މާލޭ މަގުމަތިން ވަކި ތަރުތީބެއް ނެތި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސުންކު (ސާމްޕަލް) ނެގުމުގައި ހަރަކާތްތެރިވާ ރެޕިޑް ރެސްޕޯންސް ޓީމް (އާރުއާރުޓީ) އިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސުންކު ނެގުމަށް އެދުމުން އައިޑެންޓިޓީ ކާޑު ނަންބަރު ހަނދުމަފުޅު ނެތް ކަމަށް ވިދާޅުވު ސުންކު ދެއްވަން އެމަނިކުފާނު ދެކޮޅު ހައްދަވައިފިއެވެ.

"ވަން" ގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕެއިން ނިންމަވައިލެއްވުމަށް ފަހު ދަރުބާރުގޭ ސަރަހައްދުން ހިންގަވާފައި ރައީސް ނަޝީދު ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ހަރަކާތްތެރިވި އާރުއާރުޓީ ޓީމުން ވަނީ އެމަނިކުފާނުގެ ސުންކު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ސުންކު ނެގުމަށް އެދި އައިޑީކާޑު ނަންބަރު ވިދާޅުވެދެއްވުމަށް ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ، އައިޑީ ކާޑު ނަންބަރު ހަނދުމަފުޅު ނެތް ކަމަށް ކަމުގައި "ވަން" ގައި ރިޕޯޓް ކޮށްފައި ވެއެވެ. އެއާ އެކު ސާމަޕަލް ނަގާ ޓީމުގެ ފަރާތުން ރައީސް ނަޝީދުއާ މުއާމަލާތް ކުރެއްވި ބޭފުޅާ ވަނީ އައިޑީ ކާޑު ނަންބަރު ހަނދުމަފުޅު ނެތް ނަމަވެސް މައްސަލައެއް ނެތް ކަމަށާއި އެ ނަންބަރު ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް އެކަމަށް ވަކި އެއްޗެއް ވިދާޅުނުވެ ރައީސް ނަޝީދު ވަނީ ސުންކު ނުދެއްވައި އެ ސަރަހައްދުން ހިންގަވާފައި ވަޑައިގެންފަ އެވެ.

މި ކަން ހިނގާފައި ވަނީ "ވަން"ގެ ނޫސްވެރީން އެ ސަރަހައްދުގައި ތިއްބާ ކަމަށް އެނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ކޮވިޑް ޓެސްޓް ހެދުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް މީގެ ކުރިން ދެފަހަރެއްގެ މަތިން އެމަނިކުފާނު ކޮވިޑަށް ޓެސްޓް ކުރައްވާފައިވެއެވެ. އޭގެތެރެއިން އެއްފަހަރު ކޮވިޑަށް ޓެސްޓް ކުރެއްވި ވީޑިއޯ ރައްޔިތުންގެ މަޖިލީހުން ވަނީ އާއްމު ކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ މިހާރު ކޮވިޑް ވެކްސިން ޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ގެރި

  އެމްޑީޕީ އެއްޗެހިންނަށް ކުރެވުނުހާ ކަމަކީ ކޮވިޑު ފެތުރުން

  101
  6
  • Anonymous

   އާން އެމްޑީޕީ މީހުންވިއްޔަ ކޮންމެ ހުކުރުދުވަހަކުވެސް މުޒާހަރާކުރަނީވެސް

   5
   8
 2. މާލް

  ދެން ފިޔަވަޅު އަޅާބަލެ. ކެރޭނެތަ.

  111
 3. ޢަހަންމާ

  ދެން އަހަރެންވެސް ނުހުއްޓުވޭނެ .

  97
  1
 4. އަލީ

  މިކަހަލަ މީހުނާ ކިހިނެއް ގައުމުގެ މާލިމީކަން ހަވާލުކުރާނީ. މަންޒިލް ހަނދާންނެތިގެން ނުބައި މިސްރާބައް އަބަދުވެސް ދާނީ!!!

  113
  2
 5. އުގުރި

  ކޮވިޑައް ސާޕަލް ނެގިޔަސް ޕޮޒިޓިވް ވާނީ އެހެން އެއްޗަކަށް ކަން ޔަގީންވާތީ ކައްނޭގެ ސާޕަލް ނުނެގީ..

  78
  3
  • ހައްހައްހާ

   ސަތޭކައިގެ ވާހަކައެއް!!!!!!

  • ބިސް

   ރަސްދޫ ޕާޓީގެ އަސަރު އަދި ނުފިލާނެ

 6. ގަނޑިޔާ!!!

  އެއީ މަތިން ފައިބާފައި ހުރި އެއްޗެއް, ނުޖެހޭނެ ތަބާވާކަށް. ކޮންމެ ދިމާލަކުން ބެލިއަސް ބޮޑު އަނގައެއް ފެންނަނީ. ގައުމުގެ ހަލާކު. މީތި ފަހަތުން ކުރިން ދުވެވުނު މޮޔަ ހިތައް އަރާ މިހާރު. ބޮޑު ވަބާއެއް. މީނަޔަށް ސަޕޯޓު ކުރާ އެކަކަށްވެސް ނުލިބޭނެ ވޯޓެއް. މަވާ ސަލާން

  78
  1
  • ވޯޓުން ބަސްބުނޭ

   ތިހެން ކިޔާފަ ވެސް، ދެރަކަމަކީ ވޯޓުފޮށި ދޮށަށް ގޮސް ހައްތާވެސް އޭނާއަށް ނުވަތަ އޭނާގެ އައުވާނުންނަށް ވޯޓުލެވޭ ގޮތްވާތީ.

 7. ގާސިމްބެ

  ދައްޖާލުން މިތިބެނީ ހޮވާފަ ރައްޔިތުން ނުކުމެ އިބިލީސް ތަެައް ބޭރުކުރަން ވެއްޖެ

  68
  3
 8. ރިޔާސާ.

  ދެން އެއްވެސް ބަޔަކު ސުންކު ދޭނެކަމެއްނެތް.ގާނޫނު ކުރިމަތީ އެންމެން ހަމަ ވާނެ.ވަކި މީހަކަށް ވަކިގޮތެއް އޮވެގެންނުވާނެ.އެންމެން އުޅެންވީ އުޅެން ބޭނުން ގޮތަކަށް.މާސްކުވެސް އަޅާނެކަމެއްނެތް.ގައުމު ހަލާކުކުރަން އުޅޭމީހެއް.

  69
 9. ޗީ

  މިއީ ގައުމު ހިންގަން ތިބި މީހުންގެ ފެންވަރު.

  68
 10. ޙސހސ

  އެހެންވީމަ މަގުމަތީން ސާންޕަލް ދޭށޭ ބުންޏަސް ނުދީ ދިޔަޔަސް ފިޔަވަޅެއް ނޭޅޭނެ ތާ. މަންޑޭލާ ސާންޕަލް ނުދީ ދެވިއްޖެޔާ އެހެންމީހުނަށްވެސް ދެވޭނެ.

  65
 11. ހުސެން

  ތެދެއް ހެދެން އޮށް ތަނުގަ ވެސް ދޮގު . މީނަ އަކީ ހަމަ މުނާފިގެއް.

  61
  1
 12. ބަރުގޮނު

  ތިމާއަކީ ވަރަށް ސާދާކޮށް އުޅޭ މީހެއްކަމަށް ދައްކަން ގޭގެއަށް ގޮސް މޮޕް އަޅައިދީ ހެދި މީހާ ... މިކަމުގައި މިވީ ހަމަ ސުމެއްގެ މީހަކަށް..

  67
  1
  • ސޯލިހުބޭ

   އަގުޅިނެތް ކަންނޭލަކަށް.

 13. ....

  ނޫނޭ ވާ ސަޅި...މަށަށްވެސް މަޑުނުކޮށް ދެވޭނެ މަގު އެ ކޮށާދިނީ

 14. ނަސީ

  ފުލުހައް ގެންގޮސް އެހެންމީހުންނައް ކަންކުރާހެން ކަންކުރުން ވަރައް މުހިންމު އެހެންނޫނީ ހުރިހާމީހުންވެސް ކާޑްނެތްކަމައްދެން ބުނާނީ

 15. ކޮވިޑް

  ސާންޕަލް ދިނުމަށް މަޖުބޫރު ނުކުރޭ ދިނުމާ ނުދިނުން އެއީ އެބޭފުޅެއްގެ ކަމެއް. އަޅުގަނޑަށް މައްސަލަ އަކަށް ވީ އެޗް.ޕީ.އޭ އަދި ޕޮލިހުން ހިމެނޭ ރެޕިޑް ރެސްޕޯންސް ޓީމް (އާރުއާރުޓީ) މީހުން ކުރިމަތީގަ ނަޝީދު މާސްކް ނާޅާ ހުރީމަ ސުވާލަކީ ޖޫރިމަނާ ކުރިތޯ ނޫނީ ނޫން ތޯ؟

 16. ގައުމީ ލޯބި

  ގާނޫނު ހިގަންވާނީ ވަކި މީހަކަށް ކުލަޔަކަށް ބަލައިގެނެއްނޫން.. ދޮތްތޯ.؟

  ކަސީރަކަސް ވަސީމަކަސް ގާނޫނު ކުރިމަތީގައި ހަމަހަމަ، އެހެންމީހުން ޓެސްޓު ކުރެވޭގޮތަށް މިނާވެސް ކުރެވެންވާނެ ނޫންތޯ؟

  ގާނޫނަށް ބޯނުލަބާ ހުރުމަތްތެރިކޮށް ނުހިތާމީހަކު، ގާނޫ ހަދާ މަޖިލީހުގައި އިނުމުގެ ހައިސިއްޔަތު ގެއްލުނީނޫންތޯ؟ އަހުލިއްޔަތުވެސް ނެތިގެން ދިޔައީނޫންތޯ؟

  މަޖިލިސް މެމްބަރުން މީގާނޫނު ނަގަހައްޓާ ބަޔެއް ތޯ ސުވާލު އުފެދޭ މިފަދަ މީހަކު އިސް ކޮށް ބަހައްޓައިގެން ތިބެނީ..؟ އެމީހުންގެ ނިޔަތާއި މެދުވެސް މިހާރު ސުވާލު އުފެދޭ؟

  ޖާހިލިއްޔަ ޒަމާނަށް ވެއްޓުނީ ކަމަށްވުން އެކަށީގެންވޭ.. ބޮޑުން ގާނޫނަށް ބޯނުލަބައި ހަމަ އެކަނި ނިކަމެތިން ގެ މައްޗަށް އަމުރު ކުރުމާއި އަދަބު ދިނުންމުގެ ސަޤާފަތް އިޔާދަވަމުން ދާތީވެ..

  އަދިވެސް ގައުމިއްޔަތު ހޭލަން ނުވަނީ ބާ؟

 17. Happy

  ކީކުރަން ހަދާ އެއްޗެއް ދެފަހަރު ސާންޕަލް ނަގަގެންވެސް ނަތިޖާ އަދިވވެސް ނުލިބޭ މިހާރު އެއްމަސް ވަނީ!

  1
  1
 18. އަހޫ

  އެންމެ ފުރަތަމަ ކަމަކީ ސުންކު ނަގަން ތަންދޮރު ނެގޭ މީހުން ނުބޭއްތިބުން މީހަމަ ލަފާ ކުރެވެނީ ރާވައިގެން ކުރި ކަމެއްކަމުގައި މިކަން ބަލަންވެސް ޖެހޭނެ.

  3
  1
 19. އާރުއާރުޓީ

  ރެންޑަމް ސާންޕަލް ދިނުމަކީ މަޖުބޫރު ކަމެއްނޫން. ދޭން ބޭނުން ނޫން މީހުން ބުނަންވީ ބޭނުމެއް ނޫނޭ ދޭކަށެއް. އެއީ ކުށެއް ނޫން. އެއްވެސް ފަރާތަކަށް މިކަން ނޭންގި އޮތީއާ ސާފު ކޮއްދިނީ. ދޭން ބޭނުން ނެތީއާ އިތުރު ދޮގުތަކެއް ނަހަދައި ދޭކަށް ބޭނުމެއް ނޫނޭ ބުނީމަ ނިމުނީ.

 20. ޢެފޭ

  މަވެސް ކުއްލިއަކަށް ހަދާން ނެތޭނެދެން

 21. މެސީ

  މީ ކާފަރެކޭ މަށެއް ނެތިން ބުނާކަށް އެކަމަކު ބޮޑު މުނާފިގެއް

 22. ޚި

  ދޮގު ކާޅު ވެސް އުޅޭނެ

  2
  1