ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވާލަން ފަށާފައިވާ "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ގެ 93% މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ކުރަމުން އަންނަނީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ގުޅާލުމަށް ސްޓެލްކޯއިން 2016 ވަނަ އަހަރު ފަށައިގެން ކުރިއަށް ގެންދާ މަޝްރޫގެ ދަށުންނެވެ. މި މަޝްރޫއުގެ ދަށުން މިއަދު ވަނީ ''އިންޓަކަނެކްޝަން ކޭބަލް'' ބްރިޖް މެދުވެރިކޮށް ދެމުމުގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫއު ނިމިގެންދާއިރު މާލެއިން ހުޅުމާލެއަށް އަދި ހުޅުލެއަށް ވެސް ބޭނުން ޖެހޭ ހާލަތެއްގައި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ބްރިޖް މަތިން ހަ ކޭބަލް ދަމާނެ ކަމަށެވެ. އަދިމިހާތަަނަށް ދެމިފައި ވަނީ އެއް ކޭބަލް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަދި މިހާރު އެ ޕްރޮޖެކްޓްގެ 93% މަސައްކަތް ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫގެ ދަށުން ހުޅުމާލެ-މާލެ އަދި ހުޅުލޭގައި ޑިސްޓްރިބިއުޝަން ފޮށިތައް ބެހެއްޓުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ އިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓް ކަމަށާއި އެހެން ކަމުން ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ބަހައިލާނެ ކަމަށް ސްޓެލްކޯ އިން ވަނީ ހާމަކޮށްފައެވެ.

މާލެ ސަރަހައްދަކީ ރާއްޖޭގެ އެންމެ މީހުން ގިނަ ސަރަހައްދު ކަމުން އެތަނަށް ބޭނުންވާ ކަރަންޓު ވެސް އަންނަނީ އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންނެވެ. އެހެން ނަމަވެސް މާލޭގައި ކަރަންޓު މައްސަލަ ދިމާވާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޔމނ

  ދިވެހިން މިހާތަނަށް ދުއް ތަރައްގީގެ ބާނީ ރައީސް ޔާމީން ފައްޓަވާފައިވާ ހުޅުމާލެ މާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވާލަން ފަށާފައިވާ "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް މިހާރުގެނާގާބިލް ސަރުކާރުން ނިންމާނުލެވިފައި

 2. Anonymous

  ކިޙާ މޮޅު ހެއްޔެވެ؟ 6 ކޭބަލް އަޅާ ޕުރޮޖެކްޓްގެ އެންމެ ކޭބަލެއް އެޫނީމައި އެބުނަނީ މަސައްކަތުގެ %93 ނިމިއްޖެ ކަަށެވެ.

  • ޢާލިމް

   ވާނުވާ ނޭގެންޏާ މައިތިރިވެގެން ހުރެބަލަ. ކޭބަލް ދެމުމަކީ ޕްރޮޖެކްޓްގެ އެންމެ ކަމެއް.

 3. ބުރާންތި

  ރޔ ވަރެއްނެތް.