ކޮވިޑް-19 އިން ދިފާއުވުމަށް ޖަރުމަންވިލާތުގެ ބައޯއެންޓެކް އާއި އެމެރިކާގެ ފައިޒާ ގުޅިގެން އުފައްދާފައިވާ ވެކްސިން ، މާލޭގައި ދިރިއުޅޭ 16 އަހަރާއި 17 އަހަރާއި ދެމެދުގެ ހާއްސަ ބަލިތަކުގެ ކުދިންނަށާއި، އަދި ހާއްސަ ބަލިތަކަށް ފަރުވާ ދޭ މީހުންނަށް ދޭން ނިންމައި، މި ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުޅުވާލައިފިއެވެ.

މި ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެން ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މި ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށާއި، ފައިޒަ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ.

މި ވެކްސިން ދޭން ނިންމާފައި ވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ.

އޭގެތެރޭގައި ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި، ޑަޔަލަސިސް ގަވައިދުން ހަދާ މީހުން، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނާއި އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ މީހުން ހިމެނެއެވެ.

އަދި މި ވެކްސިން އަކީ އުމުރުން 16 މަތީގެ އުމުރުފުރާތަކަށް ދެވޭ ވެކްސިނަކަށް ވާތީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިފަދަ ފަރުވާއެއް ނުވަތަ ބައްޔެއް ޖެހިފައިވާ އަދި ބޭހެއް ބޭނުން ކުރާ ކުދިންނަށް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބުއްޅަބޭ

    ޑޑަޔަލިސިސް ހަދާ އެންމެން މިހާރު ވެކްސިންޖަހާ ނިމިއްޖެ!

    13
  2. ރައްޔިތުމީހާ

    ތި ވެކްސިން އަތޮޅުތެރެއަށް ދާނެތަ؟

  3. އިބިލީސް

    މޮޅު ނޫސްބަޔާން ނެރެފަ މަތިފަޑީގައި ތޮބޭ މީހުންގެ އާއިލާއާއި ރޯޔަލް މީހުންގެ ގަޔަށް ޖަހާ ނިންމާލާ. އޭރުން ތިހިރީ ނިމިފައި

  4. ހާލުފޮޅި

    ތި ގެންނަން ވާއިރަށް މަޖުބޫރުން ގަދަ ބާރުން ހާއްސަ މީހުނާ ހާއްސަ ނޫން މީހުން ގެންގޮސް ވެކްސިން ޖަހައި ނިންމައިފި.. ތި ގެނައީ ވަކި ބައެއްގެ ގަޔަށް ޖަހާކަންނު ދޯ؟ އަހަރެމެނަށް އިނގޭ ތިބުނާ ހާއްސަ މީހުން... އެމީހުން ގަޔަށް ޖަހާ

    10
  5. ނަޓުރޭ

    ތި ދެން ޖަހާނެކަމެއްނެތް!! ކޮވިޑް ހިނގައްޖެ!

    4
    1
  6. މޯދި

    ދިވެހިރާްއްޖޭގެ ހުރިހާ ރައްޔިތުންނައް ދޭން ޖެހޭނީ ތިޔަ ވެކުސިނެވެ. ރައްޔިތުންގެ ޓެކުސް ފައިސާކޮޅު ދިރުވާލުމައްފަހު ރަގަޅު ވެކުސިނެއް ދޭންވީމަ ރައްޔަތު މީހާޔައް މިދެނީ ބަޔަކުހިލޭބަހާ އާދައިގެ ވެކުސިން ކޮޅެކެވެ

    10
  7. އަލީ

    ބަލަ ޑރ އާތިފް ދަށްކަނީ ހަމަ ރަނގަޅު ވާހަކަ

  8. ފާއިޒާ

    ތީގރ ޓެމްޕްރޭޗަރ ބަދަލުވަމުންގޮސް މިހާރު ހުންނާނީ ހަލަކުވެފާ ނުޖަހާނަން

  9. އައްޑޫ މީހާ

    ތި އވަހަށް ތިގެނައީ ވެރިންނަށް ދޭންވެގެން