މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެއްވެސް ރިސްކެއް އޮތް "ޕެއަރ އެއް" ގުޅިފައިވާ ޕާޓީތަކުން ނެރުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމް މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރިސްކެއް އޮތް ޕެއަރ އެއް ނެރޭނަމަ އިއްތިހާދުގެ ވެރިކަމެއްގައި މުހިންމު މަޤާމުތައް ދެއްވަން ފެންނަ ބޭފުޅުންގެ ނަންތައް ހާމަކޮށްފައެވެ.

ޤާސިމް އިބްރާހިމް ހުށަހެޅުއްވީ ރަޢީސުލްޖުމްހުރިއްޔާ ކަމުގެ މަޤާމަށް ރައީސް މަޢުމޫން، ނައިބު ރަޢީސްކަމަށް ރައީސް ނަޝީދު، މަޖިލިސް ރައީސް ކަމަށް ޤާސިމް، މަޖިލީހުގެ ނައިބު ރަޢީސް ކަމަށް އިބްރާޙިމް މުޙައްމަދު ޞާލިޙް، ހޯމް މިނިސްޓަރ ކަމަށް އިމްރާން އަދި ޑިފެންސް މިނިސްޓަރ ކަމަށް ނާޒިމްގެ ނަންފުޅެވެ.

"ނަމަވެސް ހިތާމައަކީ އަދުގެ ހާލަތު ބަދަލު ނުކުރެވޭނެ ކަމެވެ. މަޢާފު ކުރައްވާށެވެ. މި ޙަޤީޤަތް ޤަބޫލު ކުރަން ކިތަންމެ ދަތިވިޔަސް މިއީ މިއަދުގެ ހާލަތެވެ. ބައެއް ޤައުމު ތަކުގައި، ލީޑަރުންގެ ޑުރައިވަރަށް ކެންޑިޑޭޓްކަން ދީގެންވެސް ހާލަތު ބަދަލު ކުރީ އެކަންވާން އޮތީ އެގޮތަކަށް ކަމަށްވާތީ ނޫންތޯއެވެ." ޤާސިމް ވިދާޅުވިއެވެ.

ޤާސިމްގެ ބަޔާނުގައި ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާނެ ބޭފުޅެއްގެ އިތުރުން ސަރުކާރާއި މަޖިލިސް ޙިއްސާ ކުރާނެ ގޮތެއް ކުރިޔަށް އޮތް ދުވަސްތަކުގައި ނިންމެވުމަށް އިދިކޮޅު ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. އަދި ޖުމްހުރީ ޕާޓީ އޮތީ އަމިއްލައަށް ވާދަ ކުރާ ފަރާތެއް ނުވަތަ ޕާާޓީއަކުން ވާދަ ކުރާ ފަރާތަކާއި މަޝްވަރާ ކުރުމަށްފަހު ހައްލު ހޯދުމަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކާއެކު ވެސް އަދި އަމިއްލަ ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ އެކުވެސް މަޝްވަރާކޮށްގެން ވެސް ހައްލު ހޯދަން ތައްޔާރަށެވެ." ޤާސިމްގެ ބަޔާނުގައިވެއެވެ.

ޤާސިމް މިރޭ ކުއްލިއަކަށް ނެރުއްވި ބަޔާނަކީ އެމަނިކުފާނުގެ ނަންފުޅުގައި ގުޅިފައިވާ އިއްތިޙާދުގެ ކޯލިޝަން ބައިވެރިންނަށް، އެމަނިކުފާނާއި ޖުމްހުރީ ޕާޓީއަށް ޤަބޫލު ކުރެވޭ ގޮތާއި ޝުޢޫރުތައް ޙިއްސާ ކޮށްލަން ކަމަށްވިދާޅުވެ ނެރުނު ބަޔާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޛޖގ

  ވެރިކަމަށް އަންނަ މީހެއްގެ ކިބައިގައި ހުންނަ ޝަރުޠުތަކުގެ ތެރެއަށް "ޖަލުހުކުމެއް ތަންފީޒުކުރަމުންދާމީހެއް" އަދި "ގައުމަށް ގައްދާރުވުން" މޮގޮތަށް ލުމަށްފެނޭ. ޖަލަށް ގެޅިމަ ހީވަނީ ތިަމަންމެން ދެން ވެރިކަމަށް ކުފޫހަމަވީއެ

 2. މަވެސް ޖޭޕީ

  ގާސިމަކީ މިގައުމައް ޖެހިފަހުރި ބޮޑު މުސީބާތެއް

 3. މަލަކުރި

  ޤާސިމް އިބްރާހިމް ހުށަހެޅުއްވީ ރަޢީސުލްޖުމްހުރިއްޔާ ކަމުގެ މަޤާމަށް ރައީސް މަޢުމޫން، ނައިބު ރަޢީސްކަމަށް ރައީސް ނަޝީދު، މަޖިލިސް ރައީސް ކަމަށް ޤާސިމް، މަޖިލީހުގެ ނައިބު ރަޢީސް ކަމަށް އިބްރާޙިމް މުޙައްމަދު ޞާލިޙް، ހޯމް މިނިސްޓަރ ކަމަށް އިމްރާން އަދި ޑިފެންސް މިނިސްޓަރ ކަމަށް ނާޒިމްގެ ނަންފުޅެވެ.

  މި ޓީމަށް ވާދަކުރެއްވިއްޔާ ޔާމީން ބަލިވެގެންދާނީ %17 އިން

 4. ޙަފްޞާ/މާލެ

  ރައީސަކަށް ޢިމްރާނު ، ނައިބްރައީސަކަށް މައުމޫނު ، ޑިފެންސްމިނިސްޓަރަކަށް އިބޫ ، މަޖްލިސްރައީސަކަށް ޤާސިމު ވަރެއް ނޯންނާނެ! އެކަމަކު ދިވެހިން މިފަހަރު ތިބީ އެއްލަކިން ރައީސް ޔާމީން ހޮވަން ތައްޔާރުވެގެން! ދވެހިންނަށް ވަރަށް ރަގަޅަށް އެބަފެނޭ ، އެނގޭ ރާއްޖޭގެ ބާރު ދުވެއްޔާ ތަރައްޤީއާ އިޤތިޞާދުގެ ހަރު ދުވެލި! ޙާލަތު ބަދަލުވެްޖެއްޔާ އަލުންވެސް ވާނޭގޮތް!

 5. ޜަސީދު

  ގާސިމު މަޖިލާހުގެ ރައިސް ސަކައް ކޮންމެ ހެން އައުމުގެ ބޭނުމަކީ ކޮބައިބާ

 6. ވަހީދު

  ހާދަހާ ޖަމީލުގެ ލިއުއްވުމެކޭ ވައްތަރޭ!