ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިލް އާއި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން 471،380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 1،7888 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 97 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 68.8 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރައިހާނާ އަލީ

    ހުޅުމީދޫ އިންޓަނޭޝަނަލް މިފްކޯބަނދަރު

  2. ސސ

    ހުޅު މީދޫ އާއި މުޅި އައްޑު އޮތޮޅަށް ފުޅަން މަހާއި މާވަހަރު އާއި މަސް އައިނެއް ފަޅަށް ވަދެގެން އުޅޭކަހަލަ !

  3. ޥަގުން

    ތީ މޮޔަ އަޑޫ މީހުން ކޮންމެ އިންތިހާބަކަށް ކަޑަޖަހާލިޔަސް ތިބޭނީ މޮޔަ ހެއްދިފަ މޮޔަ ހައްދާގެންވެސް ކައުންސިލް ދަމާގަންނަންވާނެ ކީއްކުރާނީ މިއަދުތަ އިގެނީ ކޮބާ ކުރީގެ ދެއިންތިހާބުގަ އޮއްސާލި ވައުދުފޫނި އެއްކަމެއްވެސް ހަރާން އަމިއްލަ ޕާޓީ މިހާރުވަނީ މޯލްޑިވުސް ވަގުންގެ ޑިމަކުރާތީ ޕާޓީ އަށްވެފަ ހުސް ވަގުން ސަރުކާރުން ކުރަނީ ވައްކަން ކަން ވަނީ އަމިއްލަޔަށް ނަސީދު އިއުތިރާފް ވެފަ

    11
  4. Saahib

    ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
    މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ބައިވެރިވެވަޑައިގެންނެވިއެވެ.

    --- ސ. ހުޅުމީދޫ މިފްކޯ ބަނދަރު
    --- މަޖިލިހުގެ ހުޅުދޫ ދާއިރާ
    --- އައްޑޫ މީދޫ ދާއިރާ
    މީކީކޭ މިކިޔަނީ.
    މިހެންނަމަ ކޮބާ ހުޅުމީދޫ ދާއިރާގެ މެމްބަރު!؟

  5. މަބޭ

    ސަރުލާރު މުވައްޒަފުންނާ މެންބަރުން ހާއްސަހުއްދައިގެ ދަށުންކޭންޕޭންގަ އެހެހެހެންޕާޓީތަކު މެންބަރުން ކަރަންޓީންގަ މިވެސް ދިމޮކްރަސީގެ ވައްތަރެއް

  6. ޖިންނި

    ހުރިހާ ކަމެއްވެސް މިދުވަސްކޮޅު ފެށޭނެ.

  7. ނާޅި

    ހުޅުމީދޫ ފޯޅޮވަހި އާއި ގުޅިގެން ދާނެ ގޮތެއް ނެއްތޯ ގަމުން ފޯޅޮވަހިން އިންގިރޭސި ވިލާތުން ޔޫރަޕަށް ސީދާ ދެވޭގޮތަށް އޮތުން އެއީ އައްޑޫގެ ތަރައްޤީއަކީ !

  8. އަދުން

    ރައްޔިތުން ނޭ ހޭވެރިކަން ވޭ މިއުޅެނީ 3 ވަނަ ކަށިޖަހން މިދައްކަނީ ދަޅަ ދެން އިސްތިއުފާ ދެއްވަފާނެ ވަރަށް އަވަހަށް