ގދ. ތިނަދޫގައި އުމުރުން 27 ދުވަހުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ފިރިހެން ކުއްޖެކެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރ ސާލިމް ވިދާޅުވީ، މިއަދު ހެނދުނު ގަޑީގައި އެ ހޮސްޕިޓަލަށް އުމުރުން 27 ދުވަހުގެ ކުއްޖަކު ގެނައި ކަމަށާއި، އެ ކުއްޖާ ގެނައިއިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.

އެއީ ތިނަދޫ ކުއްޖެއް ކަމަށް ސާލިމް ވިދާޅުވިއެވެ.

އަދި އެ ކުއްޖާ ނިޔާވީ ކިހިނެއް ވެގެން ކަން އަދި ސާފު ނުވާ ކަމަށް ސާލިމް ވިދާޅުވިއެވެ.

"އެ ކުއްޖާ މިކޮޅަށް ގެނައިއިރުވެސް ނިޔާވެފައި އޮތީ، ގެނައީ އެ ކުއްޖާގެ ހަބަރެއް ނުވާކަން ފާހަގަކުރެވިގެން. އަދި މިކޮޅަށް ގެނައިއިރު ކުއްޖާ ނިޔާވެފައި އޮތީ". ސާލިމް ވިދާޅުވިއެވެ.