ހއ. އިހަވަންދޫގައި މިހާރު އޮތް ކައުންސިލް ދޯދިޔާވެ، ފެންނަނީ ވަކި ކަމެއް ހާސިލު ކުރުމުގެ ނިޔަތުގައި މަސައްކަތް ކުރާ މަންޒަރު ކަމަށް ކައުންސިލްގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވާފައިވާ އަހުމަދު ރިލްވާން ރޭ ވިދާޅުވެއްޖެއެވެ.

ކައުންސިލަށް ކުރިމަތިލައްވާ މެމްބަރުންނާ އެކު އިހަވަންދޫގައި ބޭއްވި ބައްދަލުވުމުގައި މިހާރު ވެސް ރަށު ކައުންސިލްގެ މެމްބަރު ކަން ކުރައްވާ ރިލްވާން ވަނީ ކުނީގެ މައްސަލައަކީ އިހަވަންދޫގެ ރައްޔިތުންގެ ޝަކުވާއަކަށްވާ އިރު، މިއަދާ ހަމައަށް އައިއިރު މައްސަލައަށް ހައްލު ލިބިފައި ނުވާ ކަމަށެވެ.

ރިލްވާން ވިދާޅުވީ، 2017 ވަނަ އަހަރު އެމްޑީޕީ ކެންޑިޑޭޓުން ވައުދުވެފައިވާ އެންމެ ބޮޑު އެއް ވައުދުގެ ތެރޭގައި ކުނިގޮނޑުން އަރާ ދުން، ނިމުމަކަށް ގެނައުން ހިމެނޭ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު، އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިހަވަންދޫ ކުނިގޮނޑަށް ދުވާލެއްގެ މައްޗަށް 14 ޕިކަޕުގެ ކުނި ޖަމާ ކުރެއެވެ. ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުން އަންދާ ކުނީގެ ދުން އާންމުން ދިރިއުޅޭ ގެތަކާ ހަމައަށް ފޯރުމުގެ ސަބަބުން ސިއްހީ އެކި ކަހަލަ މައްސަލަތައް ދިމާވާ ކަމަށް ވެސް ރިލްވާން ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލްގެ މެމްބަރު އަހުމަދު ރިލްވާން (މ) ވާހަކަ ދައްކަވަނީ.-- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

"އެސަރަހައްދުގައި ވަށައިގެން ގާތްގަނޑަކަށް 100 ފޫޓު ކައިރީގައި ގެތައް އެބަހުރި. ހުރި އިރު، އެ ސަރަހައްދުގެ އާންމު ސިއްހަތު ހާލަތު ވަރަށް ބޮޑަށް ދަށް. ޑޮކްޓަރަށް ދައްކާ ނިސްބަތަށް ބަލާއިރު، އެ ސަރަހައްދުގަ އެ ތިއްބެވި ފަރާތްތައް ކެއްސުމާއި ލޮލަށް އުނދަގޫވުން ނުވަތަ ސިއްހީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވޭ، އެ ތަކުލީފު އުފުއްލާތާ ގާތަގަނޑަކަށް 15 އަހަރު ވަނީ" ރިލްވާން ވިދާޅުވިއެވެ.

ރިލްވާން ވިދާޅުވީ، އެ ބޭފުޅުންގެ ކައުންސިލެއްގައި އެމައްސަލަތަކަށް ވަގުތީ ހައްލެއް ގެނެސް ދާއިމީ ހައްލެއް ގެންނަން 3000 އަކަފޫޓުގެ ބިމެއް ރަޖިސްޓްރީ ކުރައްވާނެ ކަމަށެވެ. އަދި އިރުދެކުނު ފަރާތުގައި ޒަމާނީ ފެންވަރަށް މި ކުނިގޮނޑު އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރިޟްވާން ވިދާޅުވިއެވެ. މިހާރު ގެންދާ ކުނީގެ ތެރޭގައި ފައިބަރު ހިމެނޭތީ އޭގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގާސިމު

    ކޮބާކަލޯގެ ޒިންމާ

    4
    2
  2. ރީން

    އެހެންވީއިރު ޖިޒޭވެސް ތިވަނީ ފެއިލްވެފަ..ތީނަ އިހަވަންދޫއައް 5އަހަަހހލހަހހހހރު ކޮއދިންކަމެއްް ބުނެބަލަ.. ތީ ދެބާފުތްކެއް، ތިކަހަލަމީހުންނައް ވޯޓްލާނީވެސް މޮޔާން.

    9
    2
  3. ސާނީ

    އެ ތަކުލީފު އުފުއްލާތާ ގާތަގަނޑަކަށް 15 އަހަރު ވަނީ" ރިލްވާން ވިދާޅުވިއެވެ.
    އެއްކަލަ މޮޅު 5 އަހަރުގަ ކީއްކުރީ ދެން؟

    5
    2
  4. Anonymous

    އެންމެ މީހަކަށް ބޮޑު މައްސަލައެއް ހައްލެއް ނުކުރެވޭނެ އެހެން މީހުން އެއްބާރުލުން ނުދެންޔާ