ރާއްޖޭގެ ރައީސްކަން ކުރެއްވި ތިން ބޭފުޅުންގެ ތާއީދު އޮތްކަމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

"ގުޑް މޯނިން އައްޑޫސިޓީ ވިތު ލަތީބެ"ގެ ނަމުގައި ލަތީބެގެ ޓީމުން ކުރިއަށް ގެންދާ ޔޫޓިއުބް ޝޯގައި ލަތީފް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ކަމަށެވެ.

ލަތީފް ރައީސް ނަޝީދުގެ ތާއީދު އޮތް ކަމަށް ފާހަގަކުރެއްވީ ލަތީފް އައްޑޫ އަށްޓަކައި އާއްމު ކުރެއްވި ސިޔާސަތުތަކުގައި ހިމެނޭ ކަންކަން ރައީސް ނަޝީދު އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ތަކުރާރު ކުރައްވާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ .
"ރައީސް ނަޝީދު ވަރަށް ސާފުކޮށް ވިދާޅުވި އައްޑޫ އާއި އެފްރިކާ ގުޅާލާ ވާހަކަ. ރައީސް ނަޝީދަށް އެނގިލައްވާނެ އައްޑޫ ގަމުގައި މެނޭޖިން ޑިރެކްޓަރަކަށް ހުރި އިރު ސައުތް އެފްރިކާ އާއި ރާއްޖެ ހުޅުވީ މުހައްމަދު ލަތީފް ކަން." އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މުއްސަނދިކަން އޮތީ އިރުމަތީ އެފްރިކާގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރޭ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ މަރަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އައްޑޫގެ ކުރިމަގާއި ތަރައްގީއާ މެދު ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ނަޝީދު ވަނީ އައްޑޫ އަކީ އިންޑިއާ ކަނޑުގެ މެދުކަން ފާހަގަކުރައްވާ އެކަމުގެ ބޭނުން އައްޑޫ ރައްޔިތުން ހިފަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އިންްޑިއާ ކަނޑުގެ ބޭނުން ހިފުމަށް އައްޑޫ މުޅި ދުނިޔެއަށް ހުޅުވާލަން ރައީސް ނަޝީދު އިރުޝާދު ދެއްވިއެވެ. އެގޮތުން އައްޑޫ އާއި އިރުމަތީ އެފްރިކާއާ އަލުން ގުޅާލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

އައްޑޫގެ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކޮށް ރާއްޖޭގައި އޮތް ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ އެއްވަނަ ސިޓީއަކަށް އައްޑޫ ސިޓީ ހެދުމުގެ އަމާޒު ހާސިލް ކުރައްވާނަން ކަމަށް މީގެ ކުރިން ލަތީފް ވިދާޅުވި އެވެ.

ސިޓީތަކަށް ރައްޔިތުންގެ ސީދާ ވޯޓަކުން މޭޔަރުން އިންތިޚާބު ކުރުމުގެ އިންތިޚާބާއި ރައްޔިތުން ކުރިމަތިލާއިރު އައްޑޫ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށް ވެސް ލަތީފް ކުރިން ވިދާޅުވެފައި ވެއެވެ.

ލަތީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ ދަށުން 13 އަހަރު ކައުންސިލަށް ކުރެވުނީ ކޮންކަމެއްތޯ ރައްޔިތުން ބަލަން ޖެހޭ ކަމަށާއި ކައުންސިލް އިންތިޚާބުގައި އޭނާ މޭޔަރުކަމަށް ވާދަކުރައްވަނީ ވަރަށް އަޒުމާއި އުއްމީދާއިއެކު އައްޑޫ ރައްޔިތުންނަށް އާދުވަހެއް ހޯއްދަވައި ދެއްވުމުގެ އުއްމީދުގައި ކަމަށެވެ.

މީގެ އިތުރުން އައްޑޫ ރައްޔިތުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސް ކުރުމަށް އައްޑޫގައި ބޭންކެއް ހުޅުވުމަކީ އޭނާގެ އަމާޒެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢިންސާ

    ހޮވިފަ ތިހިރީ އެހެންވީމަ!!

  2. ތޮއް ކޮޑާ ބެއްޔާ

    މޭޔަރު ކަން ހޯދަން ނަޝީދު އާއ އި 2 މީހުން އެފުރިކާ އަށް ނުދޭ ތަ؟

  3. ސސ

    އައްޑޫ ސިޓީގެ ތަރައްޤީ އޮތީ އިގިރޭސި ވިލާތާއި ގުޅިލާމެހިފައި ސީދާ ބޯޓް ފަހަރު ގަމުން ފޯޅޮވަހިން އިންގިރޭސި ވިލާތަށް ދަތުރު ފެށުން އެއީ އައްޑޫގެ އަސްލު ތަރައްޤީގެ ފެށުމަކީ ! އޭރުން އައްޑޫ ޔޫރަޕާއި ގުޅުނީ !

  4. ބަޑަންޑޫ

    ޗެހެންވިއްޔާ ލަތީފު މިފަހަރު ހޮވޭނެކަން ޔަގީން ކޯޓު ފަހާވއިސްތިރިކޮށްފަ ބަހައްޓާ

  5. ދިއްލާ

    ކޮބާތަ މީނަ ފުވައްމުލަކުގައި އަޅަންބުނި އިންޑޯ ވޮލީ ކޯޓު؟؟

    2
    1
  6. ވަވާ

    04 ނޫންތަ ކޮބާ ރައީސް ވަހީދު