ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކަކީ އިޖްތިމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތް ކޮށްފައިވާ ފްލެޓްތަކެއް ކަމަށާއި އެހެންކަމުން ފްލެޓްތައް އަޅަން ނެގި ލޯނަށް ފައިސާ ދައްކަން ޖެހޭނީ ރައްޔިތުންގެ އަތުން އެލާރި ނަގައިގެން ނޫންކަމަށް ފްލެޓްތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ އާއްމުންގެ ޖަމިއްޔާ އިން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވުމުން އާއްމުންގެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކަކީ ވިޔަފާރި މާޝްރޫއެއް ނޫނެވެ. އިޖްތިމާއީ ބޯހިޔާވަހިކަމުގެ ލޯނު ދައްކަން ޖެހެނީ އާންމުން އަތުން އެލާރި ނަގައިގެނެއް ނޫން ކަމަށާއި އިޖްތިމާއީ ބޯހިޔާވަކިމުގެ އަސާސަކީވެސް ވިޔަފާރި އުސޫލުން ބޭރުން، ސަރުކާރަކުން ރައްޔިތުންނަށް ދޭ ހިދުމަތެއް ގޮތުގައި ބޯހިޔާވަހިކަމުގެ ކަންތައް ކުރުން ކަމަށް އެޖަމިއްޔާ އިން ބުންޏެވެ. އެހެންނޫނީ އިޖްތިމާއި ބޯހިޔާވަހިކަމާއި އަމިއްލަ ވިޔަފާރިވެރިން ކުރާ ވިޔަފާރިއާއި ތަފާތެއް ނެތް ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ސަރުކާރުގެ ޒިންމާ އަކީ ކޭޝް ފްލޯ މެނޭޖު ކުރާނެ ހުނަރުވެރި ގޮތްތައް ހޯދައި، އެމަގުން އެކަންކޮށް، އާންމު މީހާއަށް ވީހާވެސް ކުޑައަގެއް ގައި ދިނުމެވެ.

"އިޖްތިމާއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މާނައަކީވެސް އެއީއެވެ. އަލަށް އަންނަ ސަރުކާރެއްގެ ޒިންމާ އަކީ އަދި "ޗެލެންޖަކީވެސް" ކުރީ ސަރުކާރުތަކަށް ވުރެ ހެޔޮ އަގުގައި ދިނުމެވެ. ވީމާ ފިނިޝިން އަދި ޑައުންޕޭމަންޓާއި އެކު ކުރިން އެވްރެޖުކޮށް 5،600 އަށް ދޭން ވައުދުވި ފްލެޓުތަކެއް އަލަށް އައި ސަރުކާރުން ބަލަން ޖެހެނީ އެއަށްވުރެ ކުޑަކުރެވޭތޯއެވެ. ނުކުރެވިއްޖެ ހާލަތެއްގައިވެސް އުޒުރަކަށް "ލޯނު ދެއްކެން ނެތީއޭ" ސަރުކާރަކުން ބުނެގެން ނުވާނެއެވެ. ސަބަބަކީ ކުރިންވެސް ދެންނެވުނުހެން މިއީ އިޖްތިމާއި ބޯހިޔާވަހިކަމަށް ވާތީއެވެ. ސަރުކާރުން ދޭ ހިދުމަތަކަށް ވާތީއެވެ. އިޖްތިމާއީ ބޯހިޔާވަހިކަމުގެ އަގުތަކާއި، ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމާއި ތަފާތެއް ނެތީމައެވެ. ވީމާ އަގުތައް ކުޑަ ކުރެވުމާއި ނުކުރެވުން ބިނާވަނީ ސަރުކާރެއްގެ ގާބިލްކަމުގެ މައްޗައް ވާތީއެވެ." އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

ޑައުންޕޭމަންޓު ދައްކައިފިއްޔާ 7،500 އަށްވުރެ ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވުމަށްފަހު އެކަމުގެ ތަފްސީލް ދެއްވާފައި ނުވާތީ އާއްމުންގެ ޖަމިއްޔާ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖަމިއްޔާ އިން ބުނީ "15-25 އަހަރުގެ މުއްދަތަކަށް ދައްކާ އަދަދެއް ޑައުންޕޭމަންޓުން އާންމުކޮށް ކުޑަވާނީ އެ ޑައުންޕޭމަންޓުގެ އަދަދު ބޮޑުވެގެނެވެ. މިސާލަކަށް ޑައުންޕޭމަންޓަކީ 30،000 ހާސްނަމަ، 20 އަހަރަށް ބަހާލީމައި، މަހަކަށް ޖެހޭ ވަރު މާބޮޑު ބަދަލެއް ނާންނާނެއެވެ. ވީމާ ޑައުންޕޭމަންޓު ދެއްކުމުން މަހު ކުލި ކުޑަވާނެ ވަޒީރު ވިދާޅުވުމުން، އޭގެ މާނައަކީ ޑައުންޕޭމަންޓުގެ އަދަދުތައް ކުރިއާއި ބަލާއިރު ބޮޑުކުރަނީ ކަމަށް ވުމުގެ ފުރުސަތު އޮތުމުން، އެކަމުގެ ކަންބޮޑުވުން އަޅުގަނޑުމެންގެ އެބައޮތެވެ." ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން މިއަދު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރައްޔިތުމީހާ

  މިހާ ރައްޔިތުންނަށް މަސައްކަތްކުރާނަމަ ، ގާކޮށި ، ޢަރަބިއްޔާ ، ގުޅިފަޅު ، ސީލައިފުގެ ވާހަކަނުދައްކާތީ ހިތާމަކުރަން ، އެ ކަނޑައެޅި ލިސްޓުތަކުގެ މީހުންގެ އަތުން އަތުލުމަށްޓަކައި އިންތިހާއަށްބޮޑު ޑައުންޓު ޕޭމަންޓުއެއް ނެގުމަށްބުނުމުން ނުދެއްކޭނެވާހަކަ ބުނުމުން ، މާކެޓުރޭޓުގަ ވަގުތުން ފައިސާދެއްކޭފަރާތްތަކަށްދިނީ، ގުޅިފަޅުން އެމީހުންގެ ފައިސާދެއްކި މީހުންނަށް ދިނީކޮންއެއްޗެއްތޯ؟ ސީލައިފުމީހުންގެ ޙައްޤުތައް ނެތީތޯ؟ އޭރު ތިބޭފުޅުން އަދި ދުނިޔެއަށް އަދި އުފަންނުވަނީތޯ؟

  10
  8
  • ހަސަނުގެ ދަރި ލަތީފް

   ރަގަޅުވާހަކައެއް އޭރު އެޖަމިއްޔާ އުފަންނުވޭ. ވަރަށް ފަހުން އުފައްދައިގެން އުޅޭ ޖަމިއްޔާއެއް އެއީ. ނިމުނު ސަރުކާުރން ކޮށްފަ އޮތްކަމެއް ވީމަ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން ވެގެން އެތަން ފިނިޝިންގވެސ ނުނިންމާ އެ ހަވާލު ކުރަނީ. ފިނިޝިން އަކިވެސް ވަކި މަސައްކަތެއް އެކަމަށްވެސް ލޮނު ހޯދައިގެން ނިންމުން ރަގަޅު. އެކަމު އެކަމެއް ނުކުރި. ނިމުނު ސަރުކާރުގެ ކަމެއްވީމަ އެކަން ބާއްވާފަ ލޯނު ހޯދައިގެން އެހެން ކަނތައްތައް ކުރަމުން ގެންދަނީ ބަލަ މީވެސް ރައްޔިތުންނަށް ކޮށްދޭ ކަމެކޭ. ޔާމީނުއަށް ކޮށްދެވޭ ކަމެއްނޫނޭ. އެތަނުގެ ފިނިޝިންގެ މަސައްކަތް ނުނިންމާ ރައްޔިތުންނަށް ޖެއްސުން ކުރަނީ. ހަމަ ބުއްޅަބޭގެ ވާހަކައަށް. އެހެން ސަރުކާރެއްގެ ކަމެއްވީމަ ހުރި ނުލަފާކަން ދައްކަމުން ދަނީ. ކޮންމެ ސަރުކާރަކުން ކުރިޔަސް އެއީ ރައްޔިތުންނަށް ކޮށްދޭ ކަމެކޭ.

 2. ސައިމާ

  ތެސުފުޅެއް މި ޖަމިއްޔާ އިން ލާރި ދައްކާދޭނެ

 3. ޙިޔާމީން

  ވަރަށް ބޮޑު ތެދުފުޅެއް. ލާރި ދައްކަން ޖެހޭނީ ޔާމީނާއި މުއިޒު.

 4. ކިޔުންތެރިޔެއް

  ތީ އުވާލަން ޖެހޭ ޖަމިއްޔާއެއް. ސަރުކާރުގެ ވުޒާރާތަކަށް ރައްޔިތުންގެ މެދުގަ އިތުބާރު ގެއްލޭގޮަތަށް މައުލޫމާތު ފަތުރާ ރައްޔިތުން ހޮވާފަ އޮތް ސަރުކާރުގެ އަގުވައްޓަލަން މަސައްކަތް ކުރާ ޖަމިއްޔާއެއް ސަރުކާރަށް ގޮވާލަން މި ޖަމީއްޔާ އުވާލަން.

  2
  4
  • ދޮގެއްތަ؟

   ސ: ކުރާ ވައްކަމުގެ ވާހަކަ ދައްކާ ބަޔަކު ވިއްޔާ ނައްތާލާ ފިކުރު ކޮން ފިކުރެއް؟
   ޖ: ރަންރީނދޫ ޑިމޮކްރަސީ

 5. ޖޫން

  އެމް.ޑީޕީގެ އެއްވެސް މީޙަކަށް ވޯޓު ދިނުމެއް ނެތް. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ ރައްޔިތުންނަށް ބޭނުން ހާ އެއްޗެއް ނުހހ ހެދޭނެ.

  6
  1
 6. ޢީސަ

  ކާންދީފަ ފެންވަރުވަންވެސް ބުނަންވީނު

  2
  2
  • ކެކެކެ

   ހަވާދު ފުނޑައިދީ، މޮޕް ކޮށްދީ، ގަރުދިޔަ ތެލި ދޮވެދީ ހަދާހެން މިދުވަސްކޮޅު ކާންދީ ފެންވަރުވާވެސް ދީބަލަ.
   މިބުނީ. ކުރެވޭނެތަ!

 7. ކިނބޫ

  މި ވަގުންނަކަށް ނޭނގޭނެ ކަންކަން ކުރާކަށް. ވައްކަން ކުރަން އެކަނި އެނގެނީ. 3 ކޮޓަރީގެ ފްލެޓް އަޅާފަ 7500 އަށް އެހެރީ ދީފަ. އަގުހެޔޮކޮށް ރައްޔިތުންގެ ޒަރޫރަތްތައް ހަމަޖައްސާއިދޭނެ ގޮތް އެނގޭނީ ކަންކުރަން އެނގޭ މީހުންނަށް. މިހާރު މިއޮތީ ބީތާވެފަ އޮތް ސަރުކާރެއް.