އިންޓަނޭޓްގެ އަގުވެސް ރައްޔިތުންގެ އަތްފޯރާ ފަށަށް ތިރި ކުރެވިއްޖެ ކަމަށާއި، މިހާރު ފަސް ރުފިޔާ ބަޔަަށް ޖީބީއެއް ލިބޭނެޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައެވެ.
އަލީ ސޯލިހް ވިދާޅުވީ، އިންޓަނޭޓްގެ އަގާއި އަދި އިންޓަނޭޓުން އިތުރު މަންފާތަކާއި ނަފާތަކެއް ލިބޭނީ ކޮން ގޮތަކަށްތޯ ބެލުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެެވެ. އަދި އެ މަސައްކަތް އެއްވެސް އިރަކު ހުއްޓާނުލާ ކަމަށެވެ.
"އިންޓަނޭޓްގެ އަގުވެސް ރައްޔިތުން އަތްފޯރާ ފަށަށް މިއަދު މި ވަނީ ތިރި ކުރެވިފައިއޭ".
އަލީ ސޯލިހް އިންޓަނޭޓްގެ އަގު ތިރި ކުރެވުނު ބައި އިތުރަށް ތިލަ ކުރައްވަމުން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެކަން ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނުއްވިއިރުވެސް އިންޓަނޭޓް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ދައުލަތުން ކުރަމުންދާ މަސައްކަތެއް ނޫން ކަމަށެވެ.
އެ މަސައްކަތް ރާއްޖޭގައި ކުރަމުންދަނީ ދިރާގު، އުރީދޫ އަދި އާރްއޯއެލް އިންނެވެ.
އަދި އަލީ ސޯލިހް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވެގެން އައިއިރުގައި އިންޓަނޭޓަށް ރައްޔިތުން ކުރާ ހަރަދާއި، މިހާރު ކުރާ ހަރަދާއި އަޅާ ކިޔަން ޖެހޭ ކަމަށާއި، މިއަދު ކުންފުނިތަކާއި ވާހަކަދައްކައިގެން އިންޓަނޭޓްގެ އަގުތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.
"އަޅުގަނޑު ހެޔޮ ބަދަލެކޭ މި ދަންނަވަނީ މިއަދު އަޅުގަނޑުމެންނަށް ފަސް ރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭ، އަޅުގަނޑުމެން މަސައްކަތް ފެށިއިރުގައި، މިދިޔަ އަހަރާއި ހަމައަށްވެސް، މިއަހަރުގެ މި ރަމަޟާން މަސް ފެށުމުގެ ކުރިންވެސް 33 ރުފިޔާއަށް ޖީބީއެއް ހުރި އެއްޗެއް ފަސް ރުފިޔާ ބަަޔަށް ލިބޭ ވާހަަކަ މި ދަންނަވަނީ، އަޅުގަނޑުމެން މި ދަންނަވަނީ "މޯބައިލް ޑޭޓާ" ވާހަކަ، 1000 ރުފިޔާއަށް 30 ލިބެމުންދިޔަ ބަޔަަކަށް، އަޅުގަނޑުމެންނަށް މިއަދު އެބަ ލިބެޔޭ 180 ޖީބީ މާނައަކީ، ފަސް ރުފިޔާ ބަޔަށް ޖީބީއެކޭ". އަލީ ސޯލިހް ވިދާޅުވިއެވެ.
އަލީ ސޯލިހް ވިދާޅުވީ، ގިނަބައެއްގެ ކަންބޮޑުވުންތައް ހުރީ އިންޓަނޭޓްގެ އަގުގެ އެކަނި ނޫން ކަމަށާއި، ކަންބޮޑުވުންތައް ހުރި އެކި ދިމަދިމާލަށް މަސައްކަތްތައް އަމާޒުކުރެވެމުންދާ ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންނަށް މިދެންނެވުނު އަމާޒަށް ވާސިލްވެވި މަސައްކަތްތަކެއް ހާސިލް ވެއްޖެއޭ ދެންނެވުމަކީ ގޯހަކަަށް ނުވާނެ". އަލީ ސޯލިހް ވިދާޅުވިއެވެ.
5 ރުފިޔާ އައް ޖީބީ އެއްވީމަ އަގުހެވެއް ނޫނޭ އިގޭތޯ...
ތި ވާނީ ފެންފޯއްޕާކުން ފެންފޯއް ވިއްކާ އަގުކަމަށް
މޮޔަފުޅު ވެފަތޯ ތިހުންނެވީ ރާއްޖޭގަ މިހާރު 1ޖީބީލިބެނީ 100ރުފިޔާ އިން މަތީގަ
މިކަހަލަ ދެބޯގެރި ދިުއްވާ މީހުންނައް ކަށް ދުވަހަހަކުވެސް ތަނެއްދޮރެއް އޮޅުންނުފިލާނެ ގަމާރުވީޔަސް މީ ބޮޑުވަރު
މިކިޔާ 5 ރުފިޔާ ޖީބީއަކާއި މިކިޔާ ސަރުކާރުގެ ނެޓްވޯކެއް ބޭނުންކުރާ ދިވެހިސްތާނުގެ އެއްވެސް މީހަކު އެބައުޅޭތަ؟ ތީ އަނެއްކާ އެމްޑީޕިސްތާނުގެ ރައްޔިތުންނަށް އެކަނި ދޭ އެއްޗެއްތަ؟ އެބައުޅޭތަ ރަށްވެހި ފަތިހުގެ ގޮލަޔަކު މިބުނާ އެއްޗެއް ބޭނުންކުރާ؟
އެސޮރު ކައިރީގަ ކޮންމެވެސް މީހަކު ބުނެބަލަ މިއީ ހިންދުސްތާނެއް ނޫނޭ. ބުނޭ މަ ބުންޏޭ މީ ރަމަޟާން މަހޭ މާގިނައިން ދޫހެލޭ ޒާތުގެ ވާހަކަތައް ތަނެއް ހުރިއްޔާ ތަނަކަށް އަރާ ނުގޮވާށޭ. އަދި ބުނޭ މަބުންޏޭ ތިތިބީ ވޯޓުންވެސް ބަލިކޮށްފައޭ ދެން ރޯދަ ވީއްލަން ރާކަނިމަސއ ކާށޭ!
މީނައަށް ޖީބީ އާައި އެމް.ބީ އާއި ވަކިކުރަން އިގޭބާ. 5 ޖީބީ 400 އަށް ޕެކޭޖު. ކަލޯ ބޮޑުވަރު. މަ 5 ޖީބީ އަޅަނީ 25 ރުފިޔާ އަކުންނޫން..ބުރޯ ޖީބީ އިންވެސް ވައްކަންދޯ
މަނިކުފާނުގެ ނެޓުވޯކު ޕާސްވޯޑު ދީބަލަ
🙄
މިރަމަޒާން މަހު އަވަގުރާނަ ގޮވަން ނޫޅޭ ތީކާކުތަ ލަދުހަޔާތް ކޮބާ ތި؟ގެ
ލޮލް. ޢަހަރުމެން މިގަންނަނީ ބޮޑުސައިޒުގެ 2 ކާއްޓަށް 15 ޖީބީ. ޢަދި މިހާރު ކޮމްބޯ މާ ސަޅި. 4 ފުއްޕާހަމަށް 10 ޖީބީ.
ކަނޑައެޅިގެން ބޮޑު ދޮގެއް. ޢެންމެންށް އިނގޭ ކަންކަމުގަވެސް ޓީވީ އަށް އަރާ ދޮގުހަދާލަން ކެރޭކަންދޯ...
ރުފިޔާއަ ކަށް ދެ ޖީބީ ނޫންތައް!! ދެންހަމަ ކޮންމެ ވާހަކައެއްވެސް ވިދާޅުވެދާނެ ރާއްޖޭގެ އިންޓަރނެޓް ހަމަ އަގުބޮޑު އަދިވެސް އަގުހެވެއްނު ކުރޭ މިދާގޮތުން ދެންވެދާނެހެންވެސް ހީނުވޭ
ބޯގޯސް
ކޮންތާކުން ދޭއެއްޗެއް. ؟ 5.30 ވީމަ ވަރއް ހެޔޮތިވީ.
އަނެއް ބުރާންތި ފެންފޯއް ސޯލިހް މިހާރު އަންނި މިމީސްމީހުން ބޭރު ކުޜާނެކަން އެގޭތީވެ މޮޔަ ގޮވަނީ
ބުރުމާ ކައިރީ އުޅެނީ މިކަހަލަ ބްރާންތިން މިމީސް މީހުންނަށް ވަޒީފާ ދިނީމާ ވާނެ ހައެތި ވަމުން މިދަނީ
ކަލޭ ވާނުވާ ނެއެގިގެން.ތިއުޅެނީ ކޮންވައުދެއް ފުއްދިގެން ތިޔަ އުޅެނީ ކަލޭ މެންނަށް ކުރެވޭނެ ކަމަ ކީރައްޔިތުން ނަށް އޮޅުވާލުން ލަފެއް ނުގަނޭތަ އަނގަގަޅަން ހަޔާއް ކުޑައެއްނުން
ބާޒާރުގަ ފިޔާ ކިލޯއެއް 20ރފ. 1ގބ މޯބައިލް ޑޓ 5.30ރފ. ތިދެން ބޮޑު ވަރު ރޯދަ ހިފިޔަސް 🤦🏾♂️ މިއޮއް ފަދަ މައްސަރު ރައްޔިތުމިީ ހާ ގުބޯ ހައް ދަން ދިއުޅެނީ.
މަނިކުފާނު އުޅުއްވާ ގޭގެ ކޮޓަރިއަށްވެސް އިންޓަރނެޓް ނުލިބޭ. ސަޅިނުކަނޑަބައްލަވާ.
މިއުޅެނީ 1000 ރުފިޔާ ނުލިބިގެންނެވެ. 200 ނޫނީ 400 ރުފިޔާގެ ޕެކޭޖް ތަކަށް 5 ރ އަށް ޖީބީ އެއް ލިބޭ ނަމަރަނގަޅެވެ.
މަލީހު ހުއްޓާ ކުރެވުނު ކަމެއްނެތޭދޯތިބުނަނީ؟
ތަންކޮޅެއް ހަޔާތް ކުޑަވީ.. މިހާ އަރާ ކޮންމެވާހަކައެއްވެސް ދެއްކޭ ... އެއީ ވީކަމަކީ ...
ކަލޯ ރޯދައީތަ؟
ހާދަ ނުލަފާ ބަޔެކޭ ވެރިކަމަށް މިގެނެވުނީ
ޢަޖައިބުވެ އަންތަރީސްވެއްޖެ. ކޮން ކަހަަލަ ބޮޑެތި ބުހުތާނު ވާހަ ކަތަ ކެއާ ތިދައް ކަނީ؟؟؟ މިހާރު އިންޓަނެޓް ހިލޭ ލިބޭ. އެވެސް އަންލިމިޓެޑް.
ލައްބަ، މުއްސަދިންނަށް ތީވަރަށް ހެޔޮއަގެއް އެވެރިން 1000ގެ ޕެކޭޖެއްނަގަނިކޮން ބޮޑުތަނުން ތިވާއެއްޗެއްވެދާނާނެ، އެކަމު ނިކަމެތިން 200 ރުފިޔާދިނީމަ ދެނީ 5 ޖީބީ އެ އީ 40 ރުފިޔާއަށް ޖީބީއެއް ވަރަށް ސަލާން
ތީ ނިދާފަ އިނދެ ދެއްކުނު ވާހައެއްތަ؟
ހުސްދޮގު.
މިދިޔަ އަހަރުވެސް ތިބޭފުޅާ ޓީވީ އަކަށް އަރާ ބުނި އަޑު އެހިން އިންޓަނެޓް އަގުހެޔޮކުރުމާބެހޭގޮތުން
ޚިދުމަތްދޭފަރާތްތަކާ އެކުކުރެވެމުންދާ މަޝްވަރާތަ އްމިހާރުނިމި ރަ އީސް އޮފީހަށްފޮވާނީފޮނުވާފަ އޭ.. އިރާދަކުރެ އްވި އްޔާ ވަރަށް އަވަހަށް އެކަންހަމަޖެހިގެންދާނެ އޭ..
ބުނީމަ އެގިއްޖެ 33 ވެސް ބުނީމަ އެގިއްޖެ 5 ވެސް އެކަމަކު މިއީ ވާނުވާ އެގޭ އެއްޗެއްނޫން. އަގުހެޔޮކުރުނަ ރަނގަޅު. އެކަމަކު ނެތް ބޭނުންކުރަންވާނީ ވެސް ނެޓް ބިލް ދެއްކޭފެންވަރުގެ މީހުން.
ޖިންމާދާރު މަޤާމެއްގައިހުރެ ދޮގު މަޢުލޫމާތު ފަތުރާ ރައްޔިތުންނަށް އޮޅުވާލާފައިވާތީ. މީނާގެ މައްޗަށް ދައުވާކުރަން ޝަމީމު އާ ޙަވާލުކުރަންވީ
ކަލޯ މިއަދުވެސް 125 އަށް 1 ޖީބީ މި ނެގީ އަނގަ އޮތީމަ އަނގަ އަރުވަނީތި
5 ރ. ސްލޯވެގެން ނުވަދެވުނަސް ހެޔޮތަ؟
މީ ސާލިހު ލާފަ ތިބި ވެރިންގެ ފެންވަރު. ދެން ވިސްނާލަ ބަލަ ކަމެ އް ރަންގަޅުވާނީ މިކަހަލަ ވެރިން ބޭރުކޮށްގެން ފުރަތަމަ
މިކަހަލަ ލިޔަންކިޔަން ނުދަންނަ ދެބޯގެރިން ސަރުކާރުގެ އިސް މަގާމުތަކަށް ލީމަ ވާނީ މިހެން. ރަނދަޅަށް ހިސާބުވެސްނޭގޭހާލު ޓީވީތަކަށްއަރާ އަމިއްލަޔަށް އޮރިޔާން އެބަވޭ.
ހަތަރުވަނާއަށް ޖީބީ އެކޭ ބުނިނަމަ ދޯ މިއަވިއްސަ ހީވަނީ މިގައުމުގާ އުޅެނީ ގަމާރުންނޭ
އަލީ ސޯލިހު އަޅެބުނެދީބަލަ =/5 އަށް ގީބީއެއްލިބެތަނެއް 5ރުފިޔާއަށް ގީބީއެއް ވިށްކަނީ ތިގެއިންތަ؟
ޖޭޕީން ލާފަހުރި ކޮންމެ ބުރާންޗަކީ މިފަފަ ބުރާންޗެ އް.. އެޑިޔުކޭޝަނުގަވެސް ތީގެ ވަ އްތަރެ އް އެބަހުރި.
ޥިއްކަނީ ގާސިމްބެގެ ފާހާނަ ތަށިން
މިހާރު ޖީބީ ވެސް ކިރަނީ ކިލޯ އިން. 5 ރުފިޔާ އަށް 1 ކިލޯ ޖީބީ. މިނޫން ދެވަނަ އެއ އްޗެ އް ހަމަ ތި ދިމާކުރާތީ ޕާޓީގަ ނެތީތަ؟
ދުނިޔޭގައި ލިވިން ސްޓޭންޑަޑް ބެލުމުގައި ޕާނެއް ނުވަތަ ބުރެޑެއް ޖެހޭވަރު ބަލާ. މިސާލަކަށް 15 ރ އަށް ޕާނެއް ނަމަ ބުނެވިދާނެ 1 ޑޮލަރަށޭ. އެކަމަކު ވަކިން ޕާނެއް 55ރ އަށް ހުރެފައި، 600 ރ ގެ ޕާން ނެގީމާ 15 ރ އަށް ޖެހުން އެއީ އެހެން ކަމެއް. ޖީބީއެއް ހުރީ 100 ރ އަށްވުރެ ބޮޑުކޮށް. 699ރ އަށް ޖީއެސްޓީއާއެކު 741 ރ އަށް 50 ޖީބީ ލިބުނީމާ 14 ރ ޖީބީއަކަށް އެބަޖެހޭ.
ދިރާގު އުރީދޫ ނޫނީ ރާއްޖޭގައި ނޫޅޭނޭ ޖީއެސްޓީއާއެކު އަގުނުޖަހާބައެއް. މީރާގެ ބޭފުޅުންނަށްވެސް މިކަން ހައްލެއް ނުކުރެވޭ
ރޯދަވީމަ ތިކަހަލައެއްޗހި ކިޔޭނެ...އަގައިން އަވަގުރާނަގޮބިދާނެ ކޮއްކޯ ރޯދަވީއްލަގެން ތިކަމާ ކޮމެންޓް ކުރެވޭނީ
ކަރާކިލޯއެއް ގަތީމަ ހިލޭ ލިބޭނޭއޭ ނުބުނީ؟؟؟
ސިމްކޮޅު ގަތީމަ މުޅި އުމުރަށް އިންޓަނެޓް ހިލޭ އެއ އް ނޫންތަ؟ 🙈🙈🙈
ސިމްކޮޅު ގަތީމަ މުޅި އުމުރަށް އިންޓަނެޓް ހިލޭ އެއ އް ނޫންތަ؟👨💻
ކަސްޓަމަރުންގެ އަތުން އޮޅުވާލަ އިގެން ދަމާގަންނަބަ އި ވަރަށްބޮޑު. ފުރީޑޭޓާ ފަސްޖީބީ އިން ތިންޖީބީހުސްވާ އިރަށް ބާކީހުންނަ ދެޖީބީ ސުލޯކަމުން ތިބެންޖެހެނީ އިތުރުޑޭޓާ އަޅަން މަޖުބޫރުވެފަ!!
ހަމަ ހޭގަތަ އަހަރެމެން މިތިބީ ސޯލިހު ކީމަ ވާގޮޔް މީ ނޫނީ ހިނދުކޮޅުގަތަ އެސޮރު އެބުނީ 5ޑޮލަރުގެ ވާހަކަ އޑޕގެ ކޯލިޝަނުގާ ހިފަހަ އްޓާލަން ބޭނުމި އްޔާޖެހޭނީ ފާފަކުަރން ތެދެ އް ހެދެން އޮތްތާކަށް ދޮގުހަދަން ހުރިހާކަމެ ޔަހޫދީ ހިޔަޅުން ދެނެށް ދިވެހިން މޮޔަހަ އްދާގެން ނުގެން ގުޅެވޭނެ ތަންދޮރުނޭގި ތި އްބާ އަޅޮތެރޭގެ ބަ އެ އްރަށްރަށުގެ ކަ އުންސިްލް އިންތިހާބު ވަ އްކަންކޮށްގެން ދަމާގަތަސް ހެޔޮވިސްނޭ ތަންދޮރު ފިލާފަތިބި މީހުން އމޑޕ ސޮރީ މާލޭ އަށްޑު ބޮޑެތި ބަ އެ އްއާބާދީ ސޮރީ
މީނައަށް ފަސްރުފިޔާ ޖީބީ ކިޔަންވީ
ބޯބުރާންތި
މޮޔަވެފަތޯ ތިހުންނެވީ ރާއްޖޭގަ މިހާރު 1ޖީބީލިބެނީ 100ރުފިޔާ އިން މަތިން ވަޒީފާދީފަ ރ އިބޫ ބުނިގޮތަށްދެއްތޯ؟ ތިބުނުއްވީ ބަލަ މޮޔައިންނޭ މީގެ ކުރީ ރައްޔިތުންނަށް އޮޅުވާލިޔަސް މިހާރު އޮޅުވައިނުލެވޭނެ މީހާރު ރައްޔިތުން މާ ވިސްނޭނެ ތިދޮގުތަކަށް ތަބައެއްނުވާނެ ދެން މި ދިވެހިންނެއް މާޝާﷲ ނިކަން ވެރިކަމަށް ކައިރިވެލަބަ 2023 ގެ ފަހުން ތި އެމްޑީޕީއޭކިޔާ ބައިގަނޑު އިޜާދުކުރެއްވިއްޔާ މި ދިވެހި ގައުމުގެ ވެރިކަމާ ދުވަހަކުވެސް ކައިރިވަން ނުކެރޭނެ ތި ޖާހިލުބައިގަނޑަށް
ކަލޭ ހޭ.. ވީތަ؟ އިސްތިއުފާދީ
ގަމާރު
މަހީކުރީ މަލީހުވަކިކުރީމަ ފަސްރުފިޔާ އަށް ކިލޯ އެ އްލިބޭނެކަމަށް ނޫނީ ފަސްކިލޯ ފަސްރުފިޔާ އަށްލިބޭގޮތަށް ޖީބީ ވި އްކާނީ ކިލޯ އިންކިރާފަކަމަށް ؟؟
މިކަލޭގެޔަށް ޖީބީ އޮޅުނީ މީނަގެފަޓުލޫނުގެ ޖީބަށް ރުފިޔާވަތްވަރުން ޖީބަށް ޖީބީއޭ ކިޔުނީ ކަލޯ ރޯދަމަހުވެސް ވަށްކަންނުކުރެ ސޯލިހުވެބަލަ ރަށްޔަތުންނަކީ ގަމާރުބައެއް ކަމަށްތަ ކަލޭ ހީކުރަނީ. .
މިގެއްކަށް 5 ރުފިޔާ އަކަށް ނުލިބޭ. ހިސާބު އަކުރުން އަދަދު ގެންނަން އަހަރެމެންނަށް ވެސް އެނގޭ.
5 ރ އެއްކިލޯ ޖީބީ؟ ގަނެންބާ މިއޮތީ ސޭލު އަޅުވާފައި؟ 400ރ ޕްކޭޖަކަށް މަށައްލިބެނީ 7ޖީބީ1 ތިބޭފުޅުންނަށް ކިހާވަރެއްތޯ؟
މަނިކުފާނު މޮޔަފުޅުވީތޯ؟
ބުނަން އޮތް އެތި ބޮޑު ކަމުން ރޯދަ މަހު ބުނެވޭކަށް ނެތް... ބޯ ހަލާކު ވާ ވަރުވޭ.
މި ބައި މީހުން ހޮވި މީހުނަށް މަގޭ ސަލާމް.
ރޯދަމަހު މީހުންގެ އަނގަގޮއްވަން ނޫޅޭ
މި ސަރުކާރުގެ މިނިސްޓަރު ކަމަށް ޝަރުތު ފުރިހަމަ ވެއްޖެ.
ޢަލީ ޞާލިޙް އަކީ ވެސް އުރަތްޕެއް ނެތް މީހެކެވެ. ތަސްމީނު ފަހަތުން ޑީއާރުޕީގައި އުޅެފައި ދެން ގޮސް ޖޭޕީ އާއި ގުޅިގެން ބުރުމާގެ ބޯކާލައިގެން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް އައީއެވެ. ކޮންމެ ސަރުކާރަކުން ވެސް ހިހޫތަނުން ފަރިއްކުޅުއްވަން ދެނެވަޑައިގަންނަވައެވެ.
1 ރުފިޔާއަށް 5 ޖީބީ ދެއްތޯ؟؟؟
ބުނީމާ ސޯޅަ
5 ޖީ ބީ ސޯލިޙް