ހަލުވިމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި އެކު އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ މީހުން ކޮވިޑްގެ ނުރައްކާތެރި ބަލިމަޑުކަމަށް ހުށަހެޅެމުންދާ ދަނޑިވަޅެއްގައި، މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް މާލެ ސަރަހައްދުގައި އެޅިފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ވަނީ ލުއިތަކެއް ދީފައެވެ. އެކަމަށް ފާޑުވިދާޅުވެ، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން ވަނީ ޓްވީޓް ކުރައްވާފައެވެ.

ރައީސް މައުމޫން ވަނީ ލުއި ދިން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލާފައެވެ. އަދި ބަލީގެ ހާލަތު އިތުރަށް ގޯސް ނުވަނީސް ކުރީބައިގައި ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފިޔަވަޅުތަކަސް ލުއިދީފައި ވަނީ އިއްޔެ އެވެ. އެ ލުއިތައް ދިން ދުވަހު ރާޢްޖެ އިން ރެކޯޑް އަދަދަކަށް ވަނީ ވޭދަނަތައް ފެނިފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 300 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ....

    ލުއި ދިނީ މާލޭ ސަރަހައްދަށް....މިވަގުތު ގިނަ ބަޔަކު ޕޮސިޓިވް ވަނީ މާލެ އޭރިޔާ ނޫން އެހެން ރަށްރަށުން...މިގޮތަށް ބަލާނަމަ ފިޔަވަޅުތައް ނުރަނގަޅުކަމަށް ނިންމޭކަށްނެތް...އެހެން ނޫނަސް އާންމުންގެ މާލީ ހާލަތަށް ބަލާނަމަ އަޅާފަ ހުރު ފިޔަވަޅުތަކަށް ދޫދީ އެހެން ވިސްނުމަކަށް ދިއުން މާ ބޮޑަށްވެސް ލަސްވެއްޖެ....ކޮވިޑްއިން ސަލާމަތްވާނޭ ގޮތެއކަމުގައި ލޮކްޑައުން ވާތީ ނުފެނޭ...ކުރާ ނަމަ ކުރަންވީ ލޮކް ޑައުން ނެއް ނޫން ...ކޮވިޑްއަކީ ނުރައްކާތެރި ބައްޔެއނަމަ ކުރެވިދާނެ މާ ނަތީޖާހެޔޮގޮތްތައް ތާރީީހުން ފެނނަށް ހުރި އިރު ކީއްކުރަންކުރާ ލޮކްޑައުންނެއްބާ...ލޮކްޑައުންގެ ސަބަބުން ސަރުކާރަށް އެހީތަކެއް ލިބުނު އިރު ރައޔިތުން ދަނީ ހަނާވަމުން...އެ އެހީތަކުގެ ބޭނުނ ސަރުކާރުނ ކުރަމުންދާތަން މިފެންނަނީ ކެމްޕޭނެއްގެ ގޮތުގަ...ސީދާ ރައްޔިތުމީހާ އަށް ލޮކްޑައުންގެ ސަބަބުން ގެއލުންވެގެންދިޔަ ތަން ފޫބެއްދޭނެ އެއްވެސް ކޮޅެއް އެ އެހީތަކުން ފެނިގެންނުދާކަމީ ލަދުގަންނަންޖެހޭ ކަމެއް....ޓާފް ދަނޑުހެދުމާއި އަދިވެސް މިކަހަލަ ފުދޭ މުޖުތަމައުއެއްގަ ހުންނަ ކަންކަން ނުފުދިއޮތް ފަގީރު މުޖުތަމައުގައި ބިނާކުރާތަން ފެނިގެން ދިއުން އެއީ ރައްޔިތުންނަށް އޮޅުވާލާކަމުގެ ހެއްކަކަށްފުދޭ...ހެޔޮވެރިން ތިބި ގައުމެއްގައި އެންމެ ދެރަ މީހާއާއި އެންމެ މޮޅުމީހާ އާއި ހުންނަ ތަފާތު ބޮދުވާތީ ނުފެންނާނެ.. އެ ތަފާތު ބޯޑުކޮށް ފެންނަ ނަމަ އެގައުމެއްގެ ވެރިން ރައްޔިތުންނަށް ހަރާންކޯރުވަނީކަން ސާފުވީ އެ

    16
    5
  2. ޝުކުރިޔާ

    އަދި މުޅިން ލުއިދިނީކީނުން މިވޯޓައްވީމަ ކޮންމެސްގޮތެއްހަދާލީ އަދިފަހުން ފިޔަވަޅުތައްވަރުގަދަކުރާނަން

  3. ކާލި

    މަނިކުފާން ފާޑުކިޔާ އެންމެ ކަމެއް މިޤައުމުގައި އޮންނަނީ އެއީ "ބަނގުރާ އުފުލުން" ނުންތޯ ؟