ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ބައްދަލުވުންތައް ބަލާ ނަމަ، މަޝްރޫއުތަކުގެ މައުލޫމާތު ސާފުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިއަދު މަޖިލިހަށް ހާޒިރު ކުރީ ތ. ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ ދުވަހަކާ ބެހޭގޮތުން އެ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލިހަށް ހުށަހެޅުއްވި ސުވާލަކާ ގުޅިގެންނެވެ.
މަޖިލިހުގެ ޖަލްސާގައި އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އައްޑޫގެ ނަރުދަމާގެ މަސައްކަތާއި، ބިން ހިއްކުމާއި މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހާއި ނިމޭނެ ތާރީހެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަސްލަމް ވިދާޅުވީ މަރަދޫ އާއި މަރަދޫފޭދޫގެ މަގުތައް ރީސާފޭސް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ އިރު، އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގައި ދާދި ފަހުން ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއަށް ހަތަރު ކުންފުންޏެއް ޕްރީކޮލިފައިކޮށްފައިވާ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް މިހާރު އޮތީ ޓެންޑަރިން ސްޓޭޖުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ ފަހުގައި އަސްލަމް ދައުވަތު ދެއްވީ އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ރަށްވެހި ފަތިސް ޕްރޮގްރާމްތައް ބެއްލެވުމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރަށްވެހި ފަތިސް އަޅުގަނޑުމެން ބެލީމަ، މި ދުވަސްވަރު ވަރަށް ރަނގަޅަށް ސާފުވާނޭ ރަށްރަށުގެ ޕްރޮޖެކްޓުތަކުގެ ސްޓޭޓަސް ހުރި ގޮތް. ދާދި ފަހުން އަޅުގަނޑުމެން އައްޑޫ ސިޓީގެ ތި ކުރެއްވި ހުރިހާ ސުވާލެއްގެ ޖަވާބެއް ވާނީ އަރުވާފަ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކައަށް ތާއީދު ކުރައްވައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން ނޫސް ނުވަތަ ހަބަރު ކަނުލާ އަޑު އެއްސެވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އަސްލަމްގެ ވާހަކަތަކާ ގުޅިގެން ޝަރީފް ވަނީ ނުރުހުން ފާޅު ކުރައްވައި ނިޒާމީ މައްސަލައެއް ނަންގަވައިފައެވެ. ޝަރީފް ވިދާޅުވީ ގާނޫނުއަސާސީއާއި މަޖިލިސް ގަވައިދާ އެއްގޮތަށް މެމްބަރުން ކުރައްވާ ސުވާލުތަކަށް ވަޒީރުން މަޖިލިހުގައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. މި މައްސަލައިގައި ޝަރީފް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި މަޖިލިހުގެ ތަޅުމުގައި އަޑުގަދަ ވެސް ކުރައްވާފައިވެއެވެ.
ޝަރީފް ވިދާޅުވީ ސުވާލު ކުރުމުން ރަށްވެހި ފަތިސް ބަލާށޭ މިނިސްޓަރަށް ވިދާޅުނުވެވޭނެ ކަމަށެވެ. އަސްލަމް ވިދާޅުވީ ރަށްވެހި ފަތިސް އަށް ހަވާލާދިން ނަމަވެސް މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދީފައިވާނެ ކަމަށެވެ.
އަނެއް ދިވެހިރާއްޖެވެސް ބެލިން. ޖަޒީރާ ރާއްޖެވެސް ބެލިން. ކަން ކަން ކުރާނީ ދިމާ އިދިކޮޅައް. ބަހާ އަމަލަކާ ދިމައެއް ނުވޭ. ތިޔަ ކިޔާ ފަތިހައް ހޭލެވުނީމަ ވާނީ އަލީ ވަހީދައް ވާހެން.
ރަށްވެހި ފަތިސް ފިލްމު 3ޑީ ކޮށް ބެލިޔަސް އެއީ ހަގީ ގަތެއް ނޫން ދޯ
މަޝްރޫއު ތަކުގެ މަޢުލޫމާތު ކީއްވެ ހަމައެކަނި ރަށްވެހި ފަތިހުގަ ދައްކަންވީ؟ މިޤައުމުގަ އުޅެނީ ހަމައެކަނި އެމް.ޑީ.ޕީ މީހުންނެއް ނޫނޭ. ކޮން ދުވަހަކުންބާ ހުރިހާ ރައްޔިތުންގެ ރައީސެއް މިޤައުމަށް ލިބޭނީ
އީސީ އަށް ގޮވާލަން ކޮށްމެ އަހަރަކު ކޮށްމެވެސް އެއް އިންތިހާ ބެއް ބޭއްވޭ ގޮތަށް އިންތިހާބުތައް އިންތިހާބުތައް އެރޭންޖް ކުރަން އޭރުން ރަށް ތަކާ އަތޮޅު ތައް ތަރައްގީ ވާނެ
ކަލޯ އަސްލަމް ތި ކިޔާ ފަތިސް ނުވެގެން ދޯ މި ޤައުމު ބޭރުގެ ޤައުމަކަށް ވިއްކާ ހުސް ތި ކުރަނީ؟ ތިބުނާ ފަތިސް ވެ އަލި ވެއްޖެއްޔާ ހިޔެއް ނުވޭ މި ވެރިކަން އިތިރު އެއްމެ ދުވަހަކަށް ދެމިގެން ދާނެހެނެއް؟ މާނަޔަކީ ތި ފަތިހެއް ވިޔަ ނުދޭނޭ އެމް.ޑީ.ޕީ ބައި ގަނޑު.
ދޮންކަލޯ އެއީ ޚިޔާލީ މަޝްރޫއުތަކެއް، ތިބުނާ މަޝްރޫޢުއެއް ހިނގާތަނެއް ފެންނަމީހަކުނެތް، އަހަރެމެންރަށުގައިވެސް އެތައް މަޝްރުޢެއް ހިންގާ ވާހަކައެއްކީ، އެކަމަކު އެއީ ކުރީ ސަރުކާރުން ފަށައިގެން ހިނގަމުންދިޔަ މި މީހުންއައިސް ހުއްޓުވާފަ އޮތް މަޝްރޫޢުއެއް.
ފަތިސް ހަނދުވަރުތޯ؟ ތި ފަތިސް ބަލަންވީ ތިރިންތަ އަޑިންތަ މަތިންތޯ އަރިމަތިންތޯ .ސަޅިބައިސާ
ޖިންނި ޖިނާ ވެސް ބެލިން
ކޮންމެ މީހަކުވެސް ހިނދުކޮޅު އައިއްސަ ކިޔޭ ނުކިޔޭ ނޭންގެ ކީއްކުރާނީ ކަމެއްނުކުރެވުނީމަ ދަޅަދައްކަން އޭތިބަލާ މީތިބަލާ މީހަމަ ނާބިލްކަން ފޮރުވަން
އެއްކަމެއްވެސް ނުވާނެ ތިފަތިސްވެގެން އިރުއަރާއިރުއޮއްސޭނެ ދުނިޔެ އަމަށުންއޮންނަހާހިދަކު މެމްޑީޕީ ހުންނައް ހުސް ސަޅިބައިސާކަޑަން އެގޭނީ
ރައްޔިތުން ގަބޫލެއް ނުކުރޭ. ބިލާހެކޯ
ޙުވާ ހީހީ ހަލާކުވާވަރުވެ
ފުދިއްޖެ ފުދިއްޖެ....އިތުރަށް ފެންނާނެ އެއްޗެއްނެތް...ސަލާން.
ތިޔައީ ކެހިވެރިފަތިސް. މީގެކުރުންވީ ވައުދު އެހެރީ މުޅަވެފައި! އެއުކާލަދޭނެ މީހަކުވެސް ނުވި!
ހަ މަ ހުސް ފޮނި ވާހަކަ