ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިންގެ ދެވަނަ ޑޯޒު 34،000 ވުރެގިނަ މީހުންނަށް ދީފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ 5،561 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 3،901 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ދިން 1،660 މީހެކެވެ.

މީގެ އިތުރުން އިއްޔެ 2،740 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު މިހާތަނަށް ރާއްޖެއިން 277,522 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ދީފައިވެެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ދެވަނަ ޑޯޒު ދޭން ފަށާފައިވަނީ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ދޭން ފަށާފަިއވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެހެން ކަމުން ދެވަނަ ޑޯޒު ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށެވ.ެ

މިހާރު ރާއްޖޭގައި ޗައިނާއިން އުފައްދާފައިވަނީ ސިނަފޯމް ވެކްސިނާއި ފައިޒާ ވެކްސިން ވެސް އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙސ

    ދުނިޔޭގެ އެތަށް ގައުމަކުން ކޮވިޝިލްޑް ރިޖެކްޓް ކުރަމުން ދާއިރުވެސް ރާއްޖެގައި މުވައްފުންނަށް ވަޒީފާގެ ބިރު ދައްކައިގެންނާއީ ޕްރޮމޯޝަން ހިފަހައްޓައިގެން މަޖުބޫރު ކުރުވައިގެން ވެކްސިން ހަމަ ޖަހަނީ. ޢިބުރާހިމަށް ހީވަނީ ދިވެހިންނަކީ މީނާގެ ބޭބެ މޯޑީގެ ކަނބަޅި ތަކެއް ކަމަށް. ޢެކަން އޮންނާނީ ވޯޓުން ފެންނަން. ޢީސީ ލައްވާ ވޯޓު އޮޅުވާލިޔަސް ހަޤީގަތެއް ބަދަލެއް ނުވާނެ.

  2. ގެރި

    ތިޔަކީ އެއްވެސް މޮޅުކަމެއް ނޫން. އަހަރެންވެސް ދެވަނަ ޑޯސް ޖަހައިފިން. މީގެން ލިބުނު ފައިދާއެއްނެތް. ކަރަންޓީނުވެ މާސްުކުވެސް އަޅަން ޖެހޭ

  3. ގެރި

    ބޭކާރު ވެކްސިންއެކޭ ބުނެވޭނީ، މި ޖެހީމަވެސް އެއްވެސް ލުޔެއް ނުލިބޭ.. މުޒާހަރާ ކުރާވަރު މަދީ