެ.
މީގެއިތުރުން ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭ ތަކެއްޗާއި އެ ތަކެތީގެ ބައިތައް އިސްތިހާރު ކުރުން ވެސް މަނާ ވާނެއެވެ.
މިނިސްޓްރީން ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރާއި ބާޒާއި ބަކަމޫނުގެ އިތުރުން ރޭރު، ގުޑުގުޑާ ދޫނި، ދަނޑިފުޅު ދޫނި، ހޯގުޅާ، ރާބޮނދި، މާ ދޫނި، ބޮނޑަނަ، ފިނދަނަ، ކިރު ދޫނި، ވަޅޯ ދޫނި، ފެންފޯއް ދޫނި ފަދަ ދޫނިތައް ހިމެނެއެވެ.
ހިމާޔަތް ކޮށްފައިވާ ޖަނަވާރަކަށް ނުވަތަ ދޫންޏަކަށް ގެއްލުން ދީފި ނަމަ ނުވަތަ ގެންގުޅެފި ނަމަ ޖޫރިމަނާ ކުރެއެވެ.
މަދިރިޔާ ،ކުރައްފާ ،ކަނޑަލާ، ހޮނާ ،މީދަލާ ، ބޮނޑާ، ކޫޑިޔާ، ކަނޑުމަހާ، ލައްޓި، ރާނގޮޑި ،ފަރުމަސް މިވެސް ހުސްވަނީ ހިމާޔައްކުރަންވީނު. ބުއްދި ހަމަނުޖެހުނަސް ބޮޑުވަރު މިއީ
ޕެޑް ވެސް ތިލިސްޓްގައި ހިމަނަން ފެނޭ
އިންސާނަކު ބަލިވެގެން ފުރާނަ ސަލާމަތްކުރަން ސަލާންޖެހިޔަސް ކަލޭމެން އަޅާނުލާތި ތިޔަކަމުގަ އުޅޭ
"އަދި ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުން ދިނުމާއި އަދި އޭގެ ތަބީއީ ގޮތްތަކަށް ނުވަތަ ގުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ އަމަލެއް ކުރުން ވެސް މަނާ ވާނެއެވެ." މިހެން އޮތްކަމެއްގައި ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ފައިދާ ވާ ގޮތަށް ދިވެހިރާއްޖޭގެ މަދު މަހުޖަނުންނަށް ވައްލަ ކުރަނގި ކިރުދޫނި ބިސްއަޅާ އާލާވާ ފަޅުރަށްރަށް
"އަދި ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުން ދިނުމާއި އަދި އޭގެ ތަބީއީ ގޮތްތަކަށް ނުވަތަ ގުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ އަމަލެއް ކުރުން ވެސް މަނާ ވާނެއެވެ."
ދެން ކީއްވެގެންބާ ރިސޯރޓް އޯނަރުންނަށް ދޫނި ނިދަންއަރާ އަދި ބިސްއަޅާ އާލާވާ ރަށްރަށް ރިސޯޓުން ރޭނގަޑު މަސްފިހެ ނާޗަރަންގީ ކުޅެންދިފަ އެއޮންނަނީ އެއީވެސް ދޫނި ހިމާޔަތް ކުރަންތޯ ؟ މިކަންކަމަށްވެސް ކިޔަނީ ހިމާޔަތްކުރުން ކަމަށްވާނަމަ ..........؟!
ތިޔަ ތަކެތި ހިފާ އެއަށް ގޯނާ ކުރަނީ ފަޅު ރަށްރަށަށް ޑްރަގު ފޮރުވަން އަރާ ޕާޓޭއިން
އިންސާނުން ހިމާޔަތްކޮށްދޭނީ ކޮން ދުވަހަކުން
ﷲ ވަނީ އިންސާނާ ހުރިހައި އެެއއޗެއްގެ މައްޗަށް މާތްކުރައްވާފައި، އަދި މީގެ ތެރެއިން މުސްލިމް މީހާގެ ލޭ ވަނީ ހުރުމަތްތެރި ކުރައްވާފައި. އަސްލު ސުވާލުކުރަންވީ ﷲ ގެ ޝަރީޢަތް މި ޤައުމުގަ ހިންގަން ފަށާނީ ކޮންދުވަހަކުހޭ؟
ރާއްޖޭގެ ރައްޔިތުންގެ ގެދޮރާއި މުދާ ޙިމާޔަތް ކުރަން ހުވާކޮށްގެން ތިބި ބައެއް ވެރި ކަމުގައި މި ތިބީ އެކަމަކު ކޯއްޗެއް މި ޙިމާޔަތް ކުރަނީ .ވައްކަން ކުރާވަރުން ކުރަނީ . ކުންފުނިތަކުން މުދާ ގެންނަންށޭ ކިއާފައި ރައްޔިތުންގެ ޓެކްސް ފައިސާ މިލިއަނުން ބަނޑުއަޅުއްވައިގެން .ފިލަން ޗާންސް ދެނީ . ރައްޔިތުންގެ މުދަލާ ގެދޮރު އެބަ ޙިމާޔަތް ކުރެވޭތޯ ؟ ވާކަމެއް ހަރާން. ! ކޮމިޓީތައް ހަދައިގެން ނިކަމެތި ރައްޔިތަކަށް ލިބޭ ފައިސާފޮތި ނޫނީ ފްލެޓް ކަރަށް އަތް ބާނާފަ މި ދަމައިގަންނަނީ . އަންމަބެ ހެދިފަ ދިވެހި ރައްޔިތުން ތިބޭ
ކޮތަރު ހާލި ހަދައިގެން ނިދައި ބިސްއަޅައިއުޅޭ ތަނެއް ގެޔެއްގެ ދިޔަދޮތްވާއި ބޭރުފާރާ ދޭތެރޭ އެބަ ހުރޭ. އެތަން ހުރަސްކޮށް ހިނގޭ ވަރެއްނޫން ކޮތަރުނަޖި ހާ ހެދި. ތިޔަވީގޮތުން އެގޭމީ ހުން އެއުނދަގުލުގައި ދެން ހަމަ އުޅެންތާވާނީ. ބޮލަށް ނަޖިސްފޭބިޔަސް ކޮތަރު ހާއްޔަކަށްވާތީ ނަގާކަށް ގާނޫނު ހުއްދައެއްނުކުރޭތާ.
އަހަރެމެން ގޭގެ އޭސީ އައޫޓް ޑޯ ޔުނިޓުގެ މަތީގައި ކޮތަރު ހާލި ހަދާވަރުން މިއުޅެނީ ސަލާމަތް ނުވެގެން. ދެން އެސޮރުމެން އޭގެ މަތީގައި ހާލިހަދާގެން އޭތި މައްޗައް ކޮތަރުސީލާން ދޫކޮއްފަ ބަހައްޓަންތޯ ޖެހޭނީ.. ؟
ނަޝީދު ދޫނިވެސް ހިމާޔަތްކުރަން ފެނޭ
ރާއްޖޭގަ ބަކަމޫނު ހުރޭތަ؟
މަވެސް ތި ކަމާ މި ވިސްނަނީ. 40 އަ ހަރު ވެއްޖެ މަވެސް ދުނިޔެ އަށް އައިސްގެން އުޅޭތާ.
ދުވަ ހަކުވެސް ތީގެ އެއްޗެއް ނުދެކެން ރާއްޖެއިން
މި ގުނބޯ ސަރުކާރުން ގުއިފޯއްޔާ، ހިކަންޖާ، ހައްޕުނޑާ، ޕެޑުވެސް ހިމާޔަތް ކުރާނެ.
އިންސާނުން އެއްވެސް ރަހްމެއްނެތި މަރަމުން ދާއިރުވެސް ހިމާޔަތެއް ނުދެވޭ އެނޫން ހުރިހާ އެއްޗެއް ހިމާޔަތް ކުރެވޭ ކަނޑު ރޯދި ލައްޓި ރާގޮނޑި ކަށްނެލި ކަޅުބިލަމަސްވެސް ހިމާޔަތް ކޮށް ފަރުމަހުގެ ހުރިހާ ބާވަތެއްވެސް ޛިމާޔަތް ކޮށްބަލަ އޭރުން ރައްވެހި ފަތިސް އެޖެންޑަ ގެންނާނެ
މިގޭ މަސް ފެންގަނޑުން މަސް ނުކާށޭ ބުނާތި
ވަރަށް ސާފްކޮށް މިބުނަނީ، އަހަރެމެންގެ ގޯތިތެރެއަށް ވަދެ ފާރާ ފުރާޅާ އެސީ އައުޓްޑޯ ނަޖިސްކުރާ އެންމެ ކޮތަރުގަނޑަކަށްވެސް ނޯންނާނެ ހިމާޔަތެއް. ނިކަން އަރާބަލަ
ތިއެއްޗެހިތަކުގެލިސްޓެއްވެސް ދައްކާލިނަމަ އޮޅުންފިލުވަންފަސޭހަވީސް ؟؟
މިރާއްޖޭގަ ބަކަމޫނު އުޅޭކަމެއް ނޭންގޭ މައުމޫނެއް އުޅޭކަން އެނގެނީ
ބިޗޫ ، ކުރަފި ، މަދިރި ، ނަންނުކަތި ، މަސްކާށިދޫނި ، ލޯފިނދު ، ބަބުރު ، ދޮންދޫނު ، ވަޅުމާރަނގަ ، ކިނބިހިނި ، ހިރުނދުދޫނި ، ސްކޯޕިޔަން ހިމާޔަތްކުރާނީ ކޮން އިރަކުންތޯ؟ ބަކަމޫނު ، ބާޒް ފަދަ އެއްޗެއްސަކީ ރާއްޖޭގަ އުޅޭ ދޫންޏެއްނޫންކަން މިމީހުންނަކަށް ނޭގޭބާ؟ ކޮތަރަކީ މީހުން އޭގެ މަސްކެއުމަށް ގެންގުޅެ އާލާކުރާ އެއްޗެއް! އެވެސް މަނާ .. ހޭބަލިވެދާނެނު؟
މަ ހިމާޔަތް ކުރާނީ ކާކު؟
"އަޅެ މަށަށް ނެތްތަ ހިމާޔަތެއް؟" ބުޅޭ ހިތަށް އެރިއެވެ.
ރަގަޅު