ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކުރުމާ އެކު، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށް، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

އެއާ އެކު އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން ވަނީ އިންތިހާބަކާ ނުލައި އެ ދާއިރާ އަށް ހޮވިފައެވެ.

މިއީ އިންތިހާބުގެ ކުރިން ރައީސްކަމުގެ މަގާމަށް އަހުމަދު ރީހާން އިންތިހާބު ވެފައިވާކަން އީސީން އިއުލާންކުރި ދެ ވަނަ ފަހަރެވެ.

އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާންކުރީ، ހަސަން މޫސާގެ ކެނޑިޑެންސީ އީސީން ބާތިލު ކުރުމަށްފަހުއެވެ. ނަމަވެސް ކެންޑިޑެންސީ ބަލައިގަތުމަށްފަހު އެ ކޮމިޝަނަށް އަމިއްލައަށް ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށާއި، އަދި ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓަށް އެކަނި ކަމަށް ހުކުމް ކުރުމުން އީސީން އޭރު ވަނީ އަލުން ހަސަންގެ ކެނޑިޑެންސީ އަނބުރާ ދީފައެވެ.

ހަސަންގެ ކެންޑިޑެސީ އަލުން ދިނުމަށް ފަހު އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅިއެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު ހަސަން މޫސާގެ ކެންޑިޑޭސީ ބާތިލް ކުރީ މިދިޔަ ހަފްތާގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ވޯޓަކާއި ނުލާ ހޮވުނަސް ރައްޔިތުން އުފާކުރަން ޖެހޭ ކަމެއް ނޫން މީ . އެމްޑީޕީ އަކީ އޭގެން އެއްވެސް ފައިދާ އެއް ނުކުރާ ގެއްލުމެއް ނުދެވޭ ރީނދޫ ކުލައިގެ ގެރިއެއް އެއަށް އަޅުކަން ކުރާ މީހުނަށް އެކަން އެނގޭނެ . ފުރަތަމަ ވެރިކަމަށް އައިސް ކަނޑު އަޑީގައި ކެބިނެޓް މީޓިންގ ބޭއްވި . ދެން ކެބިނެޓް އެއްކޮށް އިސްތިޢުފާ ދޭން އެންގި. ދެން މީނަ އިސްތިޢުފާ ދިން ދީފައި ބުނީ ޗުކީޔޯ އެއީ ބަޣާވާތެކޯ . މާ ވިސްނޭ މީހަކަށް ހެދިގެން އުޅުނަސް މީނަގެ ސަބަބުން މި ރާއްޖެ އަށް އައި އެއްވެސް ތަރައްޤީ އެއް ނެތް . ރައްޔިތުންގެ ފައިސާ ރައްޔިތުން އަތުން ނަގާފަ ދީފަ ބުނަނީ ތިމަންނާގެ ހެޔޮ ފުޅުކަމުން ދިން އެއްޗެކޭ . މީނަގެ ވިސްނުން ހުރީ ރައްޔިތުމީހާ އަށް ދަނޑުބިން ނުވަތަ ލޯން ދީގެން މަސައްކަތެއް ކޮށް އަމިއްލައަށް ފުދުންތެރި ވާން އެހީތެރިވެ ދިނުމެއް ނޫން . ސަލާން ޖަހާ މީހުން ގިނަ ކޮށްފައި ޕާޓީއަށް ވޯޓް ހޯދުން. އެތިއަރީގެ ދަށުން މުސްކުޅިން ނަށް 5 ހާސް ދީފައި އޭގެ ބަދަލު ގައި ވިހި އަހަރު ވުމުން ކުރިން ލިބޭ ޕެންޝަން 65 އަހަރު ވީމަ ލިބޭގޮތަށް ހެދީ . މިހެން ހެދީފާ ކިއަވައިގެނަ ނުކުންނަ ކުދިންނަށް ހުސްވާން ހުންނަ ވަޒީފާ އޮންނަނީ 65 ވަންދެން ބަންދުވެފަ
    މުސްކުޅި މީހާއަށް ދޭ 5 ހާދް ރުފިޔާ ޕެންޝަން ފަންޑަށް ޖަމާކޮށްދޭން 65 އަހަރު ވަންދެން ރައްޔިތުމީހާ ވަޒީފާގައި އުޅެން ޖެހޭ . ރައްޔިތު މީހާ މިވަނީ މީނަ ކިރުފެލާ ގެރިއަކަށް މި ހެން ހެދުމުން އަނެއްކޮޅުން .ޙިލޭ ޑިގްރީއަށް ކިއަވައިގެް ނުކުމެ ޒުވާނުން ވަޒީފާ ނުލިބި ސަލާން ޖަހަން މި ޖެހެނީ . މުސްކުޅިން އެ މީހުންނަށް 5 ހާސް ދޭތީ ވޯޓް ދެނީ ޒުވާނުން ހިލޭ ޑިގްރީ އަށް ކިއެވޭތީ ވޯޓްދެނީ 5. ހާސް ދެނީ މީނަގެ ޖީބުންނެއް ނޫނޭ . ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކުން 6 ރުފިޔާ ސަރުކާރަށް އެބަ ނަގައޭ .ރައްޔިތުން މަސައްކަތް ކޮއްގެން އެއްކުރާ ޕެންޝަން ފަންޑު އެބަ ހުލިވެޔޭ . މުއްސަނދި ވަނީ ކްލިނިކް ތަކާ ފަޑައްކު ބޭސް ގެނެސްގެން އަގުބޮޑުކޮށް ވިއްކާ ފާމަސީތައް . ވަޒީފާ ނުލިބޭ ސެޓްފިކެޓް ދޭ ކޮލެޖްތައް . ރައްޔިތު މީހާއަށް ވެނުމަސް ވެނަށް ކާންދީފައި ކްރެޑިޓް މި ނަގަނީ މީނަ

    16
    1
  2. ޙައްގުބަސް

    މިއީ ރަގަނޅު ގޮތެއްނޫން! ރައްޔިތުންގެ ވޯޓަކުން މަގާމަށް އާދެވެން އޮންނަ ކަމެއްގަ އެއްވެސް މީހަކު ރައްޔިތުން ލާ ވޯޓަކުން މެނުވީ ހޮވިގެންނުވާނެ!! މިކަން އެބަޖެހޭ ރަގަނޅުކުރަން!! މިއީ އިންސާފުން ހިނގާކަމެކޭވެސް ނުބުނެވޭނެ!! އޭނާ އާއެކު ކުރިމަތީނެ މީހަކު ނެތަން ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭނެ!! އޭނާ ވާދަކުރާ ދާއިރާއިން ވޯޓް ލާ މީހުންގެ 51 ސައްތަ ލިބުނީމަ ހޮވެންޖެހޭނީ!! އެއަށްވުރެ ދަށުން ވޯޓް ލިބިއްޖެނަމަ އޭގެއިން އެގިގެންދާނީ ރައްޔިތުންގެ ތާޢީދެއް ނެތްކަމަށް!! އެޙާލަތުގައި އިލެކްޝަންއިންޖެހޭނީ އެދާއިރާ އަލުން އިއުލާންކޮށް ކުރިމަތިލާން ފުރުސަތު ހުޅުވާލާ އެދާއިރާގެ އިންތިޚާބެއް ބާއްވަން!! އެމްޑީޕީއަށް ވެރިކަން ރައްޔިތުން ދީފި!! ރައްޔިތުންގެ މަޖްލީހުގެ ސްޕަ މެޖޯރިޓީ ރައްޔިތުން ދީފި!! ވީކަމެއް ކުރިކަމެއް ނެތް!! ރައްޔިތުން އުޅެން މިޖެހެނީ ކުރިއަށްވުރެން ހާލުބޮޑުކޮށް!! ގައުމު ހަލާކުކޮށްލައިފި!! ގައުމުގެ އިގުތިސޯދު ފުނޑާލައިފި!! ވައްކަން އިންތިހާއަށް ކުރަނީ!! ފަޅާއެރީމަ އެކަން ފޮރުވަން މަތިއަޅަން މަސައްކަތްކުރާތަން ރައްޔިތުންނަށް ފެންނަނީ!! މިއީ މިއަދު އެމްޑީޕީގެ ސަރުކާރުގެ ޙާލަކީ!! މަޖްލީހުގައި ތިބި އެމްޑީޕީ މެމްބަރުންގެ ޙާލަކީ!! ރައްޔިތުން އެމްޑީޕީ ދެކެ ފޫހުވެއްޖެ!! މިހެން އޮތްވާ ރައްޔިތުން ނޭދޭގޮތަކަށް އޮޓަމެޓިކުން އެމްޑީޕީގެ މެމްބަރުން ހޮވުން އެއީ ރައްޔިތުން ބޭނުންވާ ގޮތެއްނޫން އަދި މިހާރު މިގައުމުވެސް ބޭނުންވާގޮތެއްނޫން!!

    44
    3
  3. ދޮންކަލޯ

    ތިކަހަލަ އެއްޗެއް އުތީމުގައި ވެސް ހަދަންވެގެން އުޅުނު ތީ އެމް،ޑީ،ޕީ ލާދީނީ މީހުންގެ ވައްތަރު

    35
    3
  4. ޙުއްތު

    ޜައްވެހިފަތިސް ސުޕުރިމް ކޯޓު

    27
    3
  5. ވަތަނީ

    ވަރަށް ދެރަވަރު އަދި ހިތާމަ ހުރި ކަންތައްކެވެ އިދިކޮޅު
    ކެނޑިޑޭޓުން އިންތިޚާބަށް ތައްޔާރުވާއިރު އެބޭފުޅުން
    ސަރުތު ހަމަވޭތޯ ބައްލަވަން ވާނެއެވެ ފަ ހުގުތުގައި
    ކެނޑިޑެންސީ ބާތިލް ވުމަކީ ޕޕމ އަށާއި ގައުމަށް ލިބޭ
    ވަރަށް ބޮޑު ގެއްލުމެކެވެ.

    28
    2
    • ނަން

      ކުފޫ ހަމަނުވާ ޕާޓީއެއްގަ ކުފޫ ހަމަވާ ކެންޑިޑޭޓަކު ނުހުންނާނެ...

      6
      4
  6. އެހެން💪

    ނޯނޭ އޭނާ ހަމަ ވި ހި ތަނާ އެ ހޮވުނީ😒

  7. ފިނޑި

    ދެންކީއްކުރަންލާވޯޓެއް މަޖްލިސް އިންތިޚާބާ ރިޔާސީ އިންތިޚާބު ދަމައިގަތްގޮތައް ހުރިހާކައުންސިލްވެސް ރައްޔިތުން ތިމަންނަމެނައް ދީފިޔޭބުނީމަ ނިމުނީނު

    10
  8. ތތތތ

    ވޯޓަކާ ނުލައި ހޮވެންޏާ، ތިޔައީ މާ ރަނގަޅު ގޮތެއް

    10
  9. މިއަދު

    ތިހުރީ ލާމަރުކަޒީޤާނޫނަށް ގެންނަންޖެހޭބޮޑެތި ބަދަލުތަކެއް އެއްވެސްމީހެއްގެ ކެންޑިދެންސީ ބަލައިގަތުމަށްފަހު އިންތިޚާބުގެކުރިން އެކެންޑިޑެންސީ ބާޠިލުކުރެވޭނެ އެއްވެސް ހަމައެއްއޮވެގެންނުވާނެ ޝަރުޠު ހަމަނުވާމީހެއްގެ ކެންޑިޑެންސީ ބަލައިގަތުމަކީވެސް ކުރެވިގެންވާނެކަމެއްނޫން އޭނާގެ ކެންޑިޑެންސީ ބަލައިގަތުމުގެސަބަބުން އެގޮނޑިއަށް ކުރިމަތިލާން ތިބި އެތަށްބައެއް އެފުރުސަތު ދޫކޮށްލާ އެކެންޑިޑޭޓަކަށް ތާއިދުކުރީ އެއަށްފަހު ކުރިމަތިލުމުގެ ފުރުސަތު ނެތި ތިކެންޑިޑޭޓުގެ ކެންޑިދެންސީ ބާޠިލުކުރުމުގެކުރިން އެކެންޑިޑޭޓުގެ ކެންޑިޑެންސީ ބަލައިގަތްމީހެއްގެ މައްސަލަ ބެލެންޖެހޭނެ ތިގޮތަށް ދެންޑިޑެންސީ ބާޠިލުކޮށްފިނަމަ އެދާއިރާއަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލަން ޖެހޭނެ ތިގޮތަށް ތިނަގާގޮނޑިތަކަކީ އިންސާފާއި ހަމައިން ނަގާގޮޑިތަކެއްނޫން މިހާރު ބާއްވަން މިއުޅޭ އިންތިޚަބަކީ މީގެއަހަރަކަށްވުރެ ކުރިން ބާއްވަން އުޅުނު އިންތިޚަބެއްކަމުން އެއިންތިޚާބަށް ކުރިމަލިފަރާތްތަކުން މިއަދު ތިބީ އެތަކަށްގޮތަކަށް ބަދަލުވެފައި މީހާރުންމިހާރަށް އިންތިޚާބު ބާޠިލްކޮށް އަލުން ކެންޑިޑޭޓުން ކުރިމަތިލުމަށް ހުޅުވާލަން ގޮވާލަން

  10. ދަންބެރު

    ރިޔާސީ އިންތިހާބާއި މަޖިލސް އިންތިހާބު ކަށްވާލި ބަޔަކަށް ތިކަން ތިގޮތަށް ވުމަކީ އިއްތިފާގެކޭ އަހަރުން ބުނަން ލަދު ގަންނަން..

  11. Saahib

    މިއަށް ކިޔާނީ އާވިގެރާނު