ހިޔާ މަޝްރޫޢުގެ ފްލެޓްތައް 25 އަހަރަށް ބަހާލާނަމަ، 3800 ރުފިޔާއަށް ދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު -/7500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައެޅުމުންނެވެ.

މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ވަރަކީ 5600 ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ކަމަށް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ. "ދޮރާއި ޓައިލްސް އާއިއެކު ފިނިޝް ކޮށްފައި 5600 ރުފިޔާއަށް ދެވޭނެ. އަދި 25 އަހަރަށް ބަހާލާނަމަ 3800 ރުފިޔާއަށް ދެވޭނެ." މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް އިމާރާތް ކުރިއިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މުއިއްޒު އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ދެއަހަރާއި ބައި ވަންދެން ފްލެޓް ލިސްޓްތައް ދިރާސާ ކުރުމަށް ފަހު ފްލެޓްތައް ބަހާލި ގޮތައް ފްލެޓްތައް ހަވާލު ކުރަން މިއަދު ގުރުއަތު ނަގަން ފަށާނެއެވެ.

އިއްޔެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ފްލެޓެއްގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް ކަނޑައަޅާފައި ވަނީ ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިސް ކުރުމަށް ފަހު ކަމަށެވެ. "ޔުނިޓެއްގެ ކޮންސްޓްރަކްޝަން ކޮސްޓަކީ 2،000 ޑޮލަރު، ހިސާބު ޖައްސަވާލީމަ އެނގިވަޑައިގަންނަވާނެ މިއަށް ވަނީ ކިހާވަރެއްކަން. 7،500 އަކީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކުރެވިފައިވާ އަދަދެއް،" އަސްލަމް އިއްޔެ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް މިސަރުކާރުން އާއްމުންނާއި ހަވާލު ކުރަނީ ފްލެޓްތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތް ވެސް ނުނިންމައެވެ. އެއީ އެމަސައްކަތް ކުރުމަށް ލޯނު ހަމަ ނުޖެހުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބުއްޅަ

    އިތުރަށް ނަގާބައި އަސްލަމް ޖީބަށް

    37
    8
  2. ހުސައިން

    100 ރުފިޔާ އަށްވެސް ދެވޭޅަ

    6
    7
  3. ދަންތުރަ

    މުއިއްޒު ދެވޭނެޔޭ ބުނާއިރު ހެކި ދައްކައިފަ ބުނޭ. ހަދަން ދިޔަ އަގާ، ހަރާން ލޯނު އިންޓަރެސްޓަށް އަރާވަރާ، ލޯނު ދައްކަންޖެހޭ މުއްދަތާ ބުނެފަ ބުނޭ. މަށަޢްވެސް ބުނެވިދާނެ އަނގަ އޮތިއްޔާ 1000 ރުފިޔާއޭވެސް.

    6
    16
  4. ސާސް

    ގާކޮށި އެއީ އެމްޑީޕީން ހެދިތަނެއް އެތަނަށް އަގުކަނޑައަޅާނީ ކާކުބާ؟

    7
    1
  5. ކެރޯނާ

    ހިލޭވެސް ދެވޭނެ މުއިޒް

  6. ޢާލިމް

    ޔުނިޓް ކޮސްޓް 30،840. 25 އަހަރުން ދައްކަންޏާ 2,250,000 ރަނގަޅު އެހެން ވީމަ.

  7. ގެއްލުނު ކޮމެންޓު

    މި ލިޔުމާ ގުޅޭ ކޮމެންޓެއް ޕަބްލިސްވުމަށްފަހު ގެއްލިއްޖެ. އަނެއްކާ ކޮމެންޓުވެސް ވަގަށް ނެގީތަ؟

  8. އެނގިއްޖެ

    ގާކޮށި އަރަބިއްޔާ އޯޑިއޯން މިތަންތަން އެމްޑީޕީންހަދަންނިންމީ ބަޔަކައް ވިޔަފާރިއުސޫލުން ކުއްޔައްދީގެން އެއީރައްޔިތުންނައްފައިދާވާ ގޮތައްކުރިކަމެއްނޫން