ގައުމުގެ މައްސަލަތައް ހައްލުކުރެވޭނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެއީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފައި ވާތީއެވެ.
"ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނީ އަމިއްލަ މަސްލަހަތަށްވުރެ، ގައުމީ މަސްލަހަތު އިސްކުރާ ރައްޔިތުން (ވަކިން ހާއްސަކޮށް ސިޔާސަތު ކަނޑައަޅާ) ގިނަވެގެން" އިމްރާން ވިދާޅުވިއެވެ.
ފެހި ގާނޫނުއަސާސީ އެކުލަވާލާނީ ވެރިކަމުގެ ކޮން ނިޒާމަކަށް ކަން ކަނޑައެޅުމަށް 2007 ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނިމިގެން ދިޔައީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. ރިޔާސީ ނިޒާމަށް 60 އިންސައްތައަށް ވުރެ ގިނަ ރައްޔިތުން ވޯޓު ދީފައިވާއިރު މި ނިޒާމް ގެނެއުމަށް އިމްރާންވެސް މަސައްކަތް ކޮށްފައިވެއެވެ.
ރައީސް ނަޝީދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަށެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.
އިންޑިޔާގެ މަސްލަހަތު އިސްކުރާކަށެއްނު ކަލޭމެން ހާއިނުންތައް ސޮއިކޮށްގެން ތިތިބީ
ހައުމު ކުރިއަރާނީ ގެރިމޯދީގެ މަސްލަހަތޔ ކުރިއަށް ނެރެގެން
ގައުމުގެ މައްސަލަތައް ހައްލުކުރެވޭނީ ފެންފޯއްޕާކުގަ ފެންފޯއް ވިއްކައިގެން
ޙުރިހާ ނުބައެއްގެއަޑީގައި އިންޑިޔާ ބޮޑުމުސީބާތެއްނު މި ް މިގއުމަށް . ޙަމަ ނަޝީދުގެ ސަބަބުން
ގައުމު ދަމާލާފަ ގޮތްހުސްވެގެން
ﷲ ގެ ކުޅަދުން ވަންތަކަން ، މީނާ ގެ ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މިކަހަލަ ވާހަކަ ދައްކަން ނުކެރުނީސް ހަމަ ޔަޤީން،
ކަލެއަށް ރަނގަޅުވާނީ ބަ ރުލަމާނީ. އޭ ރުން ކަލޭދެކެ ދީނާއި ދެކޮޅުމީހުން ލޯބިވާނީ.
އިމްރާނު ތިޔަބޭފުޅާއަށްވުރެ ވަކިންކާކުތޯ މި ޤައުމުގައި އަމިއްލަ އެދުން ބޮޑީ ! މީ އަޅުގަނޑުގެ ޚިޔާލު
މޭޑޭގައި ކަލޭ މީހެއްގެ މަރުގެ އިލްޒާމު ރައީސް ޔާމީނުގެ ބޮލަށް ކަނޑާލީ ކަލޭގެ އަމިއްލަ އެދުމަށްވުރެ ގައުމުގެ މަސްލަހަތު އިސްކޮށްކުރާވަރުންދޯއެވެ. މިވެރިންގެ ލަދުހަޔާތް ކުޑަކަމާއިމެދު ހައިރާނެއްނުވެއެވެ. ސަބަބަކީ އެދުން ބޮޑުވީމައެވެ. ރައީސް ނަޝީދަށް ދަންނަވަން މިހާރުން މިހާރަށް މިއިމިރާނު ހަމަބިމަށް ތިރިވަންދެން ސައިޒްކުރުމަށް މީގެ ތެރޭގައި އަބުދިއްލާ ޝާހިދާއި ބޯގަންވިލާ ފައްވަލޭވެސް ހިމެނުއްވުން މުހިއްމުކަމުގައި ދެކެމުއެވެ.
އެއީ ޢިމްރާނު ފިޔަވައި ދެން ތިބި މީހުންތޯ؟
ކަލެއަށް ވު ރެ ވަކިން ، ދޮގު ހަދާ ، އަމިއްލަ އެދުމާއިގެން ތެޅޭ 2ވަނަ މީހަކު ހުންނާނެ..